ސާފް ކާމިޔާބުވެއްޖެ، ރާއްޖެ ދެން ވިސްނަންވީ އޭޝިއަން ކަޕް ކޮލިފައިން އަށް: ގައުމީ ކޯޗު

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް މުބާރާތުގެ ތަށި ހިފައިގެން.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް މުބާރާތުގެ ތަށި ހިފައިގެން.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ބޭނުންވި ޓާގެޓާ އެކު، ހުރިހާ މެޗަކުން މޮޅުވެ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ކާމިޔާބުކުރެވިއްޖެ ކަމަށާއި މި މަސައްކަތް ހުއްޓާނުލައި، އިތުރަށް ކަންކަން ރަނގަޅުކޮށްގެން ދެން، ރާއްޖޭން ވިސްނަންވީ އޭޝިއަން ކަޕް ކޮލިފައިން އަށް ކަމަށް ގައުމީ ފުޓްސަލް ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ތަށި ރާއްޖޭން ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ. އެކަމަކު، ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ ދެ މެޗުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، މިއަދު، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.

ލަންކާ އަތުން އިއްޔެ މޮޅުވި މެޗަށް ފަހު، ކޯޗު ފާރޫކް ބުނެފައިވަނީ، ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެެވެ. އަދި، ޓީމަކާ ހަވާލުވެ، މުބާރާތަކާ ކުރިމަތިލާއިރު، އެހެން ހުރިހާ ޓީމަކުން އެއީ ފޭވަރިޓް ކަމަށް ބުނުމަކީ، ކުރަން ހުރި މަސައްކަތަށް އޮންނަ ޗެލެންޖެއް ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.

"އެއީ، ކޮންމެ ޓީމަކުން ވެސް އެ ޓީމަކާ ދެކޮޅަށް ނުކުންނާނީ 100 ޕަސެންޓް ތައްޔާރުވެގެން. އަހަރެމެންގެ ފަހު ދެ މެޗު ވެސް މިދިޔައީ ވަރަށް އުނދަގޫކޮށް ހަގީގަތުގައި ކުޅެން ބެލިއިރު، ބޫޓާނާއި ސްރީ ލަންކާ ކައިރީގައި، އެކަމަކު، މި މެޗު ތަަކުން ވެސް މޮޅުވީމަ އަހަރެން ވަރަށް އުފަލުން މި ހުރީ،" ފާރޫކް ބުންޏެވެ.

އޭނާ ބުނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި، ހާއްސަކޮށް، ސްޕޯޓްސް މިނިސްޓަރާއި ފުޓްބޯޅަ ފެޑެރޭޝަނުގެ ހުރިހާ ސްޓާފުންނާއި ޓިމުގެ ކޯޗިން ސްޓާފުން ވެސް ފާހަގަކުރަން ޖެހޭ ކަމަށެވެ.

"ޖުމްލަކޮށް ހުރިހާ ދިވެހިންނަށް ޝުކުރު އަދާކުރަން، މި މޮޅަަށްޓަކައި، މިއީ ފުރަތަމަ މުބާރާތް މި މުބާރާތް ކާމިޔާބުކުރެވުނީމަ ވަރަށް އުފާވޭ. މުބާރާތުގެ ކުރިން އަހަރެެމެން ކަނޑައެޅީ 18 ޕޮއިންޓް ހޯދަން. އަލްހަމްދުލިއްލާހި އެކަން ހާސިލްވެއްޖެ، ވަރަށް އުފާވޭ،" ފާރޫކް ބުންޏެވެ.

ޑިސެމްބަރު މަހު ފުރަތަމަ ހަފްތާ ތެރޭގައި، ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހާ ގުޅި، ފާރޫކް ވަނީ މަހެއްހާ ދުވަހު ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ބާއްވައިފަ އެވެ. އަދި، މުބާރާތުގެ ކުރިން ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް އިންޑޯ ޕިޗްގައި ކުރިއަށްގެންދިޔަ އެެވެ.

އުޒްބެކިސްތާން ގައުމީ ޓީމަށް ކުރިން ކުޅުނު ފާރޫކް ބުނީ، ފުރަތަމަ ރާއްޖެ އައިސް ވެސް ފާހަގަކުރެވުނީ ކުޅުންތެރިންގެ ހުނަރު ކަަމަށާއި، އެކަމަކު، ފުޓްސަލް ކުޅެން ބޭނުންވާ ހުނަރު ރަނގަޅުކުރަންޖެހޭކަން އެނގިގެންދިޔަ ކަމަށެވެ.

"ސަބަބަކީ، ތަފާތު ޕިޗެއްގައި (އިންޑޯގައި) ކުޅުން ވާނީ ވަރަށް އުނދަގޫ ކަމަކަށް. އަހަންނަށް މިހާރު އަހަންނަށް އިހުސާސްވޭ ތައްޔާރުވާން ކުރެވުނު ހުރިހާ މަސައްކަތް ވެސް ރަނގަޅުކަން. ކުޅުންތެރިން ތައްޔާރުވުމުގައި، ކުޅުންތެރިންގެ މޫޑު ހުރިގޮތް ވެސް ރަނގަޅު، އަހަރެމެންނަކީ ޗެމްޕިއަނުން މިހާރު، އެއީ މީގެ ރަނގަޅަކީ،" ފާރޫކް ބުންޏެވެ.

"އަހަރެެމެންގެ ޓާގެޓް މި ފަހަރު ހާސިލްވެއްޖެ، އެކަމަކު، މި މަސައްކަތް ކުރިއަށްގެންދަން ޖެހޭ. ދެން، މިހާރު ހުރިހާ ޓީމަކަށް ވެސް ފެންނާނެ ރާއްޖެ އަކީ ވަރުގަދަ ޓީމެއް ގޮތަށް. އެ މީހުން ހުރިހާ މެޗަކުން މޮޅުވެއްޖެއޭ. އޭޝިއަން ކޮލިފަޔާސް ދެން އޮތް ހަރުފަތަކީ ރާއްޖެ އަށް. ރަނގަޅު ޓީމެއް ތައްޔާރުކުރުން ވަރަށް މުހިންމު، މި މުބާރާތުގެ އަލީގައި އެކަން ފެށިދާނެ،"

ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ގައުމީ ކޯޗެއްގެ ގޮތުގައި ފެނިދާނެތޯ އެހުމުން ފާރޫކް ބުނީ، އެއީ ފަހުން ވިސްނާނެ ކަމެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox