މާސިންގާ ޑްރެޖަރުތަކުން ވެލި ނަގައި މުޅި މާލެ އަތޮޅުގެ އެތެރެވަރި އެކީ ކިލަނބު ކޮށްލައިފި

ރަސްމާލެއިން ގިރަމުންޑާ ވެއްޔާއި، ޑްރެޖަރު ވެލި ނެގުމުން ކިލަނބު ވަމުންދާ މަންޒަރު ސާފުކޮށް ފެންނަ މާލެ އަތޮޅު ދެކުނު ބުރީގެ ސެޓްލައިޓު ފޮޓޯއެއް ---- ފޮޓޯ: ސެންޓިނެލް 2

ރަސްމާލެއިން ގިރަމުންޑާ ވެއްޔާއި، ޑްރެޖަރު ވެލި ނެގުމުން ކިލަނބު ވަމުންދާ މަންޒަރު ސާފުކޮށް ފެންނަ މާލެ އަތޮޅު ދެކުނު ބުރީގެ ސެޓްލައިޓު ފޮޓޯއެއް ---- ފޮޓޯ: ސެންޓިނެލް 2

މި ސަރުކާރުން ހިންގަމުންދާ އެންމެ ބިޔަ ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ހާހަކަށްވުރެ ގިނަ ހެކްޓަރާއި މާލެ ސަރަހައްދުގެ އެހެން ބިންތައް ހިއްކަން ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކާއެކު މާލެ އަތޮޅުގެ އެތެރެވަރި ކިލަނބުވެ ކިސަޑުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށައިފި އެވެ.

މާލެ ސަރަހައްދުގެ ކިލަނބުކަން ޑްރޯން ފޮޓޯތަކާއި މަތިންދާ ބޯޓުތަކުގެ އިތުރުން ސެޓްލައިޓު ފޮޓޯތަކަށް ވެސް އަރަ އެވެ. ގިނަ އަދަދެއްގެ ކިސަޑު ފަރުތަކާއި ދިމާލަށް އޮޔާއެކު ދެމޭ މަންޒަރު ކުލަކޮށް ފެނެ އެވެ.

މިކަމުގެ ކަންބޮޑުވުން އިތުރުވީ ރަސްމާލެ ހިއްކުމަށް މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން އިން މާލެ އަތޮޅު ދެކުނު ބުރިއަށް އައިސް ވެލި ނަގަން ފެށުމުންނެވެ.

ދަތުރެއްގެ މައްޗަށް 78،000 ޓަނުގެ ވެލި އުފުލޭ މި ޑްރެޖަރުން ރަސްމާލެ ހިއްކުމަށް ވެލި ނަގަމުންދަނީ ކ. ގުޅި އަދި ކ. މާފުށި ކައިރިންނެވެ. މިކަމާއި ގުޅިގެން އެ ދެ ރަށާއި ކައިރި ހުރި ރިސޯޓުތަކުގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރާތާ މިހާރު މަހެއްހާ ދުވަސް ވަނީ އެވެ.

މި މަހުގެ ތެރޭ މި ނޫހުން އެއްކޮށްފައިވާ އެކި ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި ރަސްމާލެ ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން މާލެ އަތޮޅު ދެކުނު ބުރީގެ އިރުމަތީ ބިތުގެ ބޮޑު ބަޔަކަށް ވަނީ ކިސަޑާއި ވެލި ފެތުރިފަ އެވެ.

ކިސަޑާއި ވެލި ގުޅި އަދި މާފުށީގެ އިތުރުން އެ ހިސާބުގައިވާ ފަޅުތަކާއި އެ ފަޅުތަކުގައި ހުރި ރިސޯޓުތަކުގެ ފަރަށް ވަނީ ފެތުރިފަ އެވެ. މީގ އިތުރުން ރަސްމާލެ ހިއްކާއިރު ބަންޑް ވޯލް ނުޖެހުމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ފުށިދިއްގަރުފަޅަށް އަޅަމުންދާ ވެލީގެ ބައެއް ގިރައިގެން ދާ މަންޒަރު ވެސް ސެޓްލައިޓު ފޮޓޯތަކުން ފެނެ އެވެ.

ރަސްމާލެ ހިއްކާ ޑްރެޖަރު ވެލިނަގާ މަންޒަރު ފެންނަ ސެޓްލައިޓު ފޮޓޯއެއް ހިއްސާކޮށް އީކޯކެއާގެ އެޑްވޮކަސީ ޑިރެކްޓަރު، މައީދު ޒާހިރު މިކަމާއި ގުޅޭގޮތުން ކުރި ޕޯސްޓެއްގައި މިއީ ގާނޫނުއަސާސީ އާއި ހިލާފު ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ވެސް ސިއްހަތު ރަނގަޅު ރައްކާތެރި ތިމާވެއްޓެއްގައި ދިރިއުޅުމުގެ ކަށަވަރުކޮށްދީފައިވާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މައީދުގެ އިތުރުން ވެސް ގިނަ ބަޔަކު ދަނީ މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުމާލެ ފޭސް ތިނެއް އަދި ގަލުފަޅު ހިއްކުމާއި ގުޅިގެން ފެތުރެމުންދާ ވެއްޔާއި ކިސަޑު ---- ފޮޓޯ: ސެންޓިނެލް 2
ހުޅުމާލެ ފޭސް ތިނެއް އަދި ގަލުފަޅު ހިއްކުމާއި ގުޅިގެން ފެތުރެމުންދާ ވެއްޔާއި ކިސަޑު ---- ފޮޓޯ: ސެންޓިނެލް 2

ހުޅުމާލެ ފޭސް ތިނެއް އަދި ގަލުފަޅު ހިއްކުމާއި ގުޅިގެން ފެތުރެމުންދާ ވެއްޔާއި ކިސަޑު ---- ފޮޓޯ: ސެންޓިނެލް 2

މި ނޫހުގެ ޓީމުން އިތުރަށް ބެލި ބެލުމުން ރަސްމާލޭގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް އަދި މާލެ ކުރިމަތީހެން އޮންނަ "އަތަމަނަ" ނުވަތަ ކުރީގެ ގަލުފަޅު ހިއްކުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން އުތުރު މާލެ އަތޮޅުގެ ބައެއް ސަރަހައްދުތަކަށް ވެއްޔާއި ކިސަޑު ފެތުރޭ މަންޒަރު ވަނީ ފާހަގަވެފަ އެވެ.

ފޭސް ތިނެއް ހިއްކުމަށް އަޅަމުންދާ ވެލީގެ ސަބަބުން އުފެދޭ ކިސަޑާއި އޮޅަ ހުޅުމާލެ ފަޅުން ބޭރުވެ ހުޅުލޭގެ ފަޅާއި އެ ދިމާ ބޭރަށް ފެތުރޭ މަންޒަރު ފޮޓޯތަކަށް ސާފުކޮށް އަރާފައިވެ އެވެ.

ޒަމާނީ ކޮންވެންޝަން ސެންޓަރެއް ހިމެނޭ ގޮތަށް، އިވެންޓު ސެންޓަރެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ގަލުފަޅު ހިއްކަމުން ދިޔުމާއި ގުޅިގެން އެ ފަޅުގެ ހުޅަނގުން ވެސް ކޮންމެ ވެސް ވަރަކަށް ވެއްޔާއި ކިސަޑު އޮޔާއި ދެމޭ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފަރުތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ގޮވާލައި އެ ފަރު ހިއްކާ ޑްރެޖަރު ކައިރި ޑިސެމްބަރު 26، ގައި މުޒާހަރާ ވެސް ކުރި އެވެ.

ފުށިދިއްގަރާއި ހައެއް ކިލޯމީޓަރު ދުރުގައި އޮންނަ މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި 20 ވަރަކަށް ލޯންޗު އަދި ދެތިން ދޯނި ބައިވެރިވި އެވެ.

އެ ލޯންޗުތަކުގައި ދިވެހި ދިދަ ޖަހާފައި ހުރި އިރު ލޯންޗުތަކުގައި ތިބި މީހުން ތިބީ ފަރުތައް ހިމާޔަތްކުރުމަށް ގޮވާލައި އެކި ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ. ފަރުތައް ހިމާޔަތް ކުރުމަށާއި ތިމާވެށްޓަށް ގެއްލުންވާނެހެން ވެލި ނުނެގުމަށް އެ މީހުން ދިޔައީ ގޮވާލަމުންނެވެ.

"ރާއްޖޭގެ ފަރުތައް ހަލާކުކުރަނީ. ފަރުތައް ހަލާކު ކުރުން ހުއްޓާލާ. ފަރުތައް ސަލާމަތްކުރޭ،" މި ނޫހަށް އެ ދުވަހު ލިބުނު ވީޑިއޯއެއްގައި އެކަކު ގޮވާލަމުންދެ އެވެ.

ރަސްމާލޭގެ ދެކުނުން އޮންނަ ގުޅި، މާފުށި އަދި ގުރައިދޫއަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ތިން ރަށެވެ. ދެކުނު މާލެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ވެސް ހިންގަމުން އަންނައިރު ގެސްޓުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓްތަކާއި ރާޅުތައް ހަލާކުވަމުން އަންނަ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox