ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ސަރުކާރުގެ އިތުބާރާ ގުޅޭތީ މުއިއްޒު އިސްތިއުފާ ދިނުމަށް ފައިސަލް ގޮވާލައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. ސަރުކާރުން އިންތިހާބު ނެގުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރި ކަމަށް ވިދާޅުވި --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. ސަރުކާރުން އިންތިހާބު ނެގުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކުރި ކަމަށް ވިދާޅުވި --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރާ އޮތްތޯ ބެލުމަށް ނެގުނު ވޯޓެެއް ކަމަށާއި އެ ވޯޓުގެ ނަތީޖާައަށް ބަލާއިރު މިވަގުތު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެެއްވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ. 

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑެތި ސިޓީތަކުން މެޖޯރިޓީ ދިނީ އެމްޑީޕީއަށެވެ. އޭގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް 69 ޕަސެންޓު ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ފައިސަލް ވިދާޅުވީ ސަރުކާރުން އިންތިހާބު ނެގުމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނިކަން ފައިސަލް ފާހަގަކުރެއްވި އެވެ. 

"މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅު ގޮތަކީ، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އިތުބާރު ނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުން. އަވަސް އިންތިހާބަކަށް ދިޔުން،" ފައިސަލް ވިދާޅުވި އެވެ. 

ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ދެކުނީ ސަރުކާރު އިތުބާރު އޮތް ކަމެއްގެ ގޮތުގައި ނަގާ ވޯޓެއްގެ ގޮތުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ. 

"ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ވެރިކަން ކުރާނެ، ގައުމު ހިންގާނެ މީހަކު އިންތިހާބު ކުރުމުގެ ފުރުސަތު ދޭން ޖެހޭ،" މިފަހަރުގެ ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ކެމްޕޭނުގައި ހަރަކާތްތެރިކޮށް ފެނިވަޑައިގެންނެވި ފައިސަލް ވިދާޅުވި އެވެ. 

މި ވޯޓުގައި ސަރުކާރުން ވަރަށް ގަދައަށް ކެމްޕޭން ކުރި އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ހަމަޖެހުން ގާއިމުވެ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބުގައި (ރިޔާސީ އިންތިހާބުގައި) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށް ބުނެ ވަކާލާތު ކުރި އެވެ. 

ނަމަވެސް، މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެެޅުމާ ދެކޮޅަށް 139،121 މީހުން ވަނީ ވޯޓު ދީފަ އެވެ. މިއީ 2023 ގެ ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ޖުމުލަ ވޯޓު ދިން މީހުންނަށް ވުރެ އިތުރު އަދަދެކެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox