ރަނގަޅު ވަގުތުގައި ލިވަޕޫލަށް ކޯޗުކޮށްދިނުމަކީ ޖެރާޑްގެ އުންމީދެއް

Apr 3, 2026, 12:45 AM
ސްޓީވެން ޖެރާޑް

ސްޓީވެން ޖެރާޑް

ލިވަޕޫލް (މާޗް 3) - ކޯޗިން ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން ލިވަޕޫލަށް ކޯޗުކޮށްދިނުމަކީ އޭނާ ކުރާ އުންމީދެއް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް ބުނެފި އެވެ. 

ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، އެ ޓީމުން މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން، އޭނާ ވަކިކޮށް، މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކަށް ޖެރާޑް ގެނައުމުގެ ވާހަަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ. 

ޖެރާޑް ބުނީ ލިވަޕޫލްގެ އިސް ފަރާތްތަކާ އެކު އަބަދުވެސް ހާއްސަ ގުޅުމެއް އޮންނަ ކަމަށާއި، އެކަމަކު އެއްވެސް އިރެއްގައި އަދި ލިވަޕޫލްގެ މަގާމަށް އަންނަން މި ފަހުން ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ. އެކަމަކު، ކޯޗިން ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން ލިވަޕޫލަށް އިރުޝާދުދިނުމަކީ އުންމީދެއް ކަަމަށް ޖެރާޑް ވަނީ ބުނެފަ އެވެ. 

"އަހަރެން އަބަދުވެސް ބުނަން ލިވަޕޫލަށް ކޯޗުކޮށްދިނުމުގެ އުންމީދެއް އެބައޮތޭ. އެކަމަކު، މި ވަގުތު މިހާރު ތި ދައްކާ ވަގުތީ މަގާމަށް ކޯޗަކަށްދާން އަހަރެން ތައްޔާރުތޯ އެއީ ސުވާލެއް،" ޖެރާޑް ބުންޏެވެ. "ޔަގީނުން ވެސް މުސްތަގުބަލުގައި އެންމެ މަތީ ފެންވަރުގެ ކޯޗަކާ އެކު ލިވަޕޫލްގައި މަސައްކަތް ކޮށްލުމަކީ އަހަންނަށް ވަރަށް ބޮޑު ކަމަަކަށްވާނެ ޔަގީނުން ވެސް،" 

ލިވަޕޫލުން އެއްވެސް ސިފައެއްގައި އޭނާގެ ބޭނުން ޖެހިގެން އެހީ އަށް އެދެފިނަމަ އަބަދުވެސް އެކަމެއް ކޮށްދިނުމަށްޓަކައި، ހާލަތުގެ ގޮތުން ބަލާފައި ތައްޔާރަށް ހުންނާނެ ކަމަށް ޖެރާޑް ވަނީ ބުނެފަ އެވެ. 

ލިވަޕޫލަށް 1999 އިން ފެށިގެން 2015 އަށް ކުޅެދިން ޖެރާޑް ފުޓްބޯޅައިން ރިޓަޔާކުރުަމަށް ފަހު، 2017 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީ  ލިވަޕޫލްގެ ޔޫތު ޓީމުތަކުންނެވެ. ކޯޗިންގައި ޖެރާޑް ވަނީ ސްކޮޓްލެންޑްގެ ރޭންޖާސް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް އިއްތިފާގަށް ކޯޗުކޮށްދީފަ އެވެ. އަލް އިއްތިފާގުގެ ކޯޗުކަމުން މިދިޔަ އަަހަރުގެ ޖެނުއަރީ މަހު ވަކިވި ފަަހުން ޓީމަކާ ހަވާލެއްނުވެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox