ދެ ހަފުތާގެ ހިލޭ ދަތުރުތަކަށް ފަހު އެމްޓީސީސީ ޓެކްސީއަށް އަގު ނަގަނީ

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް އަދިވެސް އާންމު ނުކުރޭ --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް އަދިވެސް އާންމު ނުކުރޭ --- ފޮޓޯ: އެމްޓީސީސީ

ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީން ފެށި ޓެކްސީ ލައިންގެ ދަތުރުތައް ދެ ހަފުތާ ވަންދެން ހިލޭ ކޮށްދިނުމަށް ފަހު، އިއްޔެއިން ފެށިގެން ހުރިހާ ދަތުރުތަކަށް އަގު ނަގަން ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އެމްޓީސީސީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އިއްޔެ ރޭ ދަންވަރު ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ ދެން ދަތުރުކުރެވޭނީ ހޮޓަލައިން ނަމްބަރު 1655 އަށް ގުޅައިގެން ނޫނީ ވެބް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް ކަމަށެވެ. 

ކުންފުންޏަށް ގެއްލުންވާ ގޮތަށް އެތައް ދުވަސްތަކެއް ވަންދެން ހިލޭ ދަތުރުކޮށްދޭން އެމްޓީސީސީއަށް މަޖުބޫރުވީ، އެމްޓީސީސީން މި ހިދުމަތް ދޭން ތައްޔާރުކުރި ޓެކްސީ އެޕްލިކޭޝަން ފެއިލްވުމުންނެވެ.  ދުވަހު، ދޫކޮށްލި ވެބް އެޕްލިކޭޝަން (maletaxi.web.app) ކޮމްޕްރޮމައިޒް ވެގެންނެވެ. 

ޓެކްސީ ހިދުމަތް އިފުތިތާހު ކުރި ރޭ (މި މަހުގެ 2 ވަނަ ދުވަހު) ވެބް އެޕްލިކޭޝަންގެ ލިންކް ދޫކޮށްލިތަނާހެން ދިވެހި ޑިވެލޮޕަރުންތަކެއް ވަނީ އެޕްލިކޭޝަންގައި ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކެއް ހޯދައި، އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މި މައުލޫމާތު ދައުރުވާން ފެށިތާ އިރުތަކެއް ނުވަނީސް، އެމްޓީސީސީން އެޕް ޑައުންކޮށްލި އެވެ.

އެމްޓީސީސީގެ އެޕްލިކޭޝަން ޑައުންކޮށްލުމަށް ފަހު، އެ ކުންފުނިން ވަނީ ހަފުތާއެއް ވަންދެން ހިލޭ ދަތުުރުކޮށްދިނުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. އެމްޓީސީސީގެ އިއުލާނުގައި ބުނީ މިއީ އަގު ނަގަން ފެށުމުގެ ކުރިން ކަސްޓަމަރުންގެ ތަޖުރިބާގެ އަލީގައި ހިދުމަގެ ފެންވަރު ރަނގަޅު ކުރަން ކުރި ކަމެއް ކަމަށެވެ.

މިހެން ނަމަވެސް، އެމްޓީސީސީއަށް ޓެކްސީ ހިދުމަތް ހިލޭ ދޭން މަޖުބޫރުވީ އެޕްލިކޭޝަން ޑައުންކޮށްލަން ޖެހުމުން ކަން އަދަދު އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ހިލޭ ދަތުރުކޮށްދޭ މުއްދަތު އިތުރު ހަފުތާއަކަށް ދައްމާލަން އެމްޓީސީސީގެ މެނޭޖުމަންޓަށް މަޖުބޫރުވީ ވެސް އެޕްލިކޭޝަން ތައްޔާރު ނުކުރެވިގެންނެވެ.

އެމްޓީސީސީން މިހާރު ތައާރަފުކޮށްފައިވާ ޕްލެޓްފޯމަކީ (mtl.mtcc.mv) ވެސް ޓެކްސީ ހިދުމަތް ފޯރުކޮށްދޭ "އަވަސް ރައިޑް" އާއި "ސަޅި ރައިޑް" އާއި "ފަހި ރައިޑް" ފަދަ އެޕުތަކާ ހިލާފަށް، ހަމައެކަނި ބުކިން ޕޯޓަލްއެކެވެ. އެ ޕޯޓަލްގައި އަމިއްލަ ޔޫސާއެއް ރަޖިސްޓްރީ ނުކުރެވެ އެވެ. ދަތުރެއް ބޭނުންވާ ކޮންމެ ފަހަރެއްގައި ޖެހެނީ ވެރިފިކޭޝަން ކޯޑު ހޯދައިގެން ދަތުރު ބުކް ކުރާށެވެ. އަދި، ދަތުރު ފެށުމުގެ ކުރިން ފައިސާ ވެސް ދައްކަން ޖެހެ އެވެ. 

އެމްޓީސީސީން ޓެކްސީ އެޕްލިކޭޝަނަކާ ނުލާ ޓެކްސީ ދަތުރުތަކުން އަގު ނަގަން ފެށިއިރު، އެޕްލިކޭޝަން ނެރޭނެ ދުވަހެއް އަދި ނޭނގެ އެވެ. 

ފިކްސްޑް މޯލްޑިވްސްއިން ތަރައްގީކުރި ޓެކްސީ އެޕްލިކޭޝަން

ޓެކްސީ ހިދުމަތް ފެށި ރޭ އެމްޓީސީސީން ދައްކާލި އެޕްލިކޭޝަނަކީ ފިކްސްޑް މޯލްޑިވްސް ކިޔާ އަމިއްލަ ވިޔަފާރިއަކުން އުފެއްދި އެޕެކެވެ. 

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެފައިވާ ގޮތުގައި 13 މިލިއަން ރުފިޔާގެ އަގަކަށް ފިކްސްޑް މޯލްޑިވްސްއާ ހަވާލުކުރީ ޓެކްސީ އެޕްލިކޭޝަންގެ އިތުރުން އެ ކުންފުނީގެ މުޅި ޓްރާންސްޕޯޓު ވިއުގަ މޮނިޓާ ކުރެވޭނެ ގޮތަކަށް ރިއަލް ޓައިމް ޓްރެކިން ނިޒާމެއް ގާއިމްކުރުމަށެވެ. އަދި، އެޕް މަސައްކަތް ނުކުރި ނަމަވެސް، އެ ވިޔަފާރިއަކީ އެ ކަހަލަ މަސައްކަތްތަކަށް ވަރަށް ގާބިލު ބަޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ މިހެން ވިދާޅުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ. 

އޭގެ ތެރޭގައި ފިކްސްޑް މޯލްޑިވްސްގެ ވެރިޔާ އާއި އެމްޓީސީސީގެ ޕްރޮޖެކްޓު ޓީމުގެ އިސް މެނޭޖަރަކާ އޮތް އާއިލީ ގުޅުމާއި، އެމްޓީސީސީގެ ވެރިންނާއި ފިކްސްޑް މޯލްޑިވްސްއާ އޮތް ގުޅުންތަކާއި، ފިކްސްޑް މޯލްޑިވްސް ތަޖުރިބާ ނެތް ކަމާއި، މަސައްކަތް ނުނިމެނީސް ގިނަ ފައިސާތަކެއް ދޫކުރުން ހިމެނެ އެވެ. 

މި ހުރިހާ ތުހުމަތުތައް އެމްޓީސީސީގެ މެނޭޖުމަންޓުން ދޮގުކުރެ އެވެ. އަދި އެއްވެސް ގޯހެއް ހިނގާފައި ނުވާނެ ކަމަށް ސައުދީ ވަނީ މި ނޫހަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރެއްވީ، އެޕް މަސައްކަތް ނުކުރުމުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓުމަންޓުގެ ބަޔަކު ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. 

"ފިކްސްޑް" ޑީލަކަށް 13 މިލިއަން ދީގެން ހެދި "ފަޅޯ" ޓެކްސީ އެޕް

އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުން، އެއްވެސް ތަޖުރިބާއެއް ނެތް އަމިއްލަ ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް ސިއްރު ބިޑެއްގެ ދަށުން ހަވާލުކުރި. މި މުއާމަލާތުގައި ކޮރަޕްޝަނާއި އާއިލީ ގުޅުންތައް އެކުލެވޭ. ސިފަަވަނީ ކޮރަޕްޝަންގެ ނެޓްވޯކެއް.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އެމްޓީސީސީން ފިޔަވަޅު އެޅީ އެ ކުންފުނީގެ އައިޓީ ޑިޕާޓުމަންޓުގައި އިސްކޮށް ހުންނެވި، ސަލާމްއަށެވެ. 

ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ގޮތުގައި، މިހާރު ބޭނުންކުރާ ޕޯޓަލްއަކީ ވެސް ފިކްސްޑް މޯލްޑިވްސްގެ އުފެއްދުމެއް ނޫނެވެ. އެމްޓީސީސީގެ އައިޓީ ޑިޕާޓުމަންޓުން އުފެއްދި ޕްލެޓްފޯމެކެވެ. ނަމަވެސް އެމްޓީސީސީގެ ވެރިޔަކު ފޯނަށް ޖަވާބު ނުދޭތީ މި މައުލޫމާތުގެ ސައްހަކަން ކަށަވަރެއް ނުކުރެވެ އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް ފެންނަން ނެތްއިރު، ސައުދީ ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ ވިސްނުމުގައި އޮތީ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) އެޕްލިކޭޝަންގެ ތެރެއިން އެއްގަމާއި ކަނޑު ދަތުރުގެ ވިއުގައިގެ ބޭނުންކުރެވޭ ގޮތަށް އެ އެޕްލިކޭޝަން އިތުރަށް ތަރައްގީކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox