ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޮއްވައި އެމްޓީސީސީގެ ޓެކްސީ އެޕް ލޯންޗުކޮށްފި

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕް މިހާރު ވަނީ ލޯންޗުކޮށްފައި --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕް މިހާރު ވަނީ ލޯންޗުކޮށްފައި --- ފޮޓޯ: އެމްޓީސީސީ

ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީން ފެށި ޓެކްސީ ލައިންގެ އެޕްލިކޭޝަނަށް ކޮަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮއްވައި، އެ އެޕްލިކޭޝަން އެމްޓީސީސީން މިއަދު ލޯންޗުކޮށްފި އެވެ. 

އެމްޓީސީސީން ބުނީ އެ ކުންްފުނީގެ ޓެކްސީ އެޕް މިހާރު އެޕަލްގެ އެޕް ސްޓޯރުން ލިބޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެންޑްރޮއިޑް ކަސްޓަމަރުންނަށް ޕްލޭ ސްޓޯރުން އެޕްލިކޭޝަން ލިބޭނެ ކަމަށެވެ. 

އޭގެއިތުރުން ޓެކްސީ އެޕްގެ  ހޮޓަލައިން ނަމްބަރު 1655 އަށް ގުޅައިގެންވެސް ދަތުރަށް ބުކް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. 

ޓެކްސީ އެޕް އެންމެ ފުރަތަމަ އެޕްރީލް 2، ގައި ލޯންޗުކުރުމުން  ދިވެހި ޑިވެލޮޕަރުންތަކެއް ވަނީ އެޕްލިކޭޝަންގައި ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކެއް ހޯދައި، އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މި މައުލޫމާތު ދައުރުވާން ފެށިތާ އިރުތަކެއް ނުވަނީސް، އެމްޓީސީސީން އެ އެޕް ޑައުންކޮށްލި އެވެ.

އެމްޓީސީސީގެ އެޕްލިކޭޝަން ޑައުންކޮށްލުމަށް ފަހު، އެ ކުންފުނިން ވަނީ ހަފުތާއެއް ވަންދެން ހިލޭ ދަތުުރުކޮށްދިނުމަށް ނިންމާފައިވާ ކަން އިއުލާންކޮށް، އެއީ ތަޖުރިބާ ކޮށްލަން ދޭ ފުރުސަތެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެމްޓީސީސީއަށް ޓެކްސީ ހިދުމަތް ހިލޭ ދޭން މަޖުބޫރުވީ އެޕްލިކޭޝަން ޑައުންކޮށްލަން ޖެހުމުން ކަން އަދަދު އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އެމްޓީސީން އެޕްރީލް 19، ގައި ޓެކްސީ ލައިނުން އަގު ނަގަން ފެށި ފަހުން މިއަދާ ހަމައަށް ޓެކްސީއަށް ބުކް ކުރަމުންދިޔައީ ޕޯޓަލްއެއް މެދުވެރިކޮށް އަދި ހޮޓްލައިން މެދުވެރިކޮށެވެ. 

"ފިކްސްޑް" ޑީލަކަށް 13 މިލިއަން ދީގެން ހެދި "ފަޅޯ" ޓެކްސީ އެޕް

އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުން، އެއްވެސް ތަޖުރިބާއެއް ނެތް އަމިއްލަ ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް ސިއްރު ބިޑެއްގެ ދަށުން ހަވާލުކުރި. މި މުއާމަލާތުގައި ކޮރަޕްޝަނާއި އާއިލީ ގުޅުންތައް އެކުލެވޭ. ސިފަަވަނީ ކޮރަޕްޝަންގެ ނެޓްވޯކެއް.

ދައްކާލި އެޕްލިކޭޝަނަކީ ފިކްސްޑް މޯލްޑިވްސް ކިޔާ އަމިއްލަ ވިޔަފާރިއަކުން އުފެއްދި އެޕެކެވެ. 

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެފައިވާ ގޮތުގައި 13 މިލިއަން ރުފިޔާގެ އަގަކަށް ފިކްސްޑް މޯލްޑިވްސްއާ ހަވާލުކުރީ ޓެކްސީ އެޕްލިކޭޝަންގެ އިތުރުން އެ ކުންފުނީގެ މުޅި ޓްރާންސްޕޯޓު ވިއުގަ މޮނިޓާ ކުރެވޭނެ ގޮތަކަށް ރިއަލް ޓައިމް ޓްރެކިން ނިޒާމެއް ގާއިމްކުރުމަށެވެ. އަދި، އެޕް މަސައްކަތް ނުކުރި ނަމަވެސް، އެ ވިޔަފާރިއަކީ އެ ކަހަލަ މަސައްކަތްތަކަށް ވަރަށް ގާބިލު ބަޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ މިހެން ވިދާޅުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ. 

އޭގެ ތެރޭގައި ފިކްސްޑް މޯލްޑިވްސްގެ ވެރިޔާ އާއި އެމްޓީސީސީގެ ޕްރޮޖެކްޓު ޓީމުގެ އިސް މެނޭޖަރަކާ އޮތް އާއިލީ ގުޅުމާއި، އެމްޓީސީސީގެ ވެރިންނާއި ފިކްސްޑް މޯލްޑިވްސްއާ އޮތް ގުޅުންތަކާއި، ފިކްސްޑް މޯލްޑިވްސް ތަޖުރިބާ ނެތް ކަމާއި، މަސައްކަތް ނުނިމެނީސް ގިނަ ފައިސާތަކެއް ދޫކުރުން ހިމެނެ އެވެ. 

މި ހުރިހާ ތުހުމަތުތައް އެމްޓީސީސީގެ މެނޭޖުމަންޓުން ދޮގުކުރެ އެވެ. އަދި އެއްވެސް ގޯހެއް ހިނގާފައި ނުވާނެ ކަމަށް ސައުދީ ވަނީ މި ނޫހަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox