މާކަނާގެ ސޫރަޔަށް ގޮނޑުދޮށުގައި ކުޑަކުދިންނަށް ކުޅޭ އެއްޗެއް ބެހެއްޓުން

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

މުސްލިމުން އުމަރުގެފާނުގެ ހިލާފަތުގައި މިސްރު ފަތަހަ ކުރީއްސުރެ އަދި އަދަށް ދާންދެންވެސް އެތަނުގައި އެޔޮތީ އިސްލާމީ ވެރިކަމެކެވެ. އެތަނުގެ ވެރިކަން އެކިއިރަށް އެކި ގޮތަށް ބަދަލުވަމުން ދިޔަޔަސް އެތަނުގެ ދާދި މަދު ބަޔަކު ފިޔަވައި ދެން އުޅެނީ ހުސް ސުންނީ މުސްލިމުންނެވެ. ވެރިކަންކުރަނީވެސް އަބަދުވެސް މުސްލިމެކެވެ.

މިސްރުގެ ޕިރަމިޑްތަކުގެ ކައިރީގައި ފެންނަން އެހުންނަ އަބުލްހައުލް ނަމަކަށް ކިޔުނު ބުދު ދެކެވަޑައިގަންނަވަމުތޯ އެވެ؟ ސިންގާއެއްގެ ހަށިގަނޑުގައި އިންސާނެއްގެ މޫނު ސިފަވާ ގޮތަށް އެ ސޫރައިގައި ހަދާފައިވާ އަބުލްހައުލް ބުދަކީ ތާރީހީ ގޮތުން ބަލާއިރު، މީލާދީ ސަނަތަށްވުރެ ވެސް މުސްކުޅި ބުދެކެވެ. އެ ބުދު އަދިއަދަށް ދާންދެންވެސް މިސްރުގެ އަހުރާމުތަކުގެ ބުޑުގައި ސަލާމަތުން އެހެރަ ފެންނަނީ އެވެ.

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަމްރޫ ބުނުލްޢާޞް މިސުރު ފަތަހަ ކުރެއްވިއިރު، އެ ބުދު ވަނީ ސަހަރާގެ ވެލިން ފޮރުވިފަ އެވެ. އިޓަލީގެ މަޝްހޫރު އެކްސްޕްލޯރަރ ޖިއޮވާނީ ބަޓިސްޓާ ކެވިގްލިއާ އަބުލްހައުލް ބުދު އިކްތިޝާފްކުރީ މީލާދީން 1817 އަހަރުގަ އެވެ. އެހެންވީމާ އެ ބުދު ހުރިކަމެއް އިހުގެ މީސްތަކުންނަކަށް ނޭނގޭނެ އެވެ.

Advertisement

އަބުލްހައުލް ބުދަކީ މީލާދީ ސަނަތުގެ ވެސް ކުރީގެ ބުދެއް ކަމަށްވެފައި، މުސްލިމުން މިސްރު ފަތަހަކުރިއިރުވެސް އެ ބުދުގެ ވާހަކަ ފަތްފުށްތަކުގައި ނުހުންނާނެ ކަމަށް ބެލުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އަދި އެ ބުދަށް ވެލިއެޅި، މީހުންނަށް ނުފެންނަ ވަރަށް ފޮރުވުނީ ސީދާ ކޮން ދުވަސްވަރެއްގައިކަން ތާރީހުން އެނގޭކަށް ނެތެވެ. ވީއިރު އެ ބުދު ސަހާބީން ތަޅައިނުލެއްވީ އެ ބުދަށް ވެލިއެޅި ފޮރުވިފައިވުމުގެ ސަބަބުންކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ވިދާޅުވުމަކީ ތިއެރީއެކެވެ. ސުވާލަކީ 1817 ވަނަ އަހަރުގެ ފަހުން އެ ބުދަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވަނީ މިސްރުގައި އިލްމުވެރިން ނެތީމާތޯ އެވެ؟

މިސްރުގެ ފަހުގެ ތާރީހަށް ބެއްޔަސް ފެންނަނީ ހަމަ މި މަންޒަރެވެ. މިސްރަކީ އެ ގައުމުގެ ތާރީހީ އަބްތާލުންގެ ސޫރައިގައި ބުދު ހަދައި އެކި މަގު މަގުމަގުގައި ބަހައްޓާފައި ހުންނަ ގައުމެކެވެ. މިސްރުގެ ބައެއް އިލްމުވެރިން އެކި ދުވަސްވަރު މަތިން އެބާވަތުން ދިރޭ ތަކެތީގެ ސޫރައިގައި ބުދު ހަދާފައި އެހެން މަގުމަގުގައި ބެހެއްޓުމަކީ ހަރާން ކަމެއް ކަމުގެ ފަތުވާ ނެރުއްވާ އުޅުއްވަ އެވެ. އަދި ބައެއް އިލްމުވެރިން އެކަން ހުއްދަކޮށް ވެސް ފަތުވާ ނެރުއްވާ އުޅުއްވަ އެވެ.

މިސްރުގެ މަގުމަގުގައި މޮނިއުމަންޓްގެ ނަމުގައި އެކި ބަތަލުންގެ ސިފައިގައި ހަދާފައި ހުރި ބުދުތައް އެހެން ބެހެއްޓިޔަސް އެންމެ ރަނގަޅުކަމަށާއި އެޔަކީ ކޮންމެހެން ތަޅާލަން ޖެހޭ އެއްޗެއް ނޫންކަމަށް ފަތުވާ ނެރުއްވި އެއްބޭކަލަކީ އަލްއިމާމް މުޙައްމަދު ޢަބްދޫ އެވެ. މީލާދީން 1849 އިން 1905 ވަނަ އަހަރާ ހަމައަށް އިސްލާމީ ދުނިޔޭގައި އެންމެ އަޑުގަދަ އެއް އިސްލާމީ މުޞްލިޙްގެ ގޮތުގައި ފާހަގަކުރެވޭ އިމާމް މުޙައްމަދު ޢަބްދޫ އަކީ މިބާވަތުގެ ޕްރޮގްރެސިވް ވިސްނުންފުޅުތައް ގެންގުޅުއްވި އިސްލާމީ އުންމަތް ފިގުހީ އެވޭލާ ކަސްތޮޅުތަކުން ނެރެ، ޒަމާނީ ބަދަލުތަކާއި ފައިހަމަވާ ގޮތަށް އިސްލާމީ ފިގުހު މީސްތަކުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރެއްވި އިސްލާހީ މުޖައްދިދެއް އަދި އިސްލާމީ މުފައްކިރެކެވެ.

އިމާމް މުހައްމަދު އަބްދޫއަކީ ފަނޑިޔާރުކަން ވެސް ކުރެއްވި ބޭކަލަކެވެ. އަދި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރުކުރެއްވި އެކި ގައުމުތަކާއި ޙަޟާރަތްތައް ދިރާސާކުރެއްވި މުފައްކިރެކެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި މުޙައްނިކެކެވެ. އެހެންކަމާއެކު އިމާމް މުހައްމަދު އަބްދޫގެ މިނޫނަސް ވަރަށް ގިނަ ކަންކަމުގައި އިހު އެވޭލާ ފިގުހުވެރިންގެ ރައުޔުތަކާ ހިލާފު ޕްރޮގްރެސިވް ވިސްނުންފުޅުތައް އުންމަތަށް ގެނެސްދީފައި ވެ އެވެ.

އެގޮތުން ބޭންކިންގެ ނިޒާމާއި ޒަމާނީ ވިޔަފާރިއާ ގުޅޭ ކަންކަމާއި ވަރި ކައިވެނީގެ ޒަމާނީ މައްސަލަތަކާ ގުޅިގެން މުސްކުޅި ފިގުހުން ފެންނަން ނެތް ތަޖުދީދީ ހައްލުތަކެއް އިމާމް މުހައްމަދު އަބްދޫ ގެންނަވާފައި ވެއެވެ. އިސްލާމީ ފިގުހު ހަމައެކަނި ފޮތަކުން ކިޔަވައިގެން އަމަލީ މައިދާނުގައި ވިޔަފާރިއެއް ނުކޮށް އުޅޭ ބައެއް މީހުންނަށް އިމާމް މުހައްމަދު އަބްދޫގެ ބައެއް ރައުޔުތައް އެހާ މަގުބޫލު ނުވިނަމަވެސް، އިމާމް މުހައްމަދު އަބްދޫއަކީ ހަގީގީ އިސްލާމީ ފަލްސަފާއައިގެން އުންމަތަށް ހިދުމަތްކުރެއްވި މުފައްކިރެކެވެ.

އިލްމީ އަމާނާތަށްޓަކައި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީން އިހުތިޔާރުކޮށްފައި އެވަނީ ވެސް ހަމަ މުއުތަބަރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތެކެވެ. އެކަމަކު އެކަމުގައި އިލްމުވެރިންގެ މެދުގައި އޮތް ހަމައެކަނި ރައުޔަކީ އެޔެއް ނޫނެވެ. އަދި އަޅުގަނޑުގެ މަގުސަދަކީ އެ ފަތުވާއާ ދެކޮޅު ހެދުމެއް ވެސް ނޫނެވެ. ދީނީ މައުލޫއަކަށްވާތީ ތަނަސްވަން ހިޔާލަކުން ވިސްނާލުމަށް މަގެއް ދައްކާލަދިނުމެވެ.

ޖާހިލިއްޔަ ޒަމާނުގައި އަޅުކަންކުރެވޭ ބުދަށް ދެމުން ގެންދިޔަ ތަޤްދީސް ނައްތާލެވޭ އެންމެ ފަސޭހަ އެއް މަގަކީ، އެތަކެތި ތަޅާލައިގެން އެޔަކީ އެއްވެސް ބާރެއް އާރެއް ހުރި އެއްޗެއް ނޫންކަން އާންމުންނަށް ދޭހަކޮށްދިނުމުގެ މަގުކަމުގައިވާތީ، އަޅުކަންކުރަން ބަހައްޓާފައި ހުންނަ ބުދު ތަޅައި ސުންނާފަތިކުރުމަކީ އިސްލާމީ މަންހަޖުގައި ބައެއް ހާލަތްތަކުގައި ހުއްދަ ކަމެކެވެ. އެހެނީ ބުއްދި ހުރި އިންސާނާ އަށް ކާބަފައިންގެ ފުށުން ވާރުތަވެގެން އައި މޮޔަ އަގީދާ އޭނާގެ ސިކުނޑީގައި ހަރުލާފައި ހުންނަލެއް ވަރުގަދަކަން ދުއްވާލުމަށް ބައެއް ހާލަތުގައި މަސްލަހަތު ނިޔާކުރަނީ އެގޮތްކަމުގައިވާތީ އެވެ.

އަންޢާމް ސޫރަތުގެ 108 ވަނަ އާޔަތެވެ. "ﷲ ފިޔަވައި އެމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެމީހުން އަދާވާތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވައިފާނެ އެވެ."

މިއާޔަތުން ދަލީލު ނަންގަވައި އިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ﷲ ގެ ޒާތުފުޅަށް ބަޔަކު މީހުން އެއްޗެހި ގޮވުމުގެ ފަސާދަ އަތުވެދާނެ ހާލަތްތަކުގައި އަޅުކަންކުރަން ގެންގުޅޭ ބުދުތަކަށް ކުޑައިމީސް ބަސް ބުނެ ބުދަށް އަޅުކަންކުރާ މީހުންގެ އެ ހަމަ ނުޖެހޭ ފަލްސަފާގެ ވާހަކައިން އެބައިމީހުންނާ ވާހަކަ ދެއްކުމަކީ ނަހީކުރެއްވިގެންވާ ކަމެކެވެ. ނަމަވެސް ނިކަން ވިސްނަވާށެވެ! ބުދަށް އަޅުކަންކުރުމުގެ މޮޔަކަމުގެ ވާހަކަ އާއި ބުދަށް އެއްޗެހި ގޮވައި ވާހަކަ ދެއްކުމަކީ ހަމަ ކޮންމެހެން ކުރާންޖެހޭނޭ ކަމެއް ނޫންތޯ އެވެ. އެކަމަކު އެކަމުގެ ހުކުމް އޮތީ މަސްލަހަތަށް ބަލައިގެން އަމަލުކުރުމުގެ މައްޗަށްކަން މިއާޔަތުން ދަލީލު ލިބެ އެވެ.

މައްކާ ފަތަހަވީ ފަހުން މައްކާއާ ކައިރި ހިސާބެއްގައި ހުރި ސުވާޢުއޭ ކިޔުނު މާބޮޑު ބުދެއް ތަޅާލުމަށް މާތް ނަބިއްޔާ ކުޑަ ލަޝްކަރަކާއެކު ޢަމްރޫ ބުނުލްޢާޞް ފޮނުއްވެވި އެވެ. ޢަމްރޫ އެތަނަށް ދިއުމުން ބުދު ބަލަހައްޓާ ކަލޭގެ ޢަމްރޫ ކައިރީގައި މިތަނަށް އައީ ކީއްކުރަންތޯ އެހުމުން، މާތް ނަބިއްޔާ އަންގަވައިގެން ބުދު ތަޅާލުމަށްކަމަށް ޢަމްރޫ ވިދާޅުވި އެވެ. އެހިނދު ބުދު ބަލަހައްޓާ ކަލޭގެ ބުނިކަމަށް ވަނީ ތިޔަކަމެއް ނުކުރެވޭނެ ކަމަށެވެ. ކީއްވެތޯ ސުވާލުކުރުމުން ބުނިކަމަށްވަނީ އެކަން ކޮންމެވެސް ގޮތަކުން ހުއްޓިގެންދާނެ ކަމަށެވެ. އޭނާގެ ކުރިމަތީގައި ބުދު ތަޅާ ސުންނާފަތިކޮށްލުމުން އޭނާ އިސްލާމްވީ އެވެ.

ކޮންފަދަ އިއްތިފާގެއްތޯ އެވެ! މި ލިޔުމުގެ ކުރީކޮޅުގައި އަޅުގަނޑު ދެންނެވި އަބުލްހައުލް ހުރި ބިންކަމުގައިވާ މިސްރު ފަތަހަކުރެއްވީ ޢަމްރޫ ބުނުލްޢާޞް އެވެ. މިސްރުގައި އަބުލްހައުލަށް އަޅުކަންކުރާ ބަޔަކު އޭރަކު ނޫޅެ އެވެ. މިހާރަކު ވެސް ނޫޅެ އެވެ. އެކަމަކު މި ސުވާޢުއޭ ކިޔުނު ބުދު ތަޅުއްވާލައްވަން މާތް ނަބިއްޔާ ފޮނުއްވި ސަބަބާއި ހިކުމަތް އިސްވެ ދިޔަ ހާދިސާއިން އެނގެ އެވެ. އެ ބުދު ތަޅާލުމުގެ ފަހަތުގައި ފޮރުވިފައި އޮތީ އެޔާމެދު މީސްތަކުން ގަބޫލުކޮށްގެން ތިބި ޚުރާފީ ވިސްނުން ސުންނާފަތިކޮށްލުމެވެ. އެ ބުދު ސުންނާފަތިވުމުން އެޔަކީ އާރެއް ބާރެއް ނެތް އެއްޗެއްކަން ޔަގީންވެ އޭގެ ޚައްދާމުކަލޭގެ އިސްލާމްވީ އެހެންވެނޫންތޯ އެވެ؟

މާތް ނަބިއްޔާއާއި ޞަޙާބީން ބައިޢަތުއްރިޟްވާންގެ ނަމުން މަޝްހޫރުވި އެއްބަސްވުން ވެވުނީ ޙުދައިބިއްޔާ ސަރަހައްދުގައި ހުރި ގަހެއްގެ ދަށުގަ އެވެ. ކޮންމެއަކަސް އެ ބައިޢަތުގެ ވާހަކަ ޤުރުއާނުގައި ވެސް އޮންނަ ކަމަށްޓަކައި، އެ ބައިޢަތު ވެވުނު ސަރަހައްދަކީ މުސްލިމުން މާ އިހުތިރާމުކުރި ސަރަހައްދަކަށް ވެއްޖެ އެވެ. އަދި އެގަހެއްގެ ދަށުގައި އެއްބަސްވުން ވެވުނު ގަސް ވެސް އެއީ މާ މާތްކޮށް ހިތެވޭ ގަހަކަށް ފަހުންވެއްޖެ އެވެ. އެގަހަކީ މީހުން އެގަހަށް އަދައިގެން ޒިޔާރަތްކުރެވޭ އެގަހުގެ ދަށުގައި ސުންނަތް ނަމާދުކުރުމަކީ ވެސް މޮޅު އިތުރުވެގެންވާ ކަމެއްކަމަށް މީހުން ދެކޭ ކަމަކަށް ވާން ފަށައިފި އެވެ.

މިކަމާހުރެ ޢުމަރުގެފާނުގެ ޚިލާފަތުގައި ޢުމަރުގެފާނުން އެ ގަސް ކަނޑާލެއްވުމަށް އަމުރުކުރައްވައި އެގަސް ކަނޑާލެއްވި އެވެ. އާދޭހެވެ! ބުދަކަށް ވެގެންނެއް ނޫނެވެ. ޚުރާފީ ޢަޤީދާތައް ނައްތާލުމަށެވެ. އިސްލާމްދީން ކުރިއަރުވަނީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންކުރުން މަނާކުރުމުގެ މަގެވެ. ބުއްދިތައް މިނިވަންކުރުމުގެ މަންހަޖެވެ. ޚުރާފާތްތައް ސުންނާފަތިކޮށް ބުއްދި އިސްކުރުމުގެ ފަލްސަފާ އެވެ.

މާލެއަތޮޅު ހުރާގައި ބަހައްޓާފައި ހުރި މާކަނާ ބުދަކީ، އެޔަށް ބަޔަކު އަޅުކަންކުރާ އެއްޗެއް ނޫނެވެ. އަދި އޭގެ ވަށައިގެން ޚުރާފީ ވިސްނުންތަކެއް ދައުރު ވަމުންދާ އެއްޗެއް ވެސް ނޫނެވެ. އެޔަށް މާތްކޮށް ހިތެވި ތަޤުދީސް ކުރެވެމުންދާ އެއްޗެއް ވެސް ނޫނެވެ. ކުޑަކުދިން ކުޅެން ގެންގުޅޭ ބުދު ހުއްދަވާނަމަ، ކުޑަކުދިން މުނިފޫހިފިލުވުމަށް ރަށެއްގެ ގޮނޑުދޮށުގައި މާކަނައެއްގެ ސޫރަޔަށް އެއްޗެއް ހަދާފައި ބެހެއްޓުމުގެ ހުކުމަކީ ކޮބާތޯ އެވެ؟ އެއީ ހުރިހާ ކުޑަކުދިން ކުޅެން ބަހައްޓާފައި ހުރި އެއްޗަކަށް ނުވާނެތޯ އެވެ؟ އަދި ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ ތުއްތު ކުދިން މުނިފޫހިފިލުވުމަށް މާކަނައާއި ކަކުންޏާއި ވެލަޔާއި އެބާވަތުގެ ތަކެތީގެ ސޫރަޔަށް ގޮނޑުދޮށުގައި ސޫރަ ބަހައްޓައިގެން އެއީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ތަކެތިކަން ފަތުވެރިންގެ ދަރިންނަށް އަންގައިދީ މައުލޫމާތުދީ އެކުދިން ޝައުގުވެރިކަމާއެކު މުނިފޫހިފިލުވުމުގެ ބޭނުމަށް އެކަން ކުރުމުގެ ހުކުމަކީ ހަމަ ހަރާންވުންތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox