ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުން ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

Oct 10, 2026, 2:35 PM
ތުރުކީގެ މެޗެއްގެ ތެރެއިން ވިންޗެންޒޯ މޮންޓެލާ ބެންޗުގައި.

ތުރުކީގެ މެޗެއްގެ ތެރެއިން ވިންޗެންޒޯ މޮންޓެލާ ބެންޗުގައި.

އިސްތަންބޫލް، ތުރުކީ (އޮކްޓޫބަރު 10) - ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމާ އެކު ތުުރުކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި އެވެ. 

މި ފަހަަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ޔުއެފާ ނޭޝަންސް ލީގުގައި ތުރުކީން ކުޅުނު ހަަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ގޮތުން، އިޓަލީ އަތުން ދެ ފަހަރު ބަލިވިއިރު، ފްރާންސާއި ބެލްޖިއަމް އަތުން ވެސް ވީ ބައްޔެވެ. އިޓަލީ އަަތުން ބަލިވީ، އަމިއްލަ ދަނޑުގައި 4-1 އިން އަދި ރަށުންބޭރުގައި 3-1 އިންނެވެ. ބެލްޖިއަމް އަތުން 3-0 އިން ބަލިވިއިރު، ފްރާންސް އަތުން ބަލިވީ 1-0 އިންނެވެ. 

 މި ނަތީޖާތަކާ އެކު، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން މޮންޓެލާ މަގާމުން ވަކިކުރިިއިރު، އޭނާއާ އެކު ހަދާފައި އޮތް އެއްބަސްވުން އޮތީ 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ. 

Advertisement

ތުރުކީ އަށް 24 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކުން ޖާގަ ހޯދައިިދިނީ މޮންޓެލާ އެވެ. އެ ގޮތުން، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި ފަހުން ދެން ބޭއްވި ފަސް ވޯލްޑް ކަޕުން ވެސް ތުރުކީ ނުފެނެ އެވެ. އަދި، މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގައި ތުރުކީ ކެޓީ ގްރޫޕް ސްޓޭޖުން ކަމަށް ވިޔަސް ފަހު މެޗުން އެމެރިކާ  އަތުން މޮޅުވި އެވެ. 

މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ތުރުކީއާ ހަވާލުވި މޮންޓެލާ ވަނީ އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފަ އެވެ. އޭގެ ތެރެއިން 21 މެޗުން މޮޅުވިއިރު، 14 މެޗުން ބަލިވެ، 5 މެޗު ނިމުނީ އެއްވަރުވެގެންނެވެ. 

ކޯޗިން ކެރިއަރުގައި މޮންޓެލާ ވަނީ މީގެ ކުރިން، ފިއޮރެންޓީނާ، އޭސީ މިލާން، ސަމްޑޯރިއާ، ރޯމާ، ކަޓާނިއާގެ އިތުރުން ސްޕެއިނުގެ ސެވިއްޔާ އާއި ތުރުކީގެ އަޑާނާ ޑެމިރްސްޕޯރަށް އިރުޝާދުދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox