ދޫގަސްވިލާގައި ރޯވުން: އެކަކު އައިސީޔޫގައި، އެކަކު ވެންޓިލޭޓަރުގައި

ދޫގަސްވިލާގައި ރޯވުން: ދެ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުން -- ފޮޓޯ: އެންޑީއެމްއޭ

ދޫގަސްވިލާގައި ރޯވުން: ދެ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުން -- ފޮޓޯ: އެންޑީއެމްއޭ

ބިދޭސީން ދިރިއުޅޭ މއ. ދޫގަސްވިލާގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެކަކަށް ފަރުވާދެމުންދަނީ އައިސީޔޫގައިކަން އެނގިއްޖެ އެވެ. 

އައިޖީއެމްއެޗް އިން އަދަދު އަށް ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، އެކަކަށް ފަރުވާދެމުންދަނީ ވޯޑުގައި ކަމަށެވެ. ބާކީ ދެ މީހުންނަށްވެސް ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ. 

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ ތިން މީހަކާއި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 41 މީހަކަށް ބޭނުންވާ ޒަރުރީ ބޯހިޔާވެހިކަމާއި އެހެނިހެން އެހީތެރިކަން އެންޑީއެމްއޭއިން އަންނަނީ ފޯރުކޮށްދެމުންނެވެ. 

އަލިފާން ރޯވީ މއ. ދޫގަސް ގަ އެވެ. އެއީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތިން ހުންނަ ހަނި ގޯޅި ތެރޭގަ ހުންނަ ގެއެއްގަ އެވެ. އެ ހާދިސާގައި ގޭސް ފުޅި ގޮވައި، އަލިފާން ރޯވި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ބިދޭސީން ދިރިއުޅޭ ތަނެއްގައި ގޭސް ފުޅިއެއް ގޮވައި ހާދިސާއެއް ހިނގިއިރު، ހަމަ މިފަދަ ހާދިސާއެއްގައި މިދިޔަ މާޗް މަހު އއ. ދިގުރަށުގައި ފަސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ.

އޭކުރިން ނޮވެމްބަރު، 2022، ގައި މާލޭގައި ހިނގި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ. 

ރަސްމީ ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ. ނުރަސްމީ ހިސާބުތަކުން އެ އަދަދު މާ ބޮޑަށް އިތުރު ވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން އުޅެނީ ދިރިއުޅެން އެކަށީގެންނުވާ ކުދި ތަންތަންކޮޅުގައި، ވަރަށް ގިނަ މީހުންނައެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox