މެންބަރު ސިނާނުގެ ގޮނޑީގެ މައްސަލައިގެ ހުކުމްކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު، 12:45 އަކަށެވެ. އެ މަޖިލީހަށް ހާޒިރުވުމަށް މައްސަލަ ހުށަހެޅި ގާލިބު ސަލީމްއަށް މިހާރު ވަނީ އަންގައިފަ އެވެ.

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖުލައި މަހު ވަނީ ނިމިފަ އެވެ.

އެ މައްސަލައިގައި ހިތަދޫ ކޯޓުން އޮކްޓޯބަރު، 2024، ގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް އިއްވީ ސިނާނުގެ ޣައިރު ހާޒިރުގަ އެވެ. ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.

ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލައިގައި ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ. ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވައިފަ އެވެ.

ޖުލައި 13، 2025 ގައި އޮތް އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ސިނާނުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ، މި މައްސަލައިގައި ހުކުމް ކުރިކަން ސިނާނަށް އެނގުނީ މިދިޔަ އަހަރުގެ ޖެނުއަރީ 22، ގައި ކަމަށެވެ. އަދި، މި ހުކުމް ކުރިކަން އެނގުމާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ މުއާމަލާތްކޮށް، ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސް، އެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ސިނާނުގެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައި ވެ އެވެ.

ނަމަވެސް، ހިތަދޫ ކޯޓުން ހުކުމް ކުރި ދުވަހު އެމްއައިބީން ވަނީ ސިނާނަށް އެ ހުކުމް ވައިބާއިން ފޮނުވައިފަ އެވެ. އެމްއައިބީން ހުކުމާ އެކީ ފޮނުވި މެސެޖުގައި ވަނީ "މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދައުވާކުރި މައްސަލަ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާތީ ޝަރީއަތް ނިމުނު ގޮތް ފޮނުވިން" މިހެން ލިޔެ، މެސެޖު ލިބުނުކަން ހިއްސާކޮށްދޭން އެދިފަ އެވެ. މި މެސެޖު ފޮނުވިތާ ގަޑިއިރެއް ނުވަނީސް "ގޮޓް ތެންކް ޔޫ" ޖަހާފައި މި މެސެޖަށް ސިނާނު ރިޕްލައިކޮށްފައިވެ އެވެ.

އޭގެއިތުރުން ވެސް އެ މައްސަލަ ހުށަހެޅި ގާލިބުގެ ވަކީލު ވަނީ ދިފާއުގައި ނެގި ނުކުތާތަކާ ދެކޮޅަށް ގިނަ ކަންކަން ފާހަގަކުރައްވައިފަ އެވެ. އަދި ނޭނގުމަކީ ހުއްޖަތެއް ނޫން ކަމަށް ފާހަގަކުރައްވައި، ގާނޫނު އަސާސީގައި ބުނާ މެންބަރުކަމުގެ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެފައިވާ ކަން ސާފުވާ ކަމަށް އޭނާ ކޯޓުގައި ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox