ސަރުކާރުގެ ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

ސަރުކާރުގެ ޓެކްސީ ލައިން

ސަރުކާރުގެ ޓެކްސީ ލައިން

ސަރުކާރުން ޓެކްސީޔ ވިޔަފާރީގެ ތެރެއަށް ވަދެ އެމްޓީސީ މެދުވެރިކޮށް ތައާރަފުކުރި މާލެ ޓެކްސީ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވަނީ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތާ މެދު ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ. 

އެ އެޕްލިކޭޝަން ތައްޔާރުކުރުމަށް ޖުމުލަ 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. މިއީ މިފަދަ ޓެކްނޮލޮޖީގެ މަސައްކަތަކަށް ބަލާއިރު އިންތިހާއަށް ބޮޑު އަދަދެއް ކަމަށާއި، މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް ކުޑޫ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އޭގެ އިތުރުން މި މަސައްކަތް ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ބިޑް ކުރުމުގެ މަރުހަލާއާ މެދުވެސް ވަނީ ސުވާލު އުފައްދާފަ އެވެ. މި މަޝްރޫއުގެ ބިޑް ހުޅުވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން އިއުލާނު ކުރުމުގެ ބަދަލުގައި، ހަމައެކަނި ކުންފުނިން ދައުވަތު ދިން ފަރާތްތަކަށް އެކަނި ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ. އަދި އެ ފަރާތްތަކަށް ދައުވަތު ދިނުމުގައި ގެންގުޅުނު މިންގަނޑަކީ ކޮބައިކަމާއި، އެއީ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ކުންފުނީގެ ގާބިލުކަމާ މެދު ވެސް ކުޑޫ ސުވާލު އުފެއްދެވި އެވެ. މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މީގެ ކުރިން މިފަދަ އެޕްލިކޭޝަނެއް ނުވަތަ ޓެކްނޮލޮޖީގެ މަސައްކަތެއް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުރި ކުންފުންޏެއް ނޫންކަން ކުޑޫ ފާހަގަކުރެއްވި އެވެ. 

އެމްޓީސީސީގެ އުސޫލުތަކަށް ބަލާއިރު، 15 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އިންވެސްޓްމަންޓްތަކުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއް ހުންނަންޖެހޭނެ ކަމަށް އޭ ާ ފާހަގަކުރެއްވި އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީތަކުގެ ނިންމުންތަކަށް އަމަލުކޮށްފައިވޭތޯ އާއި، ކުންފުނީގެ ހިންގާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 މި މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކުން ބަލައި، މިކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވޭތޯ ތަހުގީގުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅިގެން އެމްޓީސީސީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox