ރެފަރެންޑަމްތަކުން ބަލިވުމުން އިސްތިއުފާ ދެއްވި ލީޑަރުން
ރެފަރެންޑަމްތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން ދުނިޔޭގެ ބައެއް ގައުމުތަކުގެ އިސްވެރިން މަގާމުން އިސްތިއުފާ ދެއްވާފައި ވެ އެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ގުޅޭ ވޯޓަށްފަހު އިސްތިއުފާ ދެއްވި ޑޭވިޑް ކެމަރަން އާއި، އިޓަލީގެ ދުސްތޫރީ އިސްލާހުތަކާ ގުޅޭ ވޯޓުން ބަލިވި މެޓިއޯ ރެންޒީ ހިމެނެ އެވެ.