ސައްތަ އިން ސައްތަ ރެކޯޑާ އެކު ސާފް ސަރަހައްދުގެ ފުޓްސަލްގެ ރަސްކަން ރާއްޖެ އަށް

Jan 26, 2026, 8:22 AM
ސައްތަ އިން ސައްތަ ރެކޯޑާ އެކު ސާފް ސަރަހައްދުގެ ފުޓްސަލްގެ ރަސްކަން ރާއްޖެ އަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖޭން ކުޅުނު ފަހު މެޗުން ސްރީ ލަންކާ އަތުން 5-2 އިން ކާމިޔާބުކޮށް، ރާއްޖޭން ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ ޗެމްޕިއަންކަން ހޯދައި މުބާރާތް ނިންމާލައިފި އެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ.

އެކަމަކު ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ ދެ މެޗުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، މިއަދު، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވެ

ރާއްޖޭން މި މެޗަށް ނުކުތްއިރު ވެސް އޮތީ ފުރަތަމަ ފަސް މެޗުން މޮޅުވެގެން ބާކީ މެެޗެއް އޮއްވައި މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކޮށްފަ އެވެ. މި މެޗަށް ނުކުތްއިރު، ރާއްޖެ އަށް ދިމާވެފައި އޮތް މައްސަލަ އަކީ، ދެ ކާޑު ހަމަވުމުގެ ސަބަބުން އަބްދުﷲ ޝާފިއު (ޝާއްޕެ) ސަސްޕެންޑްވެފައިވުމެވެ. ޝާއްޕެ ވަނީ ފުރަތަމަ ފަސް މެޗުގައި ވެސް ފަށާ ފަހެއްގައި ކުޅެފަ އެެވެ. ޝާއްޕެގެ ބަދަލުގައި އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ފުރަތަމަ ފަހަކުން ޖާގަ ދިންއިރު ރާއްޖޭން މި މެޗުގައި ކުޅުނީ ކީޕަރު ޒައިދާން އަހުމަދު (އަސޫ)ގެ ބަދަލުގައި އިބްރާހިމް ނާޖިހު (ހޭޓް) ލައިގެންނެވެ.

ހުއަމާކް އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި، ރާއްޖެ ކައިރީގައި ރަނގަޅަށް ޑިފެންސްކޮށްގެން ލަންކާ އިން ފެށި އެވެ. އެެހެން ނަަަމަަވެސް މެޗުގެ 12 ވަނަ މިނިޓްގައި، ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ވަނީ ގޯލެއް ޖަހައި ލީޑުނަގައިދީފަ އެވެ.

އެކަމަކު، ރާއްޖޭން ހެދި ގޯހެއްގެ ފައިދާނަގައި، މެޗުގެ 17 ވަނަ މިނިޓްގައި ލަންކާ އިން އެއްވަރުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާކިބް މުހައްމަދު ދިން ބޯޅައަކުން، މުހައްމަދު ތިލްހަމް އެވެ.

ފުރަތަމަ ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް، ރާއްޖެ އަށް ލީޑުނަގައިދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މިއީ، ކިކް އިންއެއްގައި ފެނުނު ކޮމްބިނޭޝަނަށް ކުޅުމަކުން އަހުމަދު ހަމީދު (އައްމަޑޭ) ހުސްކޮށްލާފައި ދިން ބޯޅައަކުން ހުޒޭ ޖެހި ލަނޑެކެވެ. އޭގެ ކުރިން ހުޒޭ ޖެހި ބޯޅައެއް އަދި ދެ ވަނަ ހާފުގެ ކުރީކޮޅުގައި ފޮނުވާލި ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ދެ ވަނަ ހާފުގެ ހަ ވަނަ މިނިޓްގައި، ލަންކާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އޭރިއާބޭރުން މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އަމާން މުހައްމަދު ފައިޒާ އެވެ. އޭގެ ފަހުން، ހުޒޭ އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ލަންކާގެ ކީޕަރު މުހައްމަދު ޝަރީފް ފުލައިލް ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭން ނުވަ ވަނަ މިނިޓްގައި ލީޑުނެގީ އައްމަޑޭ ނެގި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، އާކިބް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި، 14 ވަނަ މިނިޓްގައި، ހުސެއިން ސުހައިލް (ސޮކޭ) ވަނީ ރާއްޖޭގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ލިބުނު ފުރުސަތުގައި، ސޮކޭ ވަނީ ހަަމަޖެހިލައިގައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި، އިންމި ވަނީ ރާއްޖޭގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އަލީ ޝިޔާހު (ޝިޔަޅޭ) ދިން ބޯޅައަކުން އިންމި ޖެހި ލަނޑެކެވެ. މިއީ، މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި އިންމި ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ.

ހާފުގެ މެދެއްހާ ހިސާބުން ރާއްޖޭގެ ކީޕަރު، ޒައިދާން ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox