އީގަލްސްގެ ކޯޗަކަށް ބެންޖޯ ހަމަޖައްސައިފި

Oct 12, 2025, 4:02 AM
އީގަލްސްގެ ކޯޗަކަށް ބެންޖޯ ހަމަޖައްސައިފި

ކްލަބް އީގަލްސްގެ ކޯޗުކަން އެ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ)އާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މީފެ މަހެއްހާ ދުވަސް ކުރިން ފެށިއިރު، އީގަލްސް އިން މި ފަހަރުގެ ސީޒަނަށް ޕްރީ ސީޒަންގެ ތައްޔާރީތައް ފެށީ މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު އެވެ. އެކަމަކު، މޯހަން، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމާ އެކު، އީގަލްސްގެ ހެޑް ކޯޗެއްގެ ޒިންމާނަގައި، އެ މަގާމާ ހަވާލުވީ، އެ ޓީމަށް ގިނަ ފަހަރުތަކެއް މަތިން މީގެ ކުރިން ވެސް ކޯޗުކޮށްދީފައިވާ އަހުމަދު ނިމާދު (ނިމާ) އެވެ.

ނިމާގެ އިރުޝާދުގެ ދަށުން ސީޒަނުގެ ފުރަތަމަ ތިން މެޗުގައި އީގަލްސް އިން ކުޅުނުއިރު، މިހާރު އޭނާ ވަނީ އެ މަގާމުން ވަކިވެފަ އެވެ. އީގަލްސްގެ އޮފިޝަލަކު ބުނީ، ދެ ފަރާތް ވާހަކަ ދެކެވުމަށް ފަހު، ނިމާއާ އެކު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމީ ކަމަށެވެ. އަދި، މިހާރު ބެންޖޯއާ ޓީމު ހަވާލުކޮށް، އޭނާގެ ބެލުމުގެ ދަށުން ޓީމުގެ ޓްރެއިނިން ކަންކަން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.

އީގަލްސްގެ ކޯޗުކަމާ ހަވާލުވި ބެންޖޯ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 19 އަހަރު ހޭދަކުރި ބެންޖޯ ފުޓްބޯޅަ އިން ރިޓަޔާކުރީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން، 2023 ވަނަ އަހަރު އެންމެ ފަހުން އީގަލްސް އަށް ކުޅުމަށް ފަހު އެވެ.

ތޭވީސް އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ބެންޖޯ، އަކީ އެކާވީސް ވަނަ ގަރުނަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ އަހަރު ކުޅުނު އެއް ކުޅުންތެރިޔާ އެވެ.

އެ ގޮތުން، 2004 ވަނަ އަަހަރު، ބެންޖޯގެ ފުޓްބޯޅަ ކެރިއަރު ފެށީ، ފުރަތަމަ ޑިވިޝަނުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ފެނިގެންދިޔަ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އިންނެވެ. ޖެހިގެން، އައި އަހަރު އޭނާ ފެނުނީ، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިންނެވެ. އަނެއްކާ ވެސް ހުރާ އަށް ބަދަލުވެ، 2005 ވަނަ އަހަރު އެ ޓީމަށް ކުޅުނު ބެންޖޯ، ދެން ބަދަލުވީ ވެސް އައިއެފްސީ އަށެވެ. އޭގެ ފަހުން، އައިއެފްސީ ރީބްރޭންޑްކޮށް، ވީބީ ސްޕޯޓްސް ކްލަބްގެ ނަމުގައި ކުޅުނުއިރު، އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ބެންޖޯ ވަނީ، ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވެސް ކުޅެފަ އެވެ.

ކެރިއަރުގައި ތިން ފަހަރެއްގެ މަތިން އީގަލްސްއާ ގުޅުނު ބެންޖޯ އެންމެ ފުރަތަމަ ފަހަރަށް އީގަލްސް ޖޯޒީގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު، އީގަލްސް އަށް ކުޅުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި، (2013 ވަނަ އަހަރު)، ބެންޖޯ ފެނުނީ ކުރިން ވެސް ކުޅުނު ވީބީންނެވެ.

ފުޓްސަލް ކޯޗިންގައި ވެސް ފާހަގަކުރެވޭ މަސައްކަތެއް ކުރަމުން އަންނަ ބެންޖޯ، މިހާރު އޮތް ގޮތުން އީގަލްސްއާ އެކު ނުކުންނާނެ ފުރަތަމަ މެޗަކީ، މި މަހު 20 ވަނަ ދުވަހު އޮޑި ސްޕޯޓްސް ކްލަބާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox