ކަނޑުގެ ދިރުން
35 ލިޔުން
ފަހުގެ
ދުނިޔެމަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ފެނިއްޖެ
ކެލިފޯނިއާގެ އައްސޭރިފަށުގައިވާ ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ދިރާސާކުރަމުންދިޔަ ސައިންސްވެރިންނަށް، ވަރަށް މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ކަނޑުގެ 10،000 ފޫޓަށްވުރެ ފުން ސަރަހައްދަކުން ފެނިއްޖެއެވެ. ދުރުން ކޮންޓްރޯލްކުރާ އުޅަނދެއްގެ ކެމެރާއަށް އަރާފައިވާ މި ބޯވަދިލަމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 4.1 ފޫޓު ހުރިކަމަށް ސައިންސްވެރިން އަންދާޒާކުރެއެވެ.
ލުއިއަދަދުހުއިފިލަނޑާތަކެއް ލައްގައި ތައިލެންޑްގެ ބީޗެއް ފިޔާތޮށި ކުލައަށް
ތައިލެންޑުގެ ސުއާން ސޮން ބީޗަށް ގިނަ އަދަދެއްގެ ފިޔާތޮށި ކުލައިގެ ހުއިފިލަނޑާ ލައްގައި، މުޅި ގޮނޑުދޮށް ފިޔާތޮށި ކުލައަށް ބަދަލުވުމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ފަށައިފިއެވެ. މިއީ މޫސުން ގޯސްވެ ބާރުގަދަ ރާޅުތައް ނެގުމުގެ ސަބަބުން ދިމާވި ގުދުރަތީ ކަމެއް ކަމަށް ބެލެވޭއިރު، މިކަމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
