ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ސާމާނު ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ބަޖެޓާ ހިލާފަށް ސަރުކާރުން ކުރާ ކަންކަމާ ގުޅޭގޮތުން އޭނާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި -- ފޮޓޯ: މަޖިލިސް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ބަޖެޓާ ހިލާފަށް ސަރުކާރުން ކުރާ ކަންކަމާ ގުޅޭގޮތުން އޭނާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި -- ފޮޓޯ: މަޖިލިސް

ބޭސް ސިޓީއަށް ބޭސް ނުލިބުމާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއިން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމަށް މީގެ ކުރިން ލިބެމުން އައި އާސަންދައިގެ ހިދުމަތް ހުއްޓާލަމުންދާ ކަމަށާއި ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމަށެވެ. އަދި، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ވެސް ރާއްޖެއިން ނުލިބޭކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާކަން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވާން އޮތްކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

އެގޮތުން ފާއިތުވި މާޗު މަސް ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ހަ އަހަރުގެ ކުއްޖަކަށް ދޭންޖެހޭ ފަރުވާ އެކަށީގެންވާ އަވަސްމިނުގައި ނުދެވި ލަސްވުމުގެ ސަބަބުުން އެ ކުއްޖާ ނިޔާވިއިރު، އެ ކުއްޖާއަށް ކާންދޭން ބޭނުންވާ ހޮޅިއެއް ނުގެނެވި، އެ ކުއްޖާގެ ބެލެނިވެރިން އަށް މަސްދުވަސް ވަންދެން ސަރުކާރުގެ އިދާރާތަކުގައި އާދޭސް ކުރަންޖެހުނުކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެފަދަ ކަންކަން ހިނގަމުންދަނީ އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ސަރުކާރުން ބަދަލުގެނެސް، ވަކި ބައެއްގެ އަތުން ގަތުމަށް ރާވައިގެން އުޅޭތީކަމަށް ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެ ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށެވެ.

ނަމަވެސް، މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި، މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް ވިދާޅުވީ ކުއްލި މައްސަލައެއްގައި ހުންނާނެޖެހޭ ޝަރުތުތައް އެ މައްސަލައިގައި ހަމަނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox