ސިނާނުގެ ގޮނޑީގެ މައްސަލައިގެ ހުކުމްކުރުން އާދީއްތަ ދުވަހު
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މި މައްސަލައަކީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ކުރި ހުކުމަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެކެވެ.