އީގަލްސް ބަލިކޮށް މާޒިޔާ އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް

Jan 16, 2026, 6:02 PM
ލީގުގައި މިރޭ މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ހަމްޕު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ލީގުގައި މިރޭ މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ހަމްޕު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 3-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މާޒިޔާ އަށް ވަނީ ލީގުގައި ކުޅުނު 15 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން 14 މެޗުން 32 ޕޮއިންޓް ހޯދާފައިވާއިރު، އޮޑި އަށް މާދަމާ ކްލަބް ވެލެންސިއާ އަތުން ކުރި ނުހޯދިއްޖެނަމަ، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެހެން ނޫން ނަމަ މާޒިޔާ އިން ދެން ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން މި މަހު 22 ވަނަ ދުވަހުގެރޭ މޮޅުވެގެން ލީގު ކަށަވަރުކުރެވޭނެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ އަށް ފުރަތަމަ ހާފުގައި އީގަލްސް ކޮޅަށް ގޯލު ޖެހޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި މާޒިޔާ އިން ޖެހި ގިނަ ހަމަލާތަކެއް އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މެޗުގައި ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.

މާޒިޔާގެ ފުރަތަމަ ގޯލު ޖެހީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ޖެހި ގޯލުންނެވެ. ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ސަމުއްޓެ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު، އަޝްވާން އަތުގައި ޖެހިފަ އެވެ.

މެޗުގައި އީގަލްސް އަށް މައްސަލަ ދިމާވީ މެޗުގެ 78 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، މާވިން ލެބީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ މާޒިޔާގެ ސަމުއްޓެ އަަތުން ބޯޅަ ހޯދަން ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

އީގަލްސް އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މާޒިޔާ އިން ދެ ލަނޑު ޖެހި އެވެ. އެ ގޮތުން، އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް (ފަތޯ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ފަތޯގެ ލަނޑު ޖަހަން ހަމްޕު ފުރުސަތު ތަނަވަސްކުރިއިރު، ހަމްޕު ޖެހި ގޯލަކީ، އަރިމަތިން އޭރިއާތެރެއަށް ވަދެ، އީގަލްސްގެ ހުމައިދު ހުސެއިން ކައިރިން ނައްޓާފައި ޖެހި ގޯލެކެވެ.

ލީގުގައި މާދަމާ ހަވީރު އޮޑި އާއި ވެލެންސިއާ ބައްދަލުކުރާއިރު، މާދަމާރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox