ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި ކަމަށް ޓެބާސް ވިދާޅުވެއްޖެ

Sep 23, 2026, 8:55 AM
ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް: އޭނާ ވަނީ ރެއާލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި.

ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް: އޭނާ ވަނީ ރެއާލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި.

މެޑްރިޑް (ސެޕްޓެމްބަރު 23) - ސްޕެނިޝް ލީގުގައި އިންސާފުކުރާ ރެފްރީން ބަދުނާމު ކުރުމުގައި ރެއާލް މެޑްރިޑަކީ އަބަދުވެސް އަމިއްލަ ދުނިޔެއެއްގައި ހިޔާލުފާޅުކުރަމުން އަންނަ ކްލަބެއް ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ. 

ރެއާލުން މި ފަހުން ރެފްރީންނާ ބެހޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބަލިވި މެޗަށް ފަހު އެވެ.

އެތުލެޓިކޯ މެޗުގައި ރެއާލްގެ ޑީން ހައުސަން އަށް ރަތެއް ދެއްކިއިރު، އެ މެޗުގެ ފުރަތަމަ ހާފުގައި، އެތުލެޓިކޯގެ ކުޓީ ރޮމޭރޯ، ރެއާލްގެ ޖޫޑް ބެލިންހަމް އަަށް ކުރި ފައުލަކާއި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ އަތުން ބޯޅަ ހޯދަން އެތުލެޓިކޯގެ ލީ ކަންގް އިން ކުރި ޓެކަލް އަށް ރަތެއް ދައްކަން ޖެހޭ ކަމަށް ރެއާލުން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ، އޯޓީޒް އަރިއާސް ވަނީ ރަތެއް ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައިފަ އެވެ.

ރަތް ކާޑު ދައްކަން ޖެހޭކަން ސާބިތުކޮށްދޭން މޮރީނިއޯ އައީ ފައުލުތަކުގެ ފޮޓޯއެއް ޕްރިންޓް ކޮށްގެން

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އައިއިރު، ރެއާލްގެ ކޯޗު، ހޯސޭ މޮރީނިއޯ އަތުގައި އެ ދެ ފައުލުގެ ފޮޓޯ އޭ4 ގަނޑަަަކަށް ޕްރިންޓްކޮށްފައި އޮތެވެ. އަދި، އެ ގަނޑު ދައްކާލުމަށް ފަހު، ރެފްރީ އަށް ފާޑުކިޔަމުން މޮރީނިއޯ ވަނީ މިއީ ދެ ރަތް ކާޑު ކަމަށް ބުނެފަ އެވެ.  އެ މެޗުގެ ކަންތައްތައް ދިޔަ ގޮތާ ގުޅިގެން ރެއާލުން ވެސް ރެފްރީ އޯޓީޒް އަށް ފާޑުކިޔައި ބަޔާނެއް ނެރުނެވެ. 

މި ކަންކަމާ ގުޅިގެން މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ޓެބާސް ވިދާޅުވީ، ރެއާލަކީ އަބަދުވެސް ރެފްރީންނާ ދެކޮޅަށް އެކި ކަހަލަ ކަންކަން ކުރަމުން އަންނަ ޓީމެއް ކަމަށެވެ. 

"އަނެއްކާ ވެސް އެ މީހުން (ރެއާލުން) މި ފެށީ. އަމިއްލަ ހިޔާލެއްގައި އަމިއްލަ ވާހަކަ ދައްކައި، ޓީވީތަކުގައި ވެސް އެކަން ގެނެސްގެން އުޅޭނީ، އަބަދުވެސް އުޅޭ އަމިއްލަ ދުނިޔޭގައި އެ އުޅެނީ. އަބަދަށް އޮންނަ ދެކޮޅު ވިސްނުން އެ ދަމަހައްޓަނީ،" ހިތްހަަަމަ ނުޖެހިފައި ހުރެ ޓެބާސް ވިދާޅުވި އެވެ. 

ގަސްދުގައި ރެފްރީންގެ އަގުވައްޓާލަން އުޅެގެން ރެއާލަށް ވާނެ ފައިދާއެއް ނެތް ކަމަށާއި، މީޑިއާގައި ވިޔަފާރިއެއް ހިންގަން ރެފްރީންނާ ދެކޮޅު ކަންކަން ކުރުމަކީ އޭގެ ސަބަބުން ރެއާލް ވެސް ވާދަކުރާ ލަލީގާ އަށް ލިބޭ ގެއްލުމެއް ކަމަށް ޓެބާސް ވިދާޅުވި އެވެ. 

ރެއާލަކީ ލަލީގާ އަށް ވަރަށް މުހިންމު ކްލަބެއް ކަމަށާއި ރެއާލް ނެތި ލަލީގާ އަކީ އެއްވެސް ލީގެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެ ކްލަބުން ވާހަކަ ދައްކައި ޝުއޫރުފާޅުކުރުމުން އޭގެއިން އަގުވެއްޓެނީ އެ ކްލަބްގެ ކަމަށާއި ލަލީގާ އަކީ އެއްވެސް ޓީމަކަށް ބަރޯސާވެފައި އޮތް ލީގެއް ނޫން ކަމަށް ޓެބާސް ވަނީ ވިދާޅުވެފަ އެވެ. 

އިންޓަނޭޝަނަލް ބްރޭކަށް ތިން ހަފްތާ އަށް ލީގުތަކުގެ ކުޅުން މެދުކެނޑިފައިވާއިރު، ރެއާލް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަ ޕޮއިންޓު ފަހަތުގަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox