ޗެމްޕިއަންސް ލީގު: ޑި ބްރޭނާ އާއި އާނޯލްޑް ކުރީގެ ކްލަބާ ދެކޮޅަށް ކުޅެނީ

Aug 29, 2025, 2:37 AM
ޗެމްޕިއަންސް ލީގު: ޑި ބްރޭނާ އާއި އާނޯލްޑް ކުރީގެ ކްލަބާ ދެކޮޅަށް ކުޅެނީ

ނިޔޯން، ސްވިޒަލެންޑް (އޮގަސްޓް 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި، މި ފަހަރުގެ ޓްރާންސްފާގައި ނަޕޯލީ އަށް ބަދަލުވި ކެވިން ޑި ބްރޭނާ އާއި ރެއާލް މެޑްރިޑާ ގުޅުނު ޓްރެންޓް އަލެކްސަންޑާ އާނޯލްޑް، ކުރީގެ ކްލަބާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

އެ ގޮތުން، ސިޓީ އަށް 10 އަހަރު ކުޅެދީފައި، އިޓަލީގެ ޗެމްޕިއަން، ނަޕޯލީ އަށް ބަދަލުވި ޑި ބްރޭނާ، ކުރީގެ ކްލަބް ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އެ ޓީމުގެ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގަ އެވެ. ލިވަޕޫލްގެ އެކަޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ނުވަ އަހަރު ފުރަތަމަ ޓީމަށް ކުޅުނު އާނޯލްޑް، ރެއާލް ޖޯޒީގައި ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅެން ޖެހޭނެ އެވެ.

އެހެންކަމުން، މި މެޗުތައް ވަނީ މި ކުޅުންތެރިންގެ ކެރިއަރުގައި ވެސް ހާއްސަ މެޗަކަށެވެ. ކްލަބް ލެވަލްގައި ހޯދޭނެ ބޮޑެތި ހުރިހާ ކާމިޔާބެއް ޑި ބްރޭނާ އާއި އާނޯލްޑް ވަނީ ސިޓީ އަދި ލިވަޕޫލްގައި ހުރެ ހޯދައިފަ އެވެ.

ތިރީސް ހަ ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި، އިނގިރޭސި ހަ ޓީމެއް ވާދަކުރެ އެވެ. އެއީ، ލިވަޕޫލާއި ސިޓީގެ އިތުރުން، ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް، ޗެލްސީ އަދި އާސެނަލް އެވެ. މީގެ ތެރެއިން، ޓޮޓެންހަމް އާއި ނިއުކާސަލުން ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. މީގެ ތެރެއިން، ޓޮޓެންހަމް ވަނީ، މި ފަހަރުގެ ޔުއެފާ ސުޕަ ކަޕްގައި ހިތްދަތި ގޮތަކަށް ޕީއެސްޖީ އަތުން ބަލިވެފަ އެެވެ.

މީގެ އިތުރުން، ޕީއެސްޖީން ބާސެލޯނާއާ ކުޅެން ޖެހޭއިރު، ޗެލްސީން ބާސެލޯނާއާ ވެސް ބައްދަލުކުރަން ޖެހޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރު ފަށާނީ އަންނަ މަހުގެ 16 ގަ އެވެ. އެ ބުރު ނިމޭނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މެޗުތަކުގެ ޝެޑިއުލް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ޔުއެފާ އިން އާންމުކުރާނެ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަަލް ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox