ރެފަރެންޑަމްތަކުން ބަލިވުމުން އިސްތިއުފާ ދެއްވި ލީޑަރުން

އެކި ރެފަރަންޑަމްތަކުން ބަލިވުމާ ގުޅިގެން އިސްތިއުފާ ދެއްވި ބައެއް ލީޑަރުން

އެކި ރެފަރަންޑަމްތަކުން ބަލިވުމާ ގުޅިގެން އިސްތިއުފާ ދެއްވި ބައެއް ލީޑަރުން

ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލަކީ ރައީސް މުއިއްޒުގެ އަމިއްލަ ހިޔާލުފުޅެކެވެ. އެކަމުން އެމަނިކުފާނު މަގުކޮށްޓަވަން އުޅުއްވީ ސީދާ ދެވަނަ ދައުރަކަށެވެ. ހަރަދު ބޮޑޭ، އެއްބައިވަންތަކަމޭ އިންވެސްޓަރުންނޭ ވިދާޅުވެ ބެންނެވި ޝަކުވާ ބޮނޑިއަކީ އަސާސެއް ނެތް ބަހަނާ ތަކެވެ. ރައީސް މުއިއްޒުގެ ކެމްޕެއިންގެ އަސާސަކީ މި ސަރުކާރުގެ ހަރުދަނާކަމާއި ސަރުކާރުގެ ކާމިޔާބީއާއި މި ސަރުކާރަށް ރައްޔިތުން އިތުބާރުކުރާ ކަމުގެ ވާހަކަ އެވެ. އެކަމަކު ނަތީޖާ މިއައި ގޮތުން ސާފުވެގެން ދިޔަ ކަމަކީ، ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ އިތުބާރާއި ތާއީދަކީ މިހާރު ރައީސް މުއިއްޒަށް ނެތް އެއްޗެއް ކަމެވެ.

މިކަހަލަ ދެރަވަރު ބައްޔެއް ކުރިމަތިވީމާ ދުނިޔޭގެ ގައުމުތަކުގައި ލީޑަރުން އަމަލުކޮށް އުޅެނީ ކިހިނެއްބާ އެވެ. ތަހުޒީބު ގައުމުތަކުގައި މިކަހަލަ ބައްޔެއްގެ މާނައަކީ އެ ގައުމެއްގެ ރައްޔިތުންގެ އިތުބާރު އެ ސަރުކާރު ހިންގާ އިސްވެރިޔާއަށް ނެތުމެވެ. އެހެންވެ، ރައްޔިތުންގެ އިތުބާރު ނެތި ވެރިކަމުގައި ނުތިއްބަވާން ވެގެން އެ ބޭފުޅުން މަގާމުން އެކަހެރިވެވަޑައިގަންނަވަނީ އެވެ. އެ ގައުމުތަކުގައި ބެލެވިފައި އޮންނަ ގޮތުގައި ވެރިކަމުގައި ދެމިހުރުމުގެ އެންމެ އަސާސީ އުންސުރަކީ ރައްޔިތުންގެ އިތުބާރެވެ. އެ އިތުބާރު ނެތްކަން އެނގުނީމާ ދެން ގަދަބަދަވިކަމުން ވެރިކަމުގައި ތިބޭން ދިމާކުރި ލީޑަރުންނަށް ދިމާވެފައި ހުރީ އެހައި ހިތްގައިމު ގޮތްތަކެއް ނޫނެވެ. ބަންގްލަދޭޝާއި ނޭޕާލުގައި މި ފަހުން ހިނގައިދިޔަ ކަހަލަ ކަންކަމަށް ގައުމު ހުށަހެޅިގެން ނުދާނޭ ގޮތް ބެލުމަކީ އެންމެ ހެޔޮގޮތެވެ.

މި ލިޔުމުގައި ބަލައިލާން މިއުޅެނީ މިކަހަލަ ލަދުވެތި ބަލިތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އަމަލުކުރައްވާފައި ހުރީ ކިހިނެއްތޯ އެވެ.

Advertisement

ފާހަގަކޮށްލެވޭ ބައެއް އިސްތިއުފާތައް

މީގެ 10 އަހަރު ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހު، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް (ބްރެކްސިޓް) ނެގި ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސި ވިލާތުގެ ގިނަ ރައްޔިތުން ތާއީދުކުރީ އެ އިއްތިހާދު ވަކިވުމަށެވެ. އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވަކާލާތުކުރެއްވީ އެ އިއްތިހާދުގައި ދެމިއޮތުމަށެވެ. އެހެންނަމަވެސް އިނގިރޭސި ރައްޔިތުން އެކަމަށް ނޫނެކޭ ބުނުމުން، ޖެހިގެން އައި ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. ގާނޫނީ ގޮތުން މަގާމުން ވަކިވާން މަޖުބޫރު ނޫން ނަމަވެސް، އޭނާ ވިދާޅުވީ ގައުމުގެ ހުންގާނާ ހަވާލުވާންވާނީ ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާނެ ލީޑަރެއް ކަމަށެވެ. އޭނާގެ ވަކާލާތަށް ރައްޔިތުން ނޫނެކޭ ބުނުމަކީ އޭނާގެ ފިކުރު ބަލައި ނުގަތުމެވެ. އެ ނިންމުމުގައި ރައްޔިތުން ނޫނެކޭ އެ ބުނީ ހަމައެކަނި ވިލާތުގެ އިއްތިހާދުން ވަކިވުމަކަށް ނޫނެވެ. އެއީ ކެމަރަންގެ ސަރުކާރަށް ވެސް ބުނި ނޫނެކޭ އެކެވެ. އެކަން އޭނާ ގަބޫލުކުރެއްވި އެވެ.

އިޓަލީގައި 2016 ވަނަ އަހަރު ނެގި ދުސްތޫރީ އިސްލާހާ ބެހޭ ފެންނަ ނުފެންނަ ވޯޓުގައި، އޭރުގެ ބޮޑުވަޒީރު ރެންޒީ ހުށަހެޅުއްވި އިސްލާހުތަކަށް ރައްޔިތުން ބުނީ ނޫނެކޭ އެވެ. އެ އިސްލާހުގައި އޮތީ އިޓަލީގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިހާބުކުރާ ގޮތާއި، މެންބަރުންގެ އަދަދަށް ބަދަލު ގެނައުމެވެ. ބޮޑުވަޒީރު ރެންޒީ ގެންދެވީ އެ ބަދަލު ގެނައުމަށް ވަރަށް ވަރުގަދަޔަށް ކެމްޕޭނު ކުރައްވަމުންނެވެ. އިހަކަށް ދުވަހު ރާއްޖެއިން އެ ފެނުނު ވަރު އަރުވައިނުލި ނަމަވެސް، ސަރުކާރުގެ މުދަލާއި ވަސީލަތުގެ ބޭނުން ވެސް ހިއްޕަވައި ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރެއްވި އެވެ. އެހެންނަމަވެސް ބޮޑުތަނުން ވީ ބައްޔެވެ. އެ ވޯޓުގެ ނަތީޖާއާއެކު ރެންޒީ ވަނީ ވަގުތުން މަގާމުން ވަކިވެވަޑައިގެންފަ އެވެ. މިއީ ސިޔާސީ ނާކާމިޔާބީއެއްގައި ޒިންމާދާރުކަން އިސްކުރުމުގެ ނަމޫނާއެއްގެ ގޮތުގައި މިހާރު ވެސް ފާހަގަކުރެވޭ ކަމެކެވެ.

ބޮލީވިއާގައި 2016 ވަނަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ ވެސް ފާހަގަކޮށްލެވޭ ވޯޓެކެވެ. އެއީ އެ ގައުމުގެ ރައީސް އީވޯ މޮރާލެސްއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށްފަހު އެ އިސްލާހު ތަސްދީގުކުރަން ފެނޭތޯ އެހި ވޯޓެކެވެ. އެ ވޯޓުގައި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ތާއީދުކުރީ މޮރާލެސްގެ ހުށަހެޅުމާ ދެކޮޅަށެވެ. މި ބައްޔާއެކު އޭނާ ވަގުތުން އިސްތިއުފާ ނުދެއްވި ނަމަވެސް، އެ ނާކާމިޔާބީގެ ސަބަބުން އޭނާގެ ސިޔާސީ ހައިސިއްޔަތު ގެއްލިއްޖެކަމަށް ގައުމީ ވަކާލާތެއް ފެށުނެވެ. އެކަމުގެ ސަބަބުން ގައުމު ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި، މި ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު މަޖުބޫރުވެގެން އޭނާއަށް މަގާމުން އިސްތިއުފާ ދިނެވެ.

މި ހާދިސާތަކުން މުހިންމު ސުވާލެއް އުފެދެއެވެ. އެއީ، ގާނޫނީ ގޮތުން މަޖުބޫރު ނޫން ހާލަތްތަކުގައިވެސް ބައެއް ލީޑަރުން މަގާމުން ވަކިވާން ނިންމަވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ.

ރެފަރެންޑަމްއަކީ ސިޔާސީ ރިސްކެއް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކީ އާންމުކޮށް ޑައިރެކްޓް ޑިމޮކްރަސީގެ ވަސީލަތެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، އަމަލީ ގޮތުން ބަލާއިރު މިއީ ސިޔާސީ ގޮތުން ލީޑަރުން ނަގާ ރިސްކެކެވެ.

ގިނަ ފަހަރަށް މިފަދަ ވޯޓުތައް ގުޅިފައި އޮންނަނީ އެ ވޯޓަކަށް އައްސަވާ ބޭފުޅެއްގެ އަމިއްލަ ސިޔާސީ މުސްތަގުބަލާ އެވެ. މިސާލަކަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން، ބްރެކްސިޓް ވޯޓަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ވަކި ނަތީޖާއެއް ހާސިލުކުރުމަށްޓަކައި ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރެއްވި އެވެ. އަދި އެއީ އޭނާގެ ލީޑަޝިޕްގެ ދަށުން އިނގިރޭސިވިލާތުގެ މުސްތަގުބަލާ މެދު ނިންމާ ނިންމުމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އެހެންކަމުން، އާންމުން އެ ނިންމުމާ ދެކޮޅަށް ވޯޓު ދިނުމުން، އެއީ ހަމައެކަނި ސިޔާސަތަކަށް ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި ނުބެލެވި، ކެމަރަންގެ ސިޔާސީ ހިކުމަތުއަމަލީއަށް ރައްޔިތުން ކުރި އިތުބާރު ނެތްކަން ހާމަވި ކަމަކަށް ވެގެންދިޔަ އެވެ.

އިޓަލީގެ ގާނޫނުއަސާސީއަށް ބަދަލު ގެންނަން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ ކުރެއްވީ އާދަޔާ ހިލާފު ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ދެއްކީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ވާހަކަ އެކަންޏެއް ނޫނެވެ. ހަމައެއާއެކު އޭނާގެ ސަރުކާރުގެ ކާބިޔާބީތަކާއި، ސިޔާސަތުތަކުގެ ހަރުދަނާކަން ދައްކަވަން މަސައްކަތްކުރެއްވި އެވެ. ހަމައެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ހަމަ އެބާރުމިނުގައި ކެމްޕޭނު ކުރިއަށް ގެންދިޔަ އެވެ. އެ ކެމްޕޭނު ބިނާކުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަން ބުނެދިނުމުގެ މައްޗަށެވެ. ސަރުކާރުންނާއި އިދިކޮޅުން މި ކެމްޕޭނު ބައްޓަންކުރި ގޮތުގެ ސަބަބުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހެއްގެ ވޯޓު ބަދަލުވެގެން މަޓެއޯ ރެންޒީގެ ލީޑަޝިޕަށް އިތުބާރު އޮތްތޯ ބެލުމުގެ އިމްތިހާނަކަށެވެ.

ލީޑަރަކު މިފަދަ ވޯޓެއްގެ ތެރެއަށް އަމިއްލަ ސިޔާސީ މަސްލަހަތު ވައްދައިފި ނަމަ، އެ ނަތީޖާގެ އަސަރު ވޯޓަށް އެހުނު މައުލޫއަށްވުރެ މާ ފުޅާވެގެން ދެ އެވެ. އެފަދަ ވޯޓަކުން ބަލިވުމަކީ ހަމައެކަނި ވަކި ސިޔާސަތަކަށް ކުރިމަތިވި ހުރަހެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން އެ ލީޑަރެއްގެ ބާރާއި ނުފޫޒު ގެއްލިގެން ދިއުމެވެ. އަދި ރައްޔިތުން އެ ލީޑަރަކާމެދު ދެކޭ ގޮތް ބުނެދިނުމެވެ.

ރާއްޖޭގައި ވެފައި މިއޮތީ މިފަދަ ގޮތެއް ނޫންތޯ އެވެ. ރައްޔިތުންގެ ހިޔާލަށް އެހީ ކޮންމެ ސުވާލެއް ނަމަވެސް، ކެމްޕޭނު އަމާޒު ކުރެއްވީ އެހެން ދިމާލަކަށެވެ. ހުށަހެޅުނު މައްސަލައިގެ ސީދާ މައުލޫމާތު ދެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒު އެދިވަޑައިގަތީ އެ ވޯޓަކީ 'ދޫންޏަށް' ދޭ ވޯޓަކަށް ހެދުމަށެވެ. އެހެންވީތީ، ރައްޔިތުން ނޫނެކޭ ބުނެފައި އެއޮތީ ވެސް ރައީސް މުއިއްޒުއަށާއި އެމަނިކުފާނު ގެންގުޅުއްވާ ދޫންޏަށް ކަމުގައި ނިންމަން ޖެހެ އެވެ.

ނިންމުން

ފެންނަ ނުފެންނަ ވޯޓަކީ ސިޔާސީ ގޮތުން ބަލާއިރު އާދައިގެ ކަމެއް ނޫނެވެ. އެފަދަ ވޯޓަކުން ބުނެދެނީ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން ދެކޭ ގޮތެވެ. މިފަދަ ނިންމުންތަކާ ސިޔާސީ ލީޑަރުން އަމިއްލަފުޅަށް މާ ބޮޑަށް ގުޅިވަޑައިގަތުމުން، އެއީ ހަމައެކަނި ސިޔާސަތެއްގެ ނިންމުމެއްގެ ބަދަލުގައި، އެ ބޭފުޅެއްގެ އަމިއްލަ ބާރާއި ނުފޫޒު ވަޒަންކުރާ އިމްތިހާނަކަށް ބަދަލުވެގެންދެ އެވެ.

މި އިމްތިހާނުން ނާކާމިޔާބުވެއްޖެ ނަމަ، އަހުލާގު ހުރި ތަހުޒީބު ލީޑަރުން އަމަލުކުރައްވާ ގޮތަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެ ނިންމުމަށް އިހުތިރާމު ކުރެއްވުމާއެކު މަގާމުން އިސްތިއުފާ ދެއްވުމެވެ. އެއީ ގާނޫނުން އެކަމަށް މަޖުބޫރުކުރާތީއެއް ނޫނެވެ. ނަމަވެސް، ސިޔާސީ ގޮތުން އޮންނަ މަގުބޫލުކަމާއި، ސިޔާސީ ސަގާފަތާއި، އަދި ކުރިމަގަށް ރާވާ ރޭވުންތަކަށް ބަލާއިރު، އިސްތިއުފާ ނޫން އެހެން ގޮތެއް އިހުތިޔާރުކުރުމުގެ ފުރުސަތު ކުޑަވާތީ އެވެ. އަދި ގައުމެއް ހިންގުމުގައި ރައްޔިތުންގެ އިތުބާރަކީ އެންމެ މުހިންމު އުންސުރު ކަމަށްވާއިރު، ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނެވުމަކީ ގޮތްފޮތް ހުރި މީހުން ކޮށްއުޅޭ ކަމަކަށް ނުވާތީ އެވެ.

ދުނިޔޭގެ ލީޑަރުން ދައްކަވާފައިހުރި ރީތި މިސާލުތަކަށް ބައްލަވައި، ރާއްޖޭގެ ރައީސް ވެސް އެ މަގު ހިޔާރު ކުރައްވައިފިނަމަ އެއީ ހިޔާލު ހޯދުމުގެ ވޯޓުގެ އަސްލު ނަތީޖާއަށް އިހުތިރާމު ކުރެއްވުން ކަމަށް ވާނެ އެވެ. ނޫނެކޭ ގޮވާ އަޑުއަހާން އިތުރު ދެއަހަރާ ބައި ވެއަތުވަންދެން ހުންނެވިޔަސް، ރައްޔިތުން ބަލައިނުގަންނަ މީހަކަށް މި ގައުމަށް ކޮށްދެވިދާނޭ މޮޅުތަކެއް އޮވެދާނެޔޭ އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox