ސާފް ފުޓްސަލް: ރާއްޖެ އަތުން މޮޅަކާ އެކު ބޫޓާން ތިން ވަނަ އަށް

Jan 21, 2026, 2:28 PM
ސާފް ފުޓްސަލް: ރާއްޖެ އަތުން މޮޅަކާ އެކު ބޫޓާން ތިން ވަނަ އަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި މިރޭ ކުޅުނު މެޗުން ރާއްޖެ އަތުން 4-2 އިން މޮޅުވެ، ބޫޓާނުން ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު، ބަންގްލަދޭޝް އިން 6-3 އިން ސްރީ ލަންކާ ބަލިކުރިއިރު، ނޭޕާލުން ވަނީ 5-1 އިން ޕާކިސްތާންގެ މައްޗަށް ކުރިހޯދައިފަ އެވެ.

އަންހެން ޑިވިޝަނުގެ ލީގު ތާވަލުގެ ކުރީގައި، ހަތަރު މެޗުން 10 ޕޮއިންޓާ އެކު، ބަންގްލަދޭޝް އޮތްއިރު، ދެ ވަނައިގައި އޮތް އިންޑިއާ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބޫޓާނުން މި ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިފަ އެވެ. ހަތަރެއްގައި އޮތް ނޭޕާލާއި ފަހެއްގައި އޮތް ޕާކިސްތާނަށް ވަނީ، ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ލަންކާ އަށް ވަނީ ހަަތަރު މެޗުން ޕޮއިންޓެއް ލިބިފަ އެވެ. ރާއްޖޭން ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

ތައިލެންޑުގެ ނޮންތަބުރި ސްޓޭޑިއަމް އިންޑޯ ހޯލުގައި މިރޭ ކުޅުނު މެޗުގައި، ބޫޓާންގެ ހާފުގެ ތެރޭގައި ރާއްޖޭން އެޓޭކަށް ޖެހިގެން ކުޅެން ފެށި ނަމަވެސް ފުރަތަމަ ގޯލު ޖެހީ ބޫޓާނުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ރާއްޖޭގެ ގޯލްކީޕަރު، ސާއިގާ ހުސެއިން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ބޯޅަ ޕެމާ ކުއަންޒަން ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ރާއްޖޭގެ ރާނިޔާ އިބްރާހިމް ވަނި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ރާއްޖެ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، އައިމިނަތު ޝާމިލާގެ ދިން ރަނގަޅު ބޯޅައަކުން އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން ރާނިޔާ ޖެހި ލަނޑެކެވެ.

ނަތީޖާ ހަމަހަމަކުރިތާ ތިން މިނިޓް ފަހުން، އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ބޫޓާނަށް އަލުން ލީޑުނަގައިދިނީ، ޔެޝޭ ބީދާ އެވެ.

ފުރަތަމަ ހާފުގައި ރާއްޖެ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން ޓީމުގެ ކެޕްޓަން، ފާތިމަތު ޝާލިޔާ (ޝާ) އާއި މަރިޔަމް ނޫރާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލު ޖެހޭ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފުގައި ވެސް ރާއްޖޭން ކުޅެމުން ދަނިކޮށް ހަތް ވަނަ މިނިޓްގައި ބޫޓާނުންކުރި ރަނގަޅު އެޓޭކެއްގައި އެ ޓީމުގެ ތިން ވަަނަ ލަނޑު ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ، ނަމްގްުޔެލް ޑޭމާ އެވެ. އަދި، ހުސްކޮށް ލިބުނު ފުރުސަތެއްގައި، ޝެރިން ލާޑެން ވަނީ ބޫޓާނުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ރާއްޖޭގެ ރާނިޔާ އަށް ހުސްކޮށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި އޭގެ ފަހުން، ތަަނަވަސްވި ފުރުސަތެއްގައި، ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ ޝާ އެވެ. ލިބުނު ބޯޅަ ހަމަޖެހިލައިފަައި ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލީ އެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން އެއް ގޯލަށް ވުރެން ގިނައިން ޖެހި ފުރަތަމަ ފަހަރެވެ.

ރާއްޖޭން މުބާރާތުގެ ކުޅުނު ފުރަތަަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން 5-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 3-1 އިންނެވެ. އަދި، ހަތަރު ވަނަ މެޗުގައި ބޫޓާން އަތުން 4-1 އިން މިއަދު ބަލިވިއިރު، ދެން ރާއްޖެ އަށް އޮތީ ލަންކާ އާއި ބަންގްލަދޭޝް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox