ރަން ތަށި ހޯދި ގައުމީ ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް

Jan 28, 2026, 1:50 AM
ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އިންމި (މ) އާއި އެފްއޭއެމްގެ ރައީސް ތޯރިގު (ކ) އަދި މިނިސްޓަރު ރާފިއު ތަށި އުފުލާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އިންމި (މ) އާއި އެފްއޭއެމްގެ ރައީސް ތޯރިގު (ކ) އަދި މިނިސްޓަރު ރާފިއު ތަށި އުފުލާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ހިފައިގެން އެނބުރި ގައުމަށް އައި، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުން އިއްޔެ މެންދުރު ދަތުރު ފެށި، ގައުމީ ފުޓްސަލް ޓީމުން ސްރީ ލަންކާގައި ޓްރާންސިޓްވުމަށް ފަހު، އެނބުރި ގައުމަށް އައީ ރެޔެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުޓްސަލް ޓީމަށް މަރުހަބާ ދެންނެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)ގެ އިތުރުން ކުޅިވަރުގެ އިސް ފަރާތްތަކެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނަށް ވެސް އެއާޕޯޓުގެ ވީއައިޕީގައި ކުޅުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިވެފައި އޮތެވެ. އެއާޕޯޓުގެ އިވެންޓަށް ފަހު، ގައުމީ ފުޓްސަލްޓީމުން ބަހުގައި ސޯޝަލް ސެންޓަރަށް އައުމަށް ފަހު، ސޯޝަލް ސެންޓަރުން ފެށިގެން އާޓިފިޝަލް ބީޗަށް އައީ، ލޮރީ ބުރެއްގަ އެވެ. މަޖީދީމަގުން ގިނަ ބަޔެއްގެ ތެެެރެއިން ލާފައި، ލޮރީ ބުރު ކުރިއަށްދިޔައިރު، އެކި ސަޕޯޓަރުންނަށް ތަށީގައި އަތްލުމުގެ ފުރުސަތު ދިނީ ކުޅުންތެރިންނެވެ.

އެ އަށް ފަހު، ޓީމު އެއްކޮށް، އާޓިފިޝަލް ބީޗަށް އައިއިރު، ބޮޑު އިވެންޓަށް އެ ތަނަށް ޖަމާވެ ގިނަ ބަޔަކު ތިއްބެވެ. އޭގެ ތެރޭގައި، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާއި ފުޓްސަލް ސަޕޯޓަރުންނާއި، ރާއްޖޭގެ ފުޓްސަލް އަށް އެކިއެކި ގޮތްގޮތުން، އެހީތެރިވި މީހުން ހިމެނެ އެވެ.

ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި އިވެންޓްގެ ތެރެއިން،---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މި އުފާފާޅުކުރުމުގެ ކަންކަން ރޭވިފައި އޮތް ހާއްސަ ސްޓޭޖަށް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އެރީ ރަތްދޫލައިގަ އެވެ. ކޮންމެ ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށް އެ ފުރުސަތު ވަކިވަކިން ދިނެވެ.

ގައުމީ ފުޓްސަލް ޓީމުގެ، ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ތަށި ހިފައިގެން އަރައި، ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އެފްއޭއެމްގެ ރައީސް ޓޮމްއާ އެކު، ރަސްމީކޮށް، އެ ސްޓޭޖު މަތީގައި ހުރެ، ތަށި އުފުލާލައިފަ އެވެ. އިވެންޓްގެ ފަހު ބަޔަކަށް އޮތީ ހަވާ އެރުވުމެވެ. އަދި، ފަހުން، އާންމުންގެ ފަރާތްތަކާ އެކު، ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ ނެގުން އޮތެވެ.

ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި އިވެންޓްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ސްޕޯޓްސް މިނިސްޓްރީން އިއްޔެ މީޑިއާ އަށް ހިއްސާކުރި ރޭގެ އެޖެންޑާގައިވާ ގޮތުން، ރޭ 22:00 ގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު، ޓީމާ ބައްދަލުކުުރުމަށްޓަކައި، އާޓީފިޝަލް ބީޗުން ކުޅުންތެރިންނަށް މަރުހަބާ ދަންނަވާނެ ކަމަށް ހިމަނާފައިވެ އެވެ. އަދި، ޓީމާ އެކު، ގްރޫޕް ފޮޓޯއެއް ނެގުމަށް ފަހު، ރޭގެ އުފާފާޅުކުރުމުގެ އިވެންޓްގައި، 22:06 ގައި، ރައީސް މުއިއްޒު ވާހަކަ ދައްކަވާނެ ކަމަށް ވެސް ޝެޑިއުލްގައި ހިމަނާފައިވެ އެވެ. އެކަމަކު، ރޭގެ އިވެންޓްގައި މީގެއިން އެއްވެސް ބައެއް ކުރިއަށްނުދާއިރު، އެކަމުގެ ސަބަބެއް މިނިސްްޓްރީން އަދި ހާމަކޮށްފައިނުވެ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސާފް ސުޕަ ކަޕް ކާމިޔާބު ކުރުމާއި ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން މި ދެ ޓީމަށް (ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން) އެއްކޮށް، އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށް ވަނީ އިއުލާނުކުރައްވައިފަ އެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ. އެކަމަކު، ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ ދެ މެޗުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، މިއަދު، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.

ރޭގެ އިވެންޓްގެ އިންތިޒާމްތަކުގައި، ގައުމީ ފުޓްސަލް ޓީމުގެ މި ކާމިޔާބީ އަށް ހައްގުވާ މިންވަަރަށް ކަންކަން ރޭވިފައި ނުވާ ކަމަށް ބުނެ، އެކި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox