ވަސީލަތާ އެކު މަސައްކަތްކޮށްގެން ރާއްޖެ މި ސަރަހައްދުގައި ފުޓްސަލްގެ ބާރަކަށް ހެދޭނެ

Jan 26, 2026, 2:51 AM
ގައުމީ ފުޓްސަލް ޓީމުގެ ތަރި ސައްޓު:--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ތަރި ސައްޓު:--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ރަނގަޅު ވަސީލަތްތަކެއް ގާއިމްކޮށްގެން މަސައްކަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިއްޖަނަމަ، މިި ސަރަހައްދުގައި ރާއްޖެ އަކި ފުޓްސަލްގެ އެންމެ ގަދަ އެއް ބާރަށް ހެދޭނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ތަރި، އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް މިއަދު ނިމިގެންދާއިރު، ރާއްޖޭން އެންމެ ފަހު މެޗުގައި، ސްރީ ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗާ ހަމައަށް ދިއުމުގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކޮށްފަ އެވެ. ފުރަތަަމަ ފަސް މެޗުން ރާއްޖޭން ވަނީ އިދިކޮޅަށް ނުކުތް ކޮންމެ ޓީމެއް ބަލިކޮށްފަ އެވެ. އެ ގޮތުން، އެންމެ ފަހު މެޗުގައި ވަނީ ބޫޓާން އަތުން ފަހަތުން އަރައި، 3-1 އިން މޮޅުވެފަ އެވެ.

ސާފްގެ ފުރަތަމަ ފުޓްސަލް ތަށި ރާއްޖެ އަށް ހޯދައިދޭން އެހީތެރިވުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސައްޓު ބުނީ، މި ކާމިޔާބީއާ އެކު، ރާއްޖޭގެ ފުޓްސަލްގެ ދެން އޮތް ޖީލުން ކުރިއަށް ދިއުމަށް ވަރަށް ބޮޑު އުންމީދުތަކެއް ކުރާނެ ކަމަށެެވެ.

އަސްލު ފުޓްސަލް އިން ސާފްގެ ފުރަތަމަ ތަށި ވީމަ ވަރަށް ބައިވަރު ކުދިން، މިހާރު ވެސް ރާއްޖޭގައި ބައިވަރު ކުދިން އުޅޭ ފުޓްސަލް ކުޅޭ. އެ ހުރިހާ ކުދިންނަށް އިންސްޕިރޭޝަނަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ސައްޓު ބުންޏެވެ.

"ދެން، އޭގެ އިތުރުން، އަޅުގަނޑުމެންގެ މީގެ ތެރޭގައި އިންވޯލްވާ ހުރިހާ ޕާޓީސްތަކެއް ވެގެން، އަސްލު މީތި ކުރިއަރުވަން މަސައްކަތް ކުރަންވީ، އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބޭނުންވޭ މި ކަހަލަ ޕިޗެއް. ފެސިލިޓީސްތައް އަސްލު ގާއިމްކޮށްގެން، އަޅުގަނޑުމެން ކުރިއަށްއޮތްތާގައި، އިމްޕްރޫވްކުރަން ފަށައިފިއްޔާ، މިއަށް ވުރެން ދިވެހި ޓީމު، މި ސަރަހައްދުގައި އެންމެ ގަދަ، އެއް ބާރަށް ވެގެންދާނެ ފުޓްސަލްގައި،" .

ރާއްޖޭން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ.

ރާއްޖޭން އެންމެ ފަހުން ކުޅުނު ދެ މެޗުގައި، ނޭޕާލާއި ބޫޓާނުން ޑިފެންސިވްކޮށް ކުޅެން ނުކުމެ، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ ދެ މެޗުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ.

ސައްޓު ބުނީ، މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކޯޗުންނާއި ކުޅުންތެރިން އެކުވެ ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ހާއްސަކޮށް ހަމަ އަޅުގަނޑު ފާހަގަކުރަން، އެފްއޭއެމް އިން ފެށިގެން ވަކިވަކި ޕްލޭޔަރުންނާ ހަމައަށް. ޗައިނާ ކޭމްޕްގައި އަޅުގަނޑުމެންނާއި ބައިވެރިވި، މީގެ ތެރޭގައި ނެތް ތިން ކުޅުންތެރިންގެ ނަން ވެސް އަޅުގަނޑު މި ވަގުތު ފާހަގަކުރަން ބޭނުން، ޝަންޓޭ، ވައްޖޭ، ޕަފް، މި ހުރި ހުރިހާ ކުޅުންތެރިންގެ މަސައްކަތް މިއީ، އެ މީހުން އަނބިދަރިންނާއި ކުދިންނާއި ހުރިހާ އެންމެން ދޫކޮށްލައިފައި، ދެ މަސް ދުވަހު މުޅި އެއްކޮށް ދެ މަސް ދުވަހު، އެއްކޮށް ކުރި މަސައްކަތުން ދެން ހަމަ ކާމިޔާބުވީ،" ސައްޓު ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު ޕްރެކްޓިސް ފަށައި، ދެ ދުވަހެއް ފަހުން، ގައުމީ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވްއާ އެކު ޓްރެއިނިންތައް ކުރިއަށްގެންދަން ފެށި އެވެ. އަދި، މާލޭގައި ޕްރެކްޓިސްތައް މަހެއްހާ ދުވަހު ކުރިއަށްގެންދިއުމަށް ފަހު، މުބާރާތަށް ތައިލެންޑަށް އައުމުގެ ކުރިން، ޗައިނާގެ ރަނގަޅު ޓްރެއިނިން ފެސިލިޓީއެއްގައި 10 ދުވަހުގެ ކޭމްޕެއް ޖެހި އެވެ. އަދި، ޗައިނާ ގައުމީ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅުނެވެ.

ގިނަ ކުުޅުންތެރިންތަކެކޭ އެއްގޮތަށް ސައްޓު ވެސް ވަނީ ޗައިނާ ކޭމްޕްގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"ފާހަގަކުރަން އަޅުގަނޑުމެންނަށް މި ލިބުނު ޗައިނާ ކޭމްޕްގެ ސަބަބުން އަޅުގަނޑުމެންގެ ގޭމަށް ވަރަށް އިމްޕްރޫވްމަންޓެއް އައި، ކޭމްޕް ތެރޭގައި، މި ގޭމް ސެޓު ކުރިއިރު، އަޅުގަނޑުމެން ކުޅެން ބޭނުންވާ އެއްޗާއި ސެޓްޕީސްތަކާ ކޯޗު ޕްލޭންކުރި ހުރިހާ އެއްޗެއް މުބާރާތްތެރޭގައި އެ ފެނިގެންދިޔައީ، އަޅުގަނޑުމެން ގިނަ ގޯލުތަކުން ވެސް ސެޓްޕީސްތަކުން ވެސް އައި. އެއީ، އަސްލު މީގެ ނަތީޖާ އަކީ،" ސައްޓު ބުންޏެވެ.

ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅޭ ފަހު މެޗުގައި މިއަދު ލަންކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox