އަމީނީ މަގު އާރްޑީސީން އަލުން ހަދަނީ، ޗައިނާ މަޝްރޫއުގެ ހަބަރެއް ނެތް

އަމީނީ މަގުގެ މަޝްރޫއު މީގެ ކުރިން އާރްޑީސީން ކުރިއަށް ގެންދިއުން:

އަމީނީ މަގުގެ މަޝްރޫއު މީގެ ކުރިން އާރްޑީސީން ކުރިއަށް ގެންދިއުން:

އަމީނީ މަގުގައި ހުންނަ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން އެންމެ ހުޅަނގަށްވީ ބައި އާރްޑީސީން އަލުން ހަދަން އުޅޭކަން އެ ކުންފުނިން އިއުލާންކޮށްފައިވާއިރު، ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މި އަހަރު ފަށާނެ ކަމަށް ބުނި މަޝްރޫއުގެ ހަބަރެއް އަދިވެސް ނެތެވެ. 

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް ވިދާޅުވީ އަމީނީ މަގަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރަން މިފަހަރު މަސައްކަތް ކުރާނީ ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ މިންގަނޑުތަކެއް ބަލައިގެން ރަނގަޅު ފެންވަރުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެން ކަމަށެވެ. 

"އެހެންނަމަވެސް ދެން އިރާދަކުރެއްވިއްޔާ އެތަން މި ހެދިގެންދާއިރުގައި އަޅުގަނޑުމެން ޓެކްނިކަލީ ބަލަންޖެހޭނެ ހުރިހާ މިންގަނޑުތަކެއް ވަރަށް ސަމާލުކަމާ އެއްކޮށް ބަލައި ދެން ތާރު އެޅިގެންދާއިރުގައި ހަމަ ރަނގަޅު ފެންވަރުގައި އެ މަސައްކަތް ކުރެވިގެންދާނެ ގޮތަކަށް އަޅުގަނޑުމެން ކަންކަން ރާވައިގެން ގެންދާނީ" އޭނާ ވިދާޅުވި އެވެ. 

Advertisement

އަމީނީ މަގުގެ މަސައްކަތް މިދިޔަ ސަރުކާރާއި މި ސަރުކާރުން ވެސް ކުރި އެވެ. ނަމަވެސް ފަހުން އަނެއްކާވެސް ގިޔާސުއްދީން ސްކޫލް ހިމެނޭ ސަރަހައްދުން ފެށިގެން ހުޅަނގަށްވީ ބައި ވަނީ ހަލާކުވެފަ އެވެ. 

ނަޒީމް ވިދާޅުވީ ކުރިން އަމީނީ މަގުގެ މަސައްކަތް ދިޔަގޮތާ ގުޅޭގޮތުން އެއްޗެއް ދަންނަވަން ނޭނގޭ ކަމަށާއި އަމީނީ މަގުގެ މަސައްކަތް މިފަހަރު އަލުން ފަށާނީ ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއްވެސް ގެނެސްގެން ކަމަށެވެ.

ފެެންބޮޑުވެ ޓްރެފިކް ބާރުބޮޑުވުމުން އަމީނީ މަގު ހުޅުވާލައިފި

އަމީނީ މަގުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވަން ތާވަލުކޮށްފައި އޮތީ މިރޭ. ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަ ކޮށްދިނުމަށްޓަކައި މިއަދު ހަވީރު އެ މަގު ވަނީ އާންމުންނަށް ހުޅުވާލާފައި

"އަޅުގަނޑުމެން އެބަ ގަސްދުކުރަން އެކަމަށް ވަކިން ހާއްސަކޮށް ހަމަ ރާއްޖެއިން ބޭރުން މިކަމަށް ރޯޑް އިންޖިނިއަރެއް ވެސް މިވަގުތަށް ހަމަ، އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ މީހަކު ގެންނަން. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަމުންދަން" އޭނާ ވިދާޅުވި އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަމީނީ މަގުގައި އޮތް ތާރުގަނޑު ނަގައި އައު ތާރުގަނޑެއް އަޅާނެ ކަމަށް ނަޒީމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ހަފްތާއެއް ނޫނިއްޔާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ މިހާރު އެތާ އެއޮތް ތާރުގަނޑު ނަގާފައި އަލުން އެތާނގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ. 

އާރްޑީސީން އަމީނީ މަގުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާއިރު، އެމްޓީސީސީން އަންނަނީ ބޭރު މަގު، މާރުކޭޓު ސަރަހައްދުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ދަނީ ތަރައްގީކުރަމުންނެވެ. މިގޮތުން މާރުކޭޓް ސަރަހައްދުން ފެށިގެން އެއް ނަންބަރު ފާލަމާ ހިސާބަށް މިހާރު ވަނީ ތާރު އަޅައި ނިންމާފަ އެވެ. 

ޗައިނާގެ ހިލާ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތާއި އަމީނީ މަގުގެ މަސައްކަތަށް ބޮޑު ހަރަދެއް ދައުލަތުގެ ބަޖެޓުން ދާނެ އެވެ. 

ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރަން ފެށޭނެ ތާރީހެއް މިހާރު ސަރުކާރަކަށް ނޭނގޭ!

"އަމަލީ މަސައްކަތް ފަށަން ބޭނުންވާ ތާރީހު ކަނޑައެޅިގެން ދާނީ ޗައިނާ ސަރުކާރުން ބޭނުންވާ ހުއްދަތައް ލިބުމުން،"

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު 2024 ގައި ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މިދިޔަ އަހަރު މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް މަޝްރޫއު ފެށިފައެއް ނުވެ އެވެ. 

މި މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ބަޔަކާ ހަވާލުކުރިތާ ވެސް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި ސުވާލުތަކަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނީ މަގު ހެދުމުގެ މަޝްރޫއު ފެށުން ލަސްވަމުންދަނީ، ޗައިނާ ސަރުކާރުން ފުރިހަމަކުރަންޖެހޭ އިދާރީ ހުއްދަތައް ހޯދުމުގެ މަރުހަލާތަކަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

މަޝްރޫއާ ގުޅޭ ތަފްސީލްތައް

  • ޗައިނާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ.
  • މާލެ އަދި ވިލިމާލޭގެ ތެރެއިން ކަނޑައެޅޭ މަގުތައް ތަރައްގީކުރުން.
  • އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައެއް ނެތް. އެ ތާރީހު ކަނޑައެޅޭނީ ޗައިނާ ސަރުކާރުން ބޭނުންވާ ހުއްދަތައް ލިބުމުން

މާލޭގެ ހުރިހާ މަގުތަކެއް ޗައިނާގެ އެހީގައި ތަރައްގީ ކުރާނެ މުއިއްޒު ކުރިން ވިދާޅުވެފައި ވާއިރު، އެންމެ ފަހުން އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި ވަނީ ތަރައްގީކުރާނީ ކަނޑައެޅޭ މަގުތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox