ރަސްމާލެ 99 އަހަރަށް ދެނީ "އެންމެ ދުވަހަކަށް" ވެސް އެރަށް ބޭރު ބަޔަކަށް ނުދޭން މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް

ރަސްމާލޭގެ އެންމެ ވެލި ފުކެއް ވެސް ބޭރުގެ ބަޔަކަށް ހިލޭ ނުވަތަ ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގެ އެންމެ ވެލި ފުކެއް ވެސް ބޭރުގެ ބަޔަކަށް ހިލޭ ނުވަތަ ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގެ 500 ހެކްޓަރުގެ ނުވަތަ އެރަށުގެ ދެބައިކުޅައެއްބައި ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމީ، އެ ރަށުން އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭން ވައުދުވެވަޑައިގެންފައި އޮއްވަ އެވެ. 

ރަސްމާލެ 99 އަހަރަށް ކުއްޔަށް ދެނީ ޔޫއޭއީގެ އީގަލް ހިލްސްއަށެވެ. އެއީ ބުރުޖު ހަލީފާގެ މަސައްކަތުގައި ޝާމިލުވި ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏެވެ. ރަސްމާލެ ޑިވެލޮޕް ކުރުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. 

އެކަމަކު، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި  ޖުލައި 26، 2024، ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއަކީ "އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭވެސް ލިބޭނެ ބިމެއް ނޫން" ކަމަށެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން، ރަސްމާލެ ދެން ހިއްކާނީ އެއްވެސް ބިމެއް ދޭން ނުޖެހޭ ގޮތަށް ކަމަށް ވެސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ. 

"ރަސްމާލޭގެ މަސައްކަތް ކުރިން ހިންގި ގޮތް އަޅުގަނޑުމެންނަށް ކަމުނުގޮސްގެން، އެ އެގްރިމެންޓް ބާތިލުކޮށް، މިހާރު އެއްވެސް ފަރާތަކަށް ބިމެއް، ކުރު މުއްދަތަކަށްވިޔަސް، ދިގު މުއްދަތަކަށްވިޔަސް ދޭން ނުޖެހޭ ގޮތަށް ހިންގަން ނިންމައި، އެ މަސައްކަތް އެވަނީ އަލުން ފެށިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔޫއޭއީގެ ކުންފުންޏަށް ރަސްމާލެ ދެނީ 99 އަހަރަށް ކަން އިއުލާނު ކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

"ރާއްޖޭގެ ވަރަށް ގިނަ އިންވެސްޓާސް، ވަރަށް ގިނަ ޕްރޮޖެކްޓްސްތައް މިހާރު ވެސް ހިންގާ ރިސޯޓްތައް ވެސް އެބަ ހިންގާ ބޮޑެތި ދުވިސައްތަ، ތިންސަތޭކަ މިލިއަން ޑޮލަރުގެ ރިޒޯޓް ޕްރޮޕަޓީސްތައް އެބަ ޑިވެލޮޕް ކުރޭ. އެ ޕްރޮޕަޓީސްތައް ވެސް މި ޑިވެލޮޕް ކުރެވެނީ ގާތްގަނޑަކަށް 99 އަހަރާ ހަމައަށް ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ލީސްކޮށްގެން،" ހޯމަ ދުވަހު ވިދާޅުވި އެވެ.

ރަސްމާލެ ޑިވެލޮޕް ކުރަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އަދި އެތަނުގައި މެރިނާއެއް ވެސް އަޅަ އެވެ. އެތަނުގައި އަޅާ ކޮޓަރިތައް ދިގު މުއްދަތަކަށް ގަތުމުގެ ފުރުސަތު ބޭރުގެ މީހުންނަށް މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox