ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު އެބައޮތް

Jan 21, 2026, 3:47 AM
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން އާތީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތެރެއިން އާތީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ޓާގެޓް ހާސިލްކުރުުމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ޓީމުގެ ކޯޗު، އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.

މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ވަނީ 5-0 އިން ބަލިވެފަ އެެވެ. އަދި، ތިން ވަނަ މެޗުގައި، ޕާކިސްތާން އަތުން 3-1 އިން ބަލިވިއިރު، މެޗުން މެޗަށް ރާއްޖޭގެ ޓީމުން އަންނަނީ ކުރިއެރުން ހޯދަމުންނެވެ.

ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުން މިރޭ ބޫޓާނާ ކުޅޭއިރު، މި މެޗަށް މި ނުކުންނަނީ ތިން ދުވަހުގެ ބްރޭކަކަށް ފަހު އެވެ. ބޫޓާން މެޗު ހިމެނޭ ގޮތަށް މިހާރު ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ، ބޫޓާންގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝާ ދެކޮޅަށް ފަހު ކުޅޭ މެޗުތަކެވެ.

ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން، "އަދަދު ސްޕޯޓްސް" އަށް އާތީ ބުނީ، މުބާރާތް ފެށުނުއިރު، ރާއްޖެ އޮތް ހިސާބަށް ބަލާއިރު މިހާރު ބޮޑުތަނުން ކަންކަން ރަނގަޅުކުރެވިފައިވާނެ ކަމަށެވެ. އަދި، އިންޑޯ ޕިޗަށް ހޭނި ވަރަށް ރަނގަޅަށް ކުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށް އާތީ ފާހަގަކުރި އެވެ.

އޭނާ ބުނީ، މުބާރާތަށް އައިއިރު ހާސިލްކުރަން ކަނޑައެޅި ޓާގެޓަށް ވާސިލްވުމުގެ މަސައްކަތުގައި ދެމިތިބި ކަމަށެވެ.

"މި ކޮޅަށް އައިއިރުގައި ވެސް އަޅުގަނޑުމެން އައީ ވިސްނައިގެން މެޗެއް ނޫނީ ދެ މެޗެއް ނަގަން، އިރާދަކުރެއްވިއްޔާ، އެ ވިސްނުމުގައި މި ދަނީ ކުރިއަށް، އަޅުގަނޑުމެންނަށް މި ލެވަލްގައި އައިސްފައި، ކުއްލިއަކަށް ޕްރެކްޓިސްތަކާ އެއްޗެހި ނުކޮށް، އިންޑޯއާ އެއްޗެހި ނެތި، ހުރިހާ އެހެން ޓީމުތަކުން އިންޑޯގައި ޕްރެކްޓިސް ކުރަމުންދާއިރު އެކަން ނެތި އައިސްފައި، އެ ހަމަ ފައިޓެއް ނުކުރެވޭނެ، އެކަމަކު އިންޑޯއެއްގައި ގިނަ ދުވަހެއްގައި ޓްރެއިނިން ހަދާފައި އައިސްފި ކަމަށްވެއްޖިއްޔާ، މީތި ހަމަ ވަރަށް ރަނގަޅު ހިސާބަަކަށް ދިއުމުގެ ފުރުސަތު ބޮޑު،" އާތީ ބުންޏެވެ.

ރާއްޖޭގެ ޓީމުން އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ރާއްޖެ ޓީމުން މެޗުން މެޗަށް ކުޅުމަށް ބަލާއިރު، ކުރިއެރުން ހޯދި ނަމަވެސް، ހައްލުނުވެ އޮތީ ގޯލު ޖަހަން ލިބޭ ފުރުސަތުތައް އިތުރުވި ކަމުގައި ވިޔަސް ގޯލު ކާމިޔާބުކުރެވޭ ނިސްބަތް އިތުރު ނުކުރެވުމެވެ. ރަނގަޅުކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާތީ ވެސް ފާހަގަކުރީ ލަނޑު ޖަހަން ލިބޭ ފުރުސަތު އަވަހަށް ނިންމާލުމެވެ.

"މިހާރު އޮތް ހާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިމްޕްރޫވްކުރަން ޖެހެނީ ފިނިޝިން، އެއީ މިދިޔަ އެންމެ ފަހު މެޗުގައި ގިނަ ޗާންސް ލިބިގެންދިޔައީ އަޅުގަނޑުމެންނަށް އެހެން ނަމަވެސް އޭތި ނިންމާނުލެވުމުގެ ސަބަބުން އޭތި އެކޮޅަށް އެނބުރިފައި އެ ހުރީ، ފިނިޝިން މައްސަލަ ރަނގަޅުކޮށްފިއްޔާ، ސްކޯ މައްޗަށް ހިއްލާލެވޭނެ ކަމަށް ގަބޫލުކުރަނީ،" އާތީ ބުންޏެވެ.

ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ރާއްޖޭގެ އެއް ކުޅުންތެރިއަކު ހުރީ ސަސްޕެންޝަނުގަ އެވެ. ބޫޓާނުން ކުޅުުނު ފުރަތަމަ މެޗުގައި 1-1 އިން ޕާކިސްތާނާ އެއްވަރުކުރިއިރު، ދެ ވަނަ މެޗުގައި، 3-3 އިން ބަންގްލަދޭޝާ އެއްވަރުކުރި އެވެ. އަދި، ތިން ވަަނަ މެޗުގައި، ސްރީ ލަންކާ އަތުން 5-1 އިން ވަނީ މޮޅުވެފަ އެވެ.

ރާއްޖެ އާއި ބޫޓާން ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox