ކުރެންދޫ ބަނދަރު ތަރައްގީ ކުރަން ކުޑަކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ޔާމީންގެ ފާޑުކިޔުން

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުޑަކުޑަ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން މިނިސްޓަރު މުއްތޮލިބު ފައްޓަވައި ދެއްވަނީ. -- ފޮޓޯ: އެމްޓީސީސީ

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުޑަކުޑަ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން މިނިސްޓަރު މުއްތޮލިބު ފައްޓަވައި ދެއްވަނީ. -- ފޮޓޯ: އެމްޓީސީސީ

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ޅ. ކުރެންދޫ އަށް ވަޑައިގެންނެވި ދަތުރުގައި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުޑަކުޑަށް އެކްސްކަވޭޓަރަކުން ފެށުމުން، އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި "ތިލައުތުރު އެވޯޑްސް" ހަފުލާގައި ޔާމީން ވިދާޅުވީ ރަށްރަށުގެ ބަނދަރުތައް އާންމު ގޮތެއްގައި ފުން ކުރާނީ 3.5 މީޓަރާއި 4 މީޓަރަށް ކަމަށެވެ. ނަމަވެސް ބޮޑު ރަސްމިއްޔާތެއް ބާއްވައި ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންކުރި އެކްސްކަވޭޓަރުން ފުންކުރެވޭނީ އެ މަނިކުފާނު ވިދާޅުވި ގޮތެއްގައި އެއް މީޓަރަށެވެ.

"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ. އެމްޓީސީސީއާ ހަވާލުކުރީމަ، އެމްޓީސީސީން މިކަން މިކުރަނީ ފަސް ޓަނުގެ އެކްސްކަވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެކްސްކަވޭޓަރެއްގެ ކެޕޭސިޓީއަކީ އެއް މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ ކީއްހޭ މި ކުރެވެނީ. ކިހިނެއްތޯ އެ ބަނދަރު ރައްޔިތުން އެދޭ މިންވަރަށް ފުންކުރެވޭނީ 5 ޓަނުގެ އެކްސްކަވޭޓަރަކުން."

މިފަދަ ކަންކަމަކީ އިހުމާލު ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.36 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު 416 ދުވަސްތެރޭގައި ނިންމަންޖެހެ އެވެ.

ތިލައުތުރު އެވޯޑްސް ޖަލްސާއަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިނުގެން ޅ. އަތޮޅުގައި އުޅުއްވާތީ އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ.

"މުއިއްޒު އަށް ދިއްދޫއަށް ވަޑައިނުގެންނެވުނީ މުއިއްޒު މާލޭގައި މަޝްއޫލުވެގެން ބޮޑެތި ކަންތަތަކެއް ނިންނަމަވާތީއެއް ނޫން. ފާދިއްޕޮޅުގައި އެބަ އުޅުއްވާ. ފާދިއްޕޮޅަށް ވުރެ ހއ. އެތައް ތަނެއް ބޮޑު. ނަމޫނާ އަތޮޅު ކައުންސިލެއް އޮތް ތަނަކަށް ހއ. ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިއްދޫއަށް ވަޑައިގަތުމަށް އެ މަނިކުފާނަށް ދައުވަތު ދެއްވީ، މުއިއްޒު ވެސް، ނައިބު ރައީސް ދައުވަތު ގަބޫލު ނުކުރެއްވުމުން ކަމަށާއި، ނަމަވެސް އެ ދައުވަތު ގަބޫލު ކުރެއްވުންވީ ކުށަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިރަށަށް އަންނަން ވެގެން އަޅުގަނޑު މިކުރި ހަނގުރާމަ، ކުޑަ ހަނގުރާމައެއް ނޫން އިނގޭތޯ. އިންޒާރުދީ އެތައް ކަމެއް. ކޮން ކަމެއްތޯ. ފުރަތަމަ މިތަނަށް ތިބޭފުޅުން ދައުވަތު ދެއްވީ މުއިއްޒުއަށް ނޫންތޯ. ވަޑައިނުގެންނެވީ ނޫންތޯ. އެއީ ތިބޭފުޅުންގެ ކުށެއްތޯ. އަޅުގަނޑު މިތަނަށް އައުން މި ވަނީ ކުށަކަށް. ތިބޭފުޅުންގެ އުފަލުގައި ބައިވެރިވުން ކުށަކަށް މިވަނީ. މިއީ ސިޔާސީ ގޮތުން މީހުން ކަންތައް ކުރަންވީ ގޮތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ދިއްދޫއަށް އިއްޔެ ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގެ އަޑުއެހުން އިއްޔެ 2:30 ތާވަލްކޮށްފައި ވަނިކޮށެވެ. ރައީސް ޔާމީންގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވީ ކްރިމިނަލް ކޯޓުން އެ އަޑުއެހުން ތާވަލުކުރީ، ޔާމީންގެ ދަތުރަށް ހުރަސް އެޅުއްވުމަށް ކަމަށެވެ.

ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ކެންސަލް ކުރީ ޔާމީން ޝަރީއަތަށް ހާޒިރު ނުވުމުން ކަމަށެވެ. އަދި އެ ކޯޓުގެ ޝަރީއަތެއް ތާވަލުކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދައަކާ ނުލައި ރަށުން ފުރައިގެން ދިޔުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ފަދަ ކަމެއް ކަމަށް މީޑިއާތަކަށް އެ ކޯޓުން ފޮނުވި މެސެޖުގައި ބުންޏެވެ.

"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެ،" ކޯޓުން މީޑިއާއަތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox