ރާއްޖޭގެ ފުޓްސަލް ޑިވެލޮޕްމަންޓަށް ގޯލްޑަން ފުޓްސަލް ޗެެލެންޖު މުހިންމު: ގައުމީ ކޯޗު

Jan 29, 2026, 8:15 AM
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް (ވ) އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ).--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް (ވ) އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ).--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ރާއްޖޭގައި ފުޓްސަލް ރަނގަޅަށް ޑިވެލޮޕްކުރުމަށްޓަކައި، ގިނަ ޒުވާން ކުޅުންތެރިންތަކެއްގެ ހުނަރު ދައްކާލެވޭ ގޮތަށް އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަދަ މުބާރާތްތައް މުހިންމު ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

އުޒްބެކިސްތާންގެ ގައުމީ ފުޓްސަލް ޓީމަށް ކުޅެ، ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު، ފާރޫކް މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ހަފްތާ އިން ފެށިގެން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށީ ރެހެންދި ފުޓްސަލް ދަނޑުތަކުގަ އެވެ. އަދި، މި މަހު ކުރީކޮޅުގައި، ޗައިނާގައި ޓްރެެއިނިން ކޭމްޕެއް އިންޑޯގައި ކުރިއަށްގެންދިޔައިރު، ޗައިނާ ގައުމީ ޓީމާ ތިން މެޗެއް ކުޅުނެވެ. އަދި، ތައިލެންޑަށް ގޮސް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ފުރަތަމަ ފަހަރަށް ބޭއްވި ސާފްގެ ފުޓްސަލް މުބާރާތް ކާމިޔާބުކުރި އެވެ.

ސާފް ފުޓްސަލް މުބާރާތުގެ ކާމިޔާބީ އަށް ފަހު، ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން ރޭ ވަނީ އެ ކުޅުންތެރިން ނިސްބަތްވާ ރަށު ޓީމުތަކަށް ކުޅެން ފަށައިފަ އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮންމެ ކުޅުންތެރިއަކަށް ހަނދާނީ ފިލައެއް ދޭއިރު، ޓީމުގެ ކޯޗިން ސްޓާފުންނަށް ވެސް، ކާމިޔާބީގެ އަގުވަޒަންކުރުމުގެ ފިލައެއް އެރުވި އެވެ.

ގައުމީ ފުޓްސަލް ކޯޗު، ފާރޫކް ވެސް ވަނީ ރޭގެ މެޗުތަކަށް އައިސް މެޗުތައް ބަަލައިފަ އެވެ.

ގައުމީ ކޯޗު ފާރޫކް (މ) އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އަދި ޖެނެރަލް ސެކްރެޓަރީ ޝަހީމް---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

"އަހަރެން ފުރަތަމަ ފަހަރަށް މި މުބާރާތް މި ބަލާލީ، ގޯލްޑަން ފުޓްސަލް ޗެލެންޖް. އަހަންނަށް ފެންނަ ގޮތުގައި، މިއީ ވަރަށް މުހިންމު މުބާރާތެއް ގޮތަށް ފެންނަނީ. ގިނަ ޓީމުތަކެއް އެބަކުޅޭ، މިއީ ވަރަށް ބޮޑު ފުރުސަތެއް އަހަންނަށް އިވިފައި އޮތްގޮތުގައި، ޒުވާން ކުޅުންތެރިންނަށް އޮފީސްތަކުން ވަޒީފާ ހޯދަން ވެސް. އަހަންނަށް ފެންނަ ގޮތުގައި ރާއްޖޭގެ ފުޓްސަލް ޑިވެލޮޕްކުރަން މި މުބާރާތް މުހިންމު،" ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ދިން އިންޓަވިއުއެއްގައި ޒަކީރޯވް ބުންޏެވެ.

"އަހަންނަށް ފެންނަ ގޮތުގައި، މި މުބާރާތުން ވެސް ފުޓްސަލް ޑިވެލޮޕްކުރެވޭނެ. އެއީ، ހުރިހާ ކުޅުންތެރިންގެ ފުޓްސަލްގެ ވިސްނުން ރަނގަޅުކުރެވޭނެ މި މުބާރާތުގެ ތެރެއިން ކުރިއަށްދާން. ރަނގަޅު ފެސިލިޓީސް (އިންޑޯ ޕިޗެއް) އޮވެއްޖެނަމަ މި ކަހަލަ މުބާރާތްތަކުން ވަރަށް ޑިވެލޮޕްކުރެވޭނެ ފުޓްސަލް،"

ރާއްޖޭގެ ފުޓްސަލްގެ ކުރިމަގަށް ޓަކައި، 2015 ވަނަ އަހަރު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފެށި، ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވާ މިއީ 10 ވަނަ ފަަހަރެވެ. މި ފަހަރު ސާފް ފުޓްސަލް ޗެލެންޖު ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިއަކީ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގިނަ މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox