މައިމުޅަވާ ކުދިންނަށް ވާރުތަ ބިން ލިބޭ އިސްލާހު ހުށަހެޅީ ފިތުނަ އުފައްދަން ކަމަށް ބުނެ މަޖިލީހުން ބޭރުކޮށްލައިފި

Photo: People's Majlis

Photo: People's Majlis

ތަރިކަ މުދާ ބެހުމުގެ ކުރިން މަރުވާ ދަރީންގެ ދަރީންނަށް ވާރުތަ މުދާ ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަކީ ފިތުނަ އުފައްދަން ހުށަހެޅި އިސްލާހެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީ މެންބަރުން ބުނެ,  އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ވޯޓުދެއްވީ 10 މެންބަރުންނެވެ.

އެ އިސްލާހަށް ބަހުސްކުރައްވަމުން އައްޑޫ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ބިމާބެހޭ ގާނޫނަށް ގެންނަންޖެހޭ ވަރަށް މުހިންމު އިސްލާހުތައް އެބަހުރި ކަމަށެވެ. އަދި، އެ އިސްލާހުތައް ވަރަށް އަވަހަށް ސަރުކާރުން މަޖިލީހަށް ފޮނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މި ތަނުގައި ކުއްލިއަކަށް މި އިސްލާހު އަންނަންޖެހުނު ސަބަބާ ބެހޭގޮތުން ވިސްނާލާއިރު އަޅުގަނޑަށް ހީވަނީ، މިކަލަ ކޮންމެ އިސްލާހެއް މި އަންނަނީ ކޮންމެވެސް ފިތުނައެއް އުފެއްދުމަށްޓަކައިހެން، ކުއްލި ކުއްލިއަށް މި އަންނަ އިސްލާހުތަކަކީ،" އައިބީ ވިދާޅުވި އެވެ.

ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހެޅީ ފިތުނަ އުފެއްދުމަށް ކަމަށް ގަބޫލު ކުރެވެނީ، މީގެ ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އިސްލާހު ހުށަހަޅައި ފާސްކޮށްފައި ނުވާތީ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ވެސް ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރެވެން ނެތް ކަމަށެވެ.

"ސަބަބަކީ، މި އިސްލާހު ޑްރާފްޓު ކުރެވިގެން މިއައީ ރައީސުލްޖުމްހޫރިއްޔާގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ޖުމުލަކޮށް ބިމާބެހޭ ގާނޫނަށް ވަރަށް ފުރިހަމަ ސޮލިއުޝަންތަކަކާ އެކީގައި އައު ބިލެއް މި އިއްޒަތްތެރި މަޖިލީހަށް އަންނަކަން އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަތުމާ އެކީގާ ވަކީން ހާއްސަކޮށް މައިމުޅަވާ އައިލާތަކަށް، ބޭފުޅުންނަށް ހާއްސަކޮށްގެން މި ތަންކޮޅު ވަކިން ކަޓު ކޮށްފައި މިއޮތީ މި ތަންކޮޅު އިސްލާހު ކުރުމަށް ގެނެސްފައި،" ސުޖާއު ވިދާޅުވި އެވެ.

"އެހެންވީމާ މިއީ ހީލަތްތެރި ވިސްނުމެއްގައި ގެނެސްފައިވާ އިސްލާހަކަށް ވާތީވެ، އަޅުގަނޑު މި އިސްލާހަށް ތާއީދު ނުކުރާ ވާހަކަ އެންމެ ފުރަތަމަ ވެސް ދަންނަވަން."

އޭގެ އިތުރުން ވެސް މިއަދު ބަހުސް ކުރެއްވި ޕީއެންސީގެ މެންބަރުން ވަނީ އެ އިސްލާހާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.

ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިމާބެހޭ ގާނޫނުގައި ބަންޑާރަ ގޯއްޗެއްގެ ވެރިފަރާތް މަރުވުމުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ މާއްދާއަށް ބައެއް އިތުރުކޮށްފަ އެވެ.

އެގޮތުން، ބަންޑާރަ ގޯއްޗެއްގެ ވެރި ފަރާތް މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ބަހަންޖެހޭނީ ތަރިކައިގެ ގޮތުން ލިބޭ މީހުންގެ އިތުރުން މައިމުޅަވާ ދަރިންގެ މެދުގައި ކަމަށް އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.

މައިމުޅަވާ ކުދިން ކަމުގައި ބަލާނީ، އެ ކުދިންގެ ބައްޕަ ނުވަތަ މަންމައަށް ތަރިކައިގެ ގޮތުން ލިބެން އޮންނަ ބިމެއް ބެހުމުގެ ކުރިން، މަންމަ ނުވަތަ ބައްޕަ މަރުވާއިރު، ދުނިޔޭގައި ތިބޭ ކުދިންނެވެ. 

ނަމަވެސް، އެ އިސްލާހުގައިވާ ގޮތުން މައިމުޅަވާ ކުދިންގެ ތެރެއިން، ތަރިކަ ބިން ލިބޭނީ ބިމުގެ ތަނަވަސްކަން ލިބިފައި ނުވާ ކުދިންނަށެވެ. ބިމުގެ ތަނަވަސްކަން ލިބިފައިވާ ކުދިންކަމުގައި ބަލާނީ ގަނެގެން، ވިއްކައިގެން، ހިބައިން، ވަސިއްޔަތަކުން ނުވަތަ ތަރިކައިން ބިމެއް ނުވަތަ ފްލެޓެއް ލިބިފައިވާ ނަމަ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބިފައި އޮތް ނަމަ، އެއީ ވެސް ބިމުގެ ތަނަވަސްކަން ލިބިފައިވުން ކަމަށް، އެ އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox