ވާހަކައަކުން ކިޔާ މީ އީދު ތަހުނިޔާ

އީދުގެ މުނާސަބަތުތަކަކީ އިސްލާމީ ތާރީޚްގެ އިބުރަތްތެރި ވާހަކަތަކުން އިބުރަތް ލިބިގަތުން މުނާސަބު ވަގުތުތަކެކެވެ.

އީދުގެ މުނާސަބަތުތަކަކީ އިސްލާމީ ތާރީޚްގެ އިބުރަތްތެރި ވާހަކަތަކުން އިބުރަތް ލިބިގަތުން މުނާސަބު ވަގުތުތަކެކެވެ.

މިހުކުރު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، މިއަހަރުގެ ބަރަކާތްތެރި ހައްޖު ދުވަސް އަޅުގަނޑުމެންނާ ބައްދަލުވެ ހައްޖުވެރީން އަރަފާތު ބިމަށް ޖަމާވެ އެނޫން މީހުން ސުންނަތް ރޯދަ ހިފުމުގެ ސަވާބު ހޯދައިގަނެއްޖެ އެވެ. އަދި މިއަހަރުގެ ބަރަކާތްތެރި އުފާވެރި އަޟްޙާ އީދު ވެސް އެފަދައިން އަޅުގަނޑުމެންނާ ބައްދަލުވެ އެއުފާވެރިކަމުގެ ބޮޑު ނިއުމަތް އަޅުގަނޑުމެން ލިބިގަނެއްޖައީމު އެވެ.

އަޅުގަނޑު މިއަދު ގަލަން މި ނެގީ އަޟްޙާ އީދުގެ ދެ ދުވަސްފަހުން ކިޔާ މީހުންނަށް މިއަހަރުގެ ބަރަކާތްތެރި އަޟްޙާ އީދުގެ ތަހުނިޔާތަކާއި ހެޔޮވެދުންތައް ފޮނުވުމަށެވެ. އަޟްޙާ އީދުގެ ތަހުނިޔާ ކިޔުމަށް އެމުނާސަބަތުގައި އަޅުގަނޑަށް ފެނުނީ އިސްލާމީ ތާރީހުން ރީތި ވާހަކައެއް ހިއްސާކޮށްލުމަށެވެ. އެހާދިސާއަކީ ހައްޖު މޫސުމުގައި ހިނގާދިޔަ ކަމެއްކަމަށްވާތީ، ހައްޖުގެ މުނާސަބަތާވެސް އެވާހަކަ ގުޅެ އެވެ. އަދި އެވާހަކައިގެ އިބުރަތް އަހަރެމެން އެންމެންނަށްވެސް މުހިންމުކަމުގައި ފެނެ އެވެ.

ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވި އެވެ. އަދި އަމުރުފުޅެއް ނެރުއްވި އެވެ. މާތް ނަބިއްޔާގެ އެއްވެސް ސަހާބީ ބޭކަލަކު ހުންނެވި ނަމަ އެބޭކަލަކު ތިމަންގެ ދަރުބާރަށް ގެނެސްދެއްވާށެވެ! މީސްތަކުން ދެންނެވި އެވެ. އެއެންމެ ބޭކަލުން ދުނިޔެ ދޫކުރައްވައިފި އެވެ. އެހިނދު ޚަލީފާ ހިޝާމް އަމުރުކުރެއްވި އެވެ. އެހެންވިއްޔާ ސަހާބީންގެ ޖީލާ ޖެހިގެން އައި ތާބިޢީންގެ ބޭކަލަކު ހުންނެވި ނަމަ އެ ބޭކަލަކު ވިޔަސް ހާޒިރުކޮށްދެއްވަބައްލަވާށެވެ!

Advertisement

ދެން ތާބިޢީންގެ ބޭކަލެއްކަމަށްވާ އިމާމް ޠާވޫސް އަލްޔަމާނީއަށް މިއަމުރުފުޅު ރައްދުކުރެވި އެކަލޭގެފާނު ޚަލީފާގެ ދަރުބާރަށް ހާޒިރުކުރެވުނެވެ. އިމާމް ޠާވޫސް ޚަލީފާގެ ދަރުބާރަށް ވެދެވަޑައިގަންނަވަމުން، ޚަލީފާގެ ކުރިމަތިފުޅުގައި އޮތް ދޫލަކޮޅާ ހަމައިގައި އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބެހެއްޓެވި އެވެ. އެޔަށްފަހު އޭ މުއުމިނުންގެ އަމީރުއޭ ދެންނެވުމުގެ ބަދަލުގައި ވިދާޅުވި އެވެ. އޭ ހިޝާމެވެ. އައްސަލާމް ޢަލައިކުމް އެވެ. އެއަށްފަހު ޚަލީފާގެ ތަހުތާ ހަމަ ވިދިގެން ކައިރީގައި އިށީނދެވަޑައިގެންފައި ވިދާޅުވި އެވެ. އޭ ހިޝާމެވެ! ހާލު ކިހިނެއްހެއްޔެވެ؟

އިމާމް ޠާވޫސްގެ މި އިހުތިރާމްކުޑަކޮށްލުމުގެ އަމަލުފުޅުގެ ސަބަބުން ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކް އިންތިހާއަށް ކޯފާ އިސްކުރެއްވި އެވެ. އަދި އިމާމް ޠާވޫސް ގަތުލުކުރައްވަން އަމުރުކުރައްވާ ހިސާބަށް ބަސްފުޅު ގެންދިއުމުން އިމާމް ޠާވޫސް ވިދާޅުވި އެވެ. ތިޔަ އިންނެވީ މާތް ﷲ ހުރުމަތްތެރިކުރެއްވި މާތްވެގެންވާ ހަރަމްފުޅުގަ އެވެ. ތިޔަކަމެއް ތިޔަހެނެއް ނުކުރެއްވޭނެ އެވެ.

ދެން ޚަލީފާ ހިޝާމް ކޯފާވެވަޑައިގެން ވިދާޅުވި އެވެ. ކަލޭ ތިޔަފަދައިން ތިޔަ އަމަލުކުރީ ކީއްވެގެން ހެއްޔެވެ؟ އިމާމް ޠާވޫސް ވިދާޅުވި އެވެ. އަހަރެން ކީއްކުރީ ހެއްޔެވެ؟ ދެން އަދި މާބޮޑަށް ޚަލީފާ ކޯފާވެފައިވާ ވިދާޅުވި އެވެ. ކަލޭ އަހަރެންގެ ރަސްމީ ދޫލައިގެ އެއްކައިރިއަށް ދެފައިވާންކިބަ ދޫކޮށްލައިފި އެވެ. އިހުތިރާމުގެ ގޮތުން ބޭނުންކުރާ އަހަރެންގެ ލަގަބު ބޭނުންކުރުން ދޫކޮށްފައި އަހަރެންގެ ނަމުން މުހާތަބުކޮށްފި އެވެ. އިހުތިރާމުގެ ގޮތުން އަހަރެންގެ އަތުގައި ބޮސްދިނުމުން ވެސް ކަލޭ މަނާވެގަނެއްޖެ އެވެ. އަދި އަހަރެންގެ އިޒުނައެއް ނެތި އައިސް ކައިރީގައި އިށީނދެއްޖެ އެވެ.

ދެން އިމާމް ޠާވޫސް ދެންނެވި އެވެ. ދުވާލަކު ފަސްފަހަރު އަހަރެންގެ ވެރިކަލާނގެއަށް އަޅުކަންކުރުމަށް އެކަލާނގެ ދަރުބާރުގައިވެސް އެބަ ފައިވާނުން ފައިބަމެވެ. އެކަމަކާ އެކަލާނގެ އަހަރެންނަށް އުގޫބާތެއް ނުދެއްވަ އެވެ. ކަލޭގެ އަތަށް ބޮސްދިނުމުން މަނާވެގަތް ކަންތައް ދަންނަ އެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވާތީ އަހަރެން އަޑުއެހީމެވެ. ޝަހުވަތެއްގައި އެމީހެއްގެ އަނބިމީހާއަށް ނުވަތަ އޯގާތެރިކަމުން އެމީހެއްގެ ދަރިޔަކަށް މެނުވީ އެއްވެސް މީހެއްގެ އަތަށް ބޮސްދިނުމަކީ އެކަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އިހުތިރާމުގެ ގޮތުން "އޭ މުއުމިންތަކުގެ އަމީރެވެ!" މިގޮތަށް ނުދެންނެވީ ކަލޭގެ ވެރިކަމާމެދު ހުރިހާ މުއުމިނުން ތިބީކީ ރުހިގެންނެއް ނޫނެވެ. އެހެންވީމާ އެހެން ބުނުމުން އެއީ ދޮގަކަށްވެދާނެތީ އެކަމަށް ނުރުހުނީ އެވެ. ދެން އިހުތިރާމުގެ އެހެން ލަގަބެއް ބޭނުންނުކުރި ނުކުރުން ދަންނަ އެވެ. މާތް ﷲ ގެ ފޮތުގައި މާތް ނަބީބޭކަލުންނާ މެދު އެކަލާނގެ ބަސްފުޅު ވަޙީކުރެއްވުމުގައި ވެސް "އޭ ޔަޙްޔާ އެވެ!" އަދި "އޭ ޢީސާ އެވެ!" މިގޮތަށް ބަސްފުޅު ވަޙީކުރައްވާފައިނުވޭތޯ އެވެ! މިއާ ހިލާފަށް ލަގަބަކުން އައިސްފައިއޮތީ އަބޫލަހަބަށް ލައުނަތް ލެއްވި އާޔަތުގައި ނޫންތޯ އެވެ.

ކަލޭގެ ދަރުބާރުގައި ކަލެޔާ އެއްފަދައިން ކައިރީގައި އިށީނދެ އިނުމުގެ ކަންތަކުގައި ދަންނަ އެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވާތީ އަޑުއެހީމެވެ. ތިޔަބައިމީހުން ނަރަކައިގެ އަހުލުވެރިއަކަށް ބަލަނީނަމަ، އެމީހެއްގެ ދަރުބާރުގައި ތިމާ އިށީނދެގެން އިނދެފައި ވަށައިގެން ތިބި މީހުން ކޮޅަށް ބަހައްޓައިގެން އިން މީހާއަށް ބަލާށެވެ.

ދެން ކޯފާ މަޑުކުރައްވާފައި ޚަލީފާ ހިޝާމް އިމާމް ޠާވޫސަށް ދެންނެވި އެވެ. އަހަރެންނަށް ނަސޭހަތެއް ދެއްވަބައްލަވާށެވެ! އިމާމް ޠާވޫސް ވިދާޅުވި އެވެ. މުއުމިންތަކުންގެ އަމީރު މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވާތީ އަޑުއެހީމެވެ. ހަމަކަށަވަރުން ނަރަކައިގައި ޖާޑިތަކެއް ފަދަ ހަރުފަތަކަކާއި ބަޣަލްތަކެއް ފަދަ ނަގުލަންދާށިތަކެއް ލެއްވިފައި ވެ އެވެ. އެތަކެތި ވިހަލައި ކަށިޖަހައި އުޅެނީ ރައްޔިތުންނަށް އަދުލުވެރި ނުވާ ވެރިންގެ ގަޔަށެވެ.

ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކަކީ އުމަވީ ދަރިކޮޅުން ކުރި އިސްލާމީ ވެރިކަމުގެ ދިހަ ވަނަ ޚަލީފާ އެވެ. އިސްލާމީ ތާރީހުގައި ޚަލީފާއަށް ނިސްބަތްކުރެވިފައި ހުރި އަދުލުވެރި ނޫން ބައެއް ހާދިސާތައް ތާރީހު އިލްމުވެރިން ނަގުލުކުރައްވާފައި ވެ އެވެ. އެހެންނަމަވެސް ޚަލީފާ ހިޝާމްއަކީ އިލްމުވެރިންގެ ބަހަށް ވެސް ތަބާވެވަޑައިގަންނަވާ އަދުލުވެރި ސިފަ އުސޫލެއްގެ ގޮތުން ހުރި ބޭކަލެއްކަމަށް ތާރީހީ އިލްމުވެރިން ސިފަކުރައްވާފައިވެ އެވެ.

އިމާމް ޠާވޫސްއަކީ ތާބިޢީ ބޭކަލުންކުރެ އެންމެ ބޮޑެތި އިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގެންނެވި ބޭކަލަކެވެ. ޔަމަންކަރައިގެ ފިޤުހުވެރިޔާ އެވެ. އިލްމުވެރިކަމާއި ޒުހުދުވެރިކަމުގައި މަޝްހޫރުވެފައިވާ ދުނިޔެއަށް ލޯބި ނެތް ވަރައަވެރި ބޭކަލެކެވެ. އެކަލޭގެފާނު ފަންސާހަކަށް ސަހާބީންގެ އަރިހުން ޢިލްމު އުގެނިވަޑައިގެންނެވި އެވެ. ސާޅީސް ފަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވި އެވެ. އަދި އަވަހާރަވެވަޑައިގަތީވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި ހުންނަވަނިކޮށް ހިޖުރައިން ސަތޭކަ ހަވަނަ އަހަރުގަ އެވެ.

މާތްވެގެންވާ ސަހާބީ އިބްނު ޢައްބާސްގެ އަރިހުންވެސް އިމާމް ޠާވޫސް ދަރިވަރުވެވަޑައިގަތެވެ. އިބްނު ޢައްބާސް ވިދާޅުވާކަމުގައި ވެ އެވެ. މި ޠާވޫސަކީ މީ ސުވަރުގޭގެ އަހުލުވެރިއެކޭ ތިމަންކަލޭގެފާނަށް ހާދަހާ ހީވެ އެވެ. ބުނެވޭ ގޮތުގައި އިމާމް ޠާވޫސަކީ ދުޢާ އިޖާބަ ބޭކަލަކެވެ. އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޖެހިލުމަކާ ނުލައި ބަސްބުނުމާއި ވެރިންނަށް ނަސޭހަތްތެރިވުމުގައި ފަސްޖެހުމެއް ނެތް ނަމޫނާ ބޭކަލެއްގެ ގޮތުގައި ތާރީހު އިލްމުވެރިން އިމާމް ޠާވޫސް ސިފަކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

ނެސްލޭ ޑެއިރީ ވައިޓްނާ ސިއްހަތަށް ނުރައްކާތެރި ކަމަށް ބުނެފި

ނެސްލޭގެ "ލޯ ފެޓް ޑެއިރީ ވައިޓްނާ" އަކީ ސިއްހަތަށް ނުރައްކާތެރި ފެންވަރު ދަށް އެއްޗެއް ކަމަށް އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން ކަނޑައަޅައި، އެ ވިއްކުން ހުއްޓާލުމަށް އަންގައިފިއެވެ. ނަމަވެސް ނެސްލޭ ކުންފުނިން މިކަން ދޮގުކޮށް ބުނެފައިވަނީ އެ އުފެއްދުމަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އެއްޗެއް ކަމަށެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

Newsletter

Get the latest news delivered straight to your inbox