އުމެއިރު ތާރީހީ ކާމިޔާބީ ހާއްސަކުރީ ސާންތީ، އިފްރާ އަދި ބަކާ އަށް

Jan 26, 2026, 10:11 PM
އުމެއިރު ތާރީހީ ކާމިޔާބީ ހާއްސަކުރީ ސާންތީ، އިފްރާ އަދި ބަކާ އަށް

އިއްޔެ އަކީ، ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، 2008 ވަނަ އަހަރު ހޯދި މުހައްމަދު އުމެއިރު، ފުޓްބޯޅައިގެ މެނޭޖްމަންޓުގައި ކުރިއަށްދިއުމަށް ބޮޑު ފިޔަވަޅެއް އެޅި ދުވަހެކެވެ. ރާއްޖޭން ސަރަހައްދުގެ ރަން ތަށި، ފުޓްބޯޅައިންނާއި ފުޓްސަލް އިން ހޯދިއިރު ވެސް ޓީމުގައި، ލ. ކުނަހަންދު އަށް އުފަން އުމެއިރުގެ ހިއްސާ އެބައޮތެވެ. ފުރަތަމަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މި ފަހަރު، ކުޅަދާނަ މެނޭޖަރެއްގެ ގޮތުގަ އެވެ.

ކުޅުމުގެ ކެރިއެރުގައި ދެމިހުއްޓައި، ލިބުނު ފުރުސަތެއްގެ ބޭނުންހިފައި، ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމަށް އުމެއިރަށް ފުރުސަތު ހުޅުވުނީ، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕަށް ފުރިހަމަ ޔަގީންކަން އޮންނަ ފަރާތްތަކާ ގައުމީ ޓީމުގެ މެނޭޖަރުކަން ހަވާލުކުރަމުންދިޔައިރު، އުމެއިރު ހަވާލުވީ ގައުމީ ފުޓްސަލް ޓީމުގެ މެނޭޖަރުކަމާ އެވެ.

އުމެއިރު، ގައުމީ ފުޓްސަލް ޓީމުގެ މެނޭޖަރަކަށް ފުރަތަމަ ކުރި ތަޖުރިބާ އަކީ މިޔަންމާގައި ކުރިއަށްދިޔަ، އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އޭގެއިން ތަޖުރިބާ ހޯދައި، ދެ މަސް ދުވަސް ވަންދެން ރަނގަޅު ވިސްނުމުގައި، ޓީމު ބެލެހެއްޓުމުގެ ޒިންމާ ނެގި އުމެއިރަށް އިއްޔެ އަކީ ހާއްސަ ދުވަހެކެވެ. އާ ޒިންމާއެއްގައި ހުރެ ވެސް ރަން ވަނައެއް ގައުމަށް ހޯދައިދިނީ އެވެ.

އެ ކާމިޔާބީ ރަމްޒު ކޮށްދޭ މެޑަލް ކަރުގައި އަޅާލައިގެން ހުރެ، އުމެއިރު އިސްވެ ގެންގުޅުނީ ގައުމީ ފުޓްސަލް ޓީމުގެ ތިން ޖޯޒީ އެވެ. ތިން ޖޯޒީގައި ޖަހާފައިވަނީ، އުމެއިރުއާ އެކު ގައުމީ ޓީމަށް ކުޅުނު ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން، އުމެއިރުގެ ކެރިއަރަށް މުހިންމު އެއްބާރުލުމެއް ދިން ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.

މި ތިން ފަރާތަކީ ވެސް މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ދުނިޔެ ދޫކޮށްދިޔަ ތިން ފަރާތެވެ. މިދިޔަ އަހަރު ސާންތީ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިފްރާ ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. އަދި، މީގެ އެއް އަހަރު ކުރިން ބަކާ ވަކިވެދިޔައީ، ހައްޖުގެ މާތް އަޅުކަން އަދާކޮށް އެނބުރި އައިތާ ދުވަސްކޮޅެއްގެ ތެރޭގައި ބަލިވެ އުޅެނިކޮށެެވެ.

އުމެއިރަށް 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ކޯޗުކޮށްދީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެވިދާނެ ކަމުގެ ޔަގީންކަން ދިން އެއް ފަރާތަކީ ސާންތީ އެވެ. އަދި، ކެރިއަރުގައި ކުރިއަށްދާން އަތުގައި ހިފައިގެން ފުރަތަމަ ބޮޑު ފިޔަވަޅު ކުރިއަށް އަޅައިދީ މަގުދައްކައިދިން އެހީތެރިއަކީ ކޯޗު ސާންތީ އެވެ. ބަކާ އަކީ ގައުމީ ޓީމުގައި އުމެއިރުގެ އިތުރުން ހުރިހާ ކުޅުންތެރިންނާ އެކު ވެސް ގާތްކޮށް އުޅުނު ކުޅުންތެރިއެކެވެ. އުމެއިރުގެ ހަނދާނަކީ ވެސް އެއީ އެވެ. އަދި، އިފްރާއާ އެކު، އުމުރުން 15 އަހަރުން ފެށިގެން އެކުވެރިކަން ދަމަހައްޓަައި، އަބަދުވެސް އޭނާއާ ގާތްކޮށް އުމެއިރު އުޅުނެވެ.

އުމެއިރު ބުނީ، ބަކާ، ސާންތީ އަދި އިފްރާގެ ހަނދާންތައް އަބަދުވެސް އޭނާއާ އެކުގައިވާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox