ގަދަ ހަތަރަކަށް އީގަލްސް އަށް ވާދަކުރެވޭނެ: ބެންޖޯ

Sep 12, 2026, 9:11 AM
އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ)، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ)، ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ކްލަބް އީގަލްސް އަށް މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ. 

އީގަލްސް އިން މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ބިސް ބުރު ސްޕޯޓްސް ކްލަބާ އެވެ. ބިސް ބުރަކީ މިދިޔަ ސީޒަނުގައި މާލެ ރީޖަންގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަން ޓީމެވެ. 

ލީގުގެ ފުރަތަމަ މެޗުތައް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީގަލްސްގެ ކޯޗު ބެންޖޯ ބުނީ ވަރަށް ގިނަ ދުވަހުގެ ބްރޭކަކަށް ފަހު އަނެއްކާ ވެސް އަލުން ލީގު މި ފަށާއިރު، އީގަލްސް ކުޅެން މި އޮތީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާ ކަމަށާއި ތައްޔާރީތަކާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ. 

އީގަލްސް އަކީ މީގެ ކުރިން ދިވެހި ޕްރިމިއާ ލީގަށް ވެސް ވާދަކޮށް، މުބާރާތްތަކުގެ ފައިނަލުގައި ވެސް ކުޅެފައިވާ ޓީމެކެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އެ ޓީމަށް ގަދަ ހަތަރަކުން ވެސް ޖާގަ ނުލިބިދިޔައިރު، މި ސީޒަނާ ކުރިމަތިލާއިރު ކަންކަން ރަނގަޅުކުރަން އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ބެންޖޯ ބުނީ، މިދިޔަ އަހަރުތަކުގަައި އީގަލްސް އިން ލީގުގެ ކުރިގެ މަގާމުތަކަށް ވާދަކުރިއިރު، ރާއްޖޭގެ ވާދަވެރި ގިނަ ޓީމުތައް އޮތީ މާލީ ގޮތުން ދަށް ހާލަތެއްގައި ކަމަށެވެ. 

"ފައިސާގެ ގޮތުން ވެސް ވަރަށް ގިނަ ޓީމުތައް އަޑީގައި އޮތް ދުވަސްވަރެއް، އެ ދުވަސްވަރުގައި އީގަލްސްގައި ވެސް ފެނުނީ ތަންކޮޅެއް ރަނގަޅުކޮށް، އެ ގޮތަށް ބަލާއިރު، ދެން، މިހާރު ތަންކޮޅެއް ކޮމްޕެޓިޝަން ހައި ކަންނޭނގެ ކްލަބްތަކުގެ މެދުގައި. އެހެންވީމަ، މިހާރު ޕްލޭޔަރުން ހޯދަން އުނދަގޫވެ، ބައެއް ކްލަބްތަކަށް ފައިސާގެ ގޮތުން، ތަންކޮޅެއް ދަށް ޓީމުތަކަށް، ހަމަ އުނދަގޫ ޕްލޭޔަރުން ހޯދަން، އެ މައްސަަލަ މި ދިމާވީ އީގަލްސް އަށް،" މިދިޔަ ސީޒަނުގައި އީގަލްސްގެ ކޯޗުކަމާ ހަވާލުވި ބެންޖޯ ބުންޏެވެ. 

"ދެން، މީގަ އޮންނަ ގޮތަކީ، ފުޓްބޯޅައިގައި އޮންނަ ގޮތަކީ، އެ ލިބެން ތިބި ޕްލޭޔަރުންނާ އެއްކޮށް، އެ ކުޅުންތެރިންނަށް ކޮންފިޑެންސާއި އިތުބާރު ދީގެން ކުރިއަށް ދިއުން، ކޮންމެ ގޮތެއް ވިޔަސް މާ ބޮޑު އުޒުރުތަކެއް ނަގައިގެން އެ އަށް ބޭސް ކޮށްގެން މި ކަމެއް ނުވާނެ، މީގެ އޮންނަ ގޮތަކީ، މިހާރު ދެން އީގަލްސް އަށް އެންމެ ރަނގަޅު ގޮތަކީ، ތިބި ޕްލޭޔަރުންނަށް އިތުބާރުކޮށް، އެ މީހުންނަށް ޔަގީންކޮށްގެން އީގަލްސް ރަނގަޅު ގޮތުގައި ނުކުންނަން،" 

ބެންޖޯ ބުނީ، އީގަލްސް ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ގިނައިން ނެތުމަކީ ވެސް މައްސަލަ އަކަށް ނުވެދާނެ ކަމަށާއި ޓީމުގައި ތިބި ކުޅުންތެރިންނަށް  އެކަން މޯޓިވޭޝަނަަކަށް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި، އީގަލްސް އިން ޓާގެޓެއް ކަނޑައަޅައިގެން މަަސައްކަތްކުރާއިރު، ގަދަ ހަތަރެއް ހާސިލްކުރެވޭނެ ކަމަށް ބެންޖޯ ގަބޫލުކުރެ އެވެ. 

"އަޅުގަނޑު ކޯޗަކަށް ހުރެ ނުބުނާނަން ނުވާނެއެކޭ (ގަދަ ހަތަރެއް ހިސާބުގައި ވާދަނުކުރެވޭނެ އެކޭ). މީގެ އިންނާނީ މަސައްކަތް، ޕްލޭޔަރުންގެ ގޮތުގައި، ތަފާތު މޮޅެތި ކުޅުންތެރިން ގިނަ ކްލަބްތައް އެބައޮތް. އެހެން ނަމަވެސް، އީގަލްސްގެ ވެސް އެބަތި ރަނގަޅު ޕްލޭޔަރުން، އަޅުގަނޑު ހަމަ، ވަރަށް އިތުބާރު ކުރަން، އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވިދާނެކަން. ހަމަ ގަދަ ހަތަރަކަށް ވާދަކޮށްލެވޭނެ އީގަލްސް ވެސް،" ބެންޖޯ ބުންޏެވެ. 

އީގަލްސް އިން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ޓީމު ކުރިއެރުވޭތޯ މަސައްކަތް ކުރާނެ ކަމަށާއި ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރުމަކީ ގޯސް ކަމެއް ނޫން ކަން ގައުމީ ޓީމުން ވެސް ފެންނަ ކަމަށެވެ. 

މިއަދުގެ މެޗަކީ އީގަލްސް އިން މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗެވެ. އެކަމަކު، މިދިޔަ ސީޒަނުގެ ގަދަ ހަތަރު ޓީމުން ވަނީ ކަޕް ވިނާސް ކަޕްގައި ކުޅެފަ އެވެ. އެހެންވެ، މެޗު ފިޓްނަސްއާ ކަންކަމަށް ބަލާއިރު، ކަޕް ވިނާސް ކަޕް ކުޅުނު ޓީމުތަކުގެ ކަންކަން އެހެން ޓީމުތަކަށް ވުރެން ރަނގަޅުވާނެ ކަމަށް ބެންޖޯ ވަނީ ބުނެފަ އެވެ. 

"ދެން އޮތް ޓީމުތަކަށް ފުރަތަމަ ފަށަައިގެން އެ ލެވަލަށް ނުދެވި ވެސް ދާނެ. ދެން އެއީކީ ވެސް އުޒުރެއް ނޫން، އެއީ އެ މީހުން ގަދަ ހަތަރަކަށް ވަނީމަ އެ ފުުރުސަތު ލިބުނީ، އީގަލްސް ވެސް ގަދަ ހަތަރަކަށް ވަންނަމަ އީގަލްސް ވެސް ކުޅޭނެ، ދެން މިހާރު އޮތް ގޮތަކީ މެޗުން މެޗަށް ކުރިއެރުން ހޯދައިގެން ބޭނުންވާ ހިސާބަށް ދާން މަސައްކަތްކުރުން،" ބެންޖޯ ބުންޏެވެ. 

ބިސް ބުރު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު، 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox