އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އިން ހަތް ޕޮއިންޓުގެ ލީޑަކާ އެކު ލީގުގެ ކޮންޓްރޯލް ނަގައިފި

Apr 5, 2026, 10:37 AM
ބާސެލޯނާ މޮޅުވި ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބާސެލޯނާ މޮޅުވި ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްރީލް 5) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިިންޓުގެ ލީޑަކާ އެކު ހަމަޖެހިލައިފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ބަލިވުމުގެ ފައިދާ ބާސެލޯނާ އިން ރަނގަޅަށް ވަނީ ނަގައިފަ އެވެ. އެ ގޮތުން، ބާސެލޯނާ އިން އެއް ވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 30 މެޗުން ލިބިފައިވަނީ، 69 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވިޔަރެއާލަށް 29 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ އަށް 30 މެޗުން ލިބުނީ 57 ޕޮއިންޓެވެ. 

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އެތުލެޓިކޯ އަށް ލީޑުނަގައިދޭން އަންޓުއާން ގްރީޒްމަން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ، ބާސެލޯނާގެ ކީޕަރު، ޖޮއާން ގާސިއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 39 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖޫލިއާނޯ ސިމިއޯނީ އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި، އޭނާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ޑިފެންޑަރު، ކްލެމެން ލޯންގްލޭ މަތިން ނަގައިދިން ބޯޅައެއް، ބާސެލޯނާ ޑިފެންސް ފަހަތުން ހޯދުމަށް ފަހު، ސިމިއޯނީ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އެތުލެޓިކޯ އިން ލީޑުނެގި ނަމަވެސް ހިފަހައްޓައިލެވުނީ ހަތަރު މިނިޓެވެ. ބާސެލޯނާ އިން ވަނީ 42 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ، ޑެނީ އޮލްމޯ ދިން ބޯޅައަކުން، އެތުލެޓިކޯ އޭރިއާތެރެއިން، މާކަސް ރެޝްފޯޑް އެވެ. 

މެޗުގައި، އެތުލެޓިކޯ އަށް މައްސަލަ ދިމާވީ، ފުރަަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އެތުލެޓިކޯގެ ނިކޯ ގޮންޒާލޭޒް އަށް ރަތެއް ދެއްކުމުންނެވެ. ގޮންޒާލޭޒަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ ލަމީން ޔަމާލް އަށް ކުރި ފައުަލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. 

އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ބާސެލޯނާ އިން މެޗުން މޮޅުވީ، 87 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. އޭގެ ކުރިން، އެތުލެޓިކޯގެ ކީޕަރު، ޖުއާން މޫސޯ ވަނީ ބާސެލޯނާގެ ފޯވާޑް، ފެރާން ޓޮރޭޒް ފޮނުވާލި ރަނގަޅު ހަމަލާއެއް ހުއްޓުވައިފަ އެވެ. 

މިއީ، 10 ވަރަކަށް ދުވަހުގެ ތެރޭގައި، ބާސެލޯނާ އާއި އެތުލެޓިކޯ ކުޅުނު ފުރަތަމަ މެޗެވެ. ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މި ދެ ޓީމުން ބައްދަލުކުރާ މެޗުތަކެވެ. ފުރަތަމަ އޮތީ ބާސެލޯނާ ދަނޑުގައި ކުޅޭ ލެގެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox