ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

Sep 23, 2026, 10:41 PM
އޮސްޓްރިއާގެ މެޗެއްގެ ތެރެއިން އަލަބާ.

އޮސްޓްރިއާގެ މެޗެއްގެ ތެރެއިން އަލަބާ.

އުޑިން، އިޓަލީ (ސެޕްޓެމްބަރު 24) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ފުޓްބޯލް ލީގު (ޕްރޯ ލީގު) އާއި އެމެރިކާގެ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބްތަކުން ލިބިފައިވާ އޮފާތައް ދޫކޮށް، އޮސްޓްރިއާގެ ކެޕްޓަން، ޑޭވިޑް އަލަބާ އިޓާލިއަން ލީގުގެ އުދިނޭޒީ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ. 

ބަޔާން މިއުނިކަށް ކުރިން ކުޅުނު އުމުރުން 34 އަހަރުގެ އަލަބާ އެންމެ ފަހުން ހުރީ ރެއާލް މެޑްރިޑްގަ އެވެ. އެކަމަކު، ޖޫން 30 ވަނަ ދުވަހު ރެއާލާ އެކު އަލަބާ ހަދާފައި އޮތް އެންމެ ފަހުގެ އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އާ ކޮންޓްރެކްޓެއް ނުދީ ރެއާލުން އަލަބާ ދޫކޮށްލަން ނިންމީ، އަނިޔާގެ ސަބަބުން މިދިޔަ ސީޒަންތަކުގައި އޭނާ އަށް ގިނަ މެޗުތަކެއް ގެއްލިފައިވާތީ އެވެ. އޭގެ ތެރޭގައި، 2023 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއަކާ ހެދި، 399 ދުވަސް ވަންދެން އަލަބާ ކުޅުމާ ދުރަށް ދާން ޖެހުނެވެ. 

ރެއާލަށް ފަސް އަހަރު ކުޅެދިން އަލަބާ، އެ ކްލަބާ އެކު ހަދާފައި އޮތް އެއްބަސްވުން ހަމަވުމާ އެކު، އިތުރު އެއްބަސްވުމެއް ނުލިބޭތީވެ، އެހެން ޓީމުތަކާ މަޝްވަރާ ކުރި އެވެ. އޭގެ ތެރޭގައި، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއި އަލް ގަދްސިއާ އަދި އަލް ނަސްރު ވެސް ހިމެނެ އެވެ. އަދި، އޭނާގެ ސޮއި ހޯދަން އެމްއެލްއެސްގެ އެލްއޭ ގެލެކްސީ އާއި މޮންޓްރެއާލް އަދި އިންޓަ މިއާމީން ވެސް މަސައްކަތް ކުރި އެވެ. 

Advertisement

އެކަމަކު، ހުރިހާ އޮފާއެއް ދޫކޮށް އަލަބާ ނިންމީ، މި ވަގުތު އިޓާލިއަން ލީގުގެ 13 ވަނައިގައި އޮތް އުދިނޭޒީއާ ގުޅުމަށެވެ. ރިޕޯޓްތައް ބުނާގޮތުން، އަލަބާ ވަނީ އެ ޓީމުގެ މެޑިކަލް ޓެސްޓްތަކުގައި ވެސް ބައިވެރިވެފަ އެވެ. 

އުދިނޭޒީއާ އެކު، އަލަބާ ސޮއިކުރަނީ އެއް ސީޒަނުގެ ކޮންޓްރެކްޓެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، މި ސީޒަނުގައި ވަކި ކަންތައްތަކެއް ހާސިލްކޮށްފިނަމަ، އަލަބާ އަށް އިތުރު އެއް އަހަރުގެ އެއްބަސްވުމެއް ދިނުމުގެ ވިސްނުން، އުދިނޭޒީން ގެންގުޅެ އެވެ. 

ސީނިއާ ކެރިއަރު އޮސްޓްރިއާ ވިއެން އިން ފެށި އަލަބާ ވަނީ 2009 ވަނަ އަހަރު ބަޔާންގެ ދެ ވަނަ ޓީމާ ގުޅިފަ އެވެ. ބަޔާންގެ ސީނިއާ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި އަލަބާ ވަނީ 2021 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެފަ އެވެ. އަދި، މިދިޔަ ފަސް އަަހަރު ރެއާލްގައި ހޭދަކުރި އަލަބާ ވަނީ މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު އޮސްޓްރިއާ ސްކޮޑުގައި ހިމެނިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox