ސިނާނުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމަން 423 ދުވަސް ނެގި

Apr 13, 2026, 5:56 PM
މެންބަރު ސިނާނުގެ ގޮނޑި ގެއްލޭ މައްސަލައަށް ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ

މެންބަރު ސިނާނުގެ ގޮނޑި ގެއްލޭ މައްސަލައަށް ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ކިބައިން ގެއްލިއްޖެ ކަމަށް ބުނެ ހުށަހެޅި މައްސަލަ އިއްޔެ ސުޕްރީމް ކޯޓުން ނިންމީ 423 ދުވަސް ފަހުންނެވެ. 

ރާއްޖޭގެ އެންމެ މަތީ ކޯޓުން އިއްޔެ ކަނޑައެޅީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ސިނާނު ވަކިވެފައިވާ ކަމަށެވެ. 

ސިނާނުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ފެބްރުއަރީ 13، 2025، ގަ އެވެ. އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރީ އޭޕްރީލް 15، ގަ އެވެ.

ރައްޔިތުންނާ ގުޅޭ ހައްސާސް އަދި އެފަދަ މުހިންމު މައްސަލައެއް ކޯޓުގައި "ޕާކުކޮށްފައި" އޮތް ސަބަބެއް ނޭނގެ އެވެ. ނަމަވެސް އަދަދު އާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ އެ މައްސަލަ ކޯޓުގައި ތާށިކޮށްފައި ބޭއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. 

ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ އެފަދަ މައްސަލައެއް ބަލަންޖެހޭނީ ސުޕްރީމް ކޯޓުންނެވެ. 

ސިނާނުގެ މައްސަލަ ކޯޓުން ބަލަން 423 ދުވަސް ނެގިއިރު، ސަރުކާރުން ވަނީ ނުފޫޒު ބޭނުންކޮށްގެން އެ ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށްފަ އެވެ. ސަރުކާރުން ބިރުދައްކާތީ އިތުރު އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވި އެވެ. 

މިވަގުތު ސުޕްރީމް ކޯޓު ހިންގަނީ ސަރުކާރުން އަލުން އައްޔަން ކުރި ތިން ފަނޑިޔާރަކު ހިމަނައިގެންނެވެ. 

ހުކުމާ އެއްގޮތަށް ސިނާނު ނުދެއްކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައި އޮތް ފަސް މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނު އޭނާ އަދާ ކުރީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުނެވެ. 

ސިނާނުގެ ގޮނޑި ގެއްލުމުން އެ މަގާމަށް އަލުން މީހަކު ހޮވަން 60 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބެއް ބާއްވަންޖެހެ އެވެ. ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް އިންތިހާބު އިއުލާނުކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox