އެސްޑީއެފްސީ އަގުމަގު ކުރިއިރު އަގަކީ އެއް ބިލިއަން ރުފިޔާ، ސަރުކާރަށް 850 މިލިއަން ރުފިޔާ ލިބޭނެ

Jul 29, 2025, 10:14 AM
އެސްޑީއެފްސީ އަގުމަގު ކުރިއިރު އަގަކީ އެއް ބިލިއަން ރުފިޔާ، ސަރުކާރަށް 850 މިލިއަން ރުފިޔާ ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގަތުމަށްޓަކައި އެ ކުންފުނި އަގުމަގު ކުރިއިރު، އަގަކީ އެއް ބިލިއަން ރުފިޔާ ކަން އެނގިއްޖެ އެވެ.

ބީއެމްއެލް އިން ކުރިން ބުނެފައި ވަނީ ގަންނަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ އެކަނި އެވެ. އެސްޑީއެފްސީގެ 85 ޕަސެންޓު ހިއްސާ އޮންނަނީ ސަރުކާރުގަ އެވެ. އެހެންކަމުން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ނިމުމުން، ސަރުކާރަށް 850 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ސަރުކާރުގެ އިތުރުން އެސްޑީއެފްސީގެ ހިއްސާދާރުންނަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލެވެ. ކޮންމެ ސިޓީ ކައުންސިލެއްގައި އެސްޑީއެފްސީގެ ފަސް ޕަސެންޓު ހިއްސާ އޮވެ އެވެ.

އެކަމަކު، ކައުންސިލްތަކުގައި އޮންނަ އެސްޑީއެފްސީގެ ހިއްސާއެއް ބީއެމްއެލް އިން ނުގަނެ އެވެ. އެފަދަ އެއްވެސް ޕްރޮޕޯސަލެއް ކައުންސިލްތަކަށް ލިބިފައިނުވާކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ.

ބޭންކުން އެސްޑީއެފްސީ ގަތް ކަމަށް ބުނެ ޖުލައި 20، ގައި ބީއެމްއެލް އިން ބަޔާނެއް ނެރުނެވެ. އެކަމަކު، ފަހުން ބޭންކުން ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ނުނިމޭ ކަމަށެވެ. އެ މުއާމަލާތް ނުނިމޭ ކަމަށް ބޭންކުން ބުނީ، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ކުރިއަށްގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނުމުންނެވެ.

ބީއެމްއެލް އިން އެސްޑީއެފްސީ ގަންނަން ނިންމުމުން އެކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ފާޑުވިދާޅުވެފަ އެވެ. ފައްޔާޒް ވިދާޅުވީ އެސްޑީއެފްސީ އުފެއްދުމުގެ މަގްސަދަކީ އެތަނަށް ގެއްލުންވި ނަމަވެސް ވިޔަފާރިތަކެއް އުފެއްދުން ކަމަށެވެ. އާންމުންގެ ވެސް ހިއްސާ އޮންނަ ބީއެމްއެލް އިން އެތަން ގަތުމުން އެ މަގުސަދު ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ލުއިކޮށް ކުރަމުން އައި ކަމެއް އެއީ. ބީއެމްއެލްއަށް ގާނޫނީ ގޮތުން ވެސް އެކަން ލުއިކޮށް ކުރެވޭނެ ގޮތެއް ނޯންނާނެ. ހަމަ ޑިފޯލްޓްވާއިރަށް ޖެހޭނީ ކޯޓަށް ދާން އެމީހުންނަށް. އެހެންވެގެން އަޅުގަނޑުމެން ބީއެމްއެލް އޮއްވައި ވަކި އެއްޗެއް ހަދަން ޖެހުނީ. ސީދާ ދައުލަތުގެ އެއްޗެއް ގޮތުގައި،" ފައްޔާޒް ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ދަށަށް އެސްޑީއެފްސީ ގެނައުމަށްފަހު އެތަން ދެން ބަދަލު ކުރާނީ ޝަރީއާ ކޮމްޕްލަޔަންޓް ވިޔަފާރިއަކަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެސްޑީއެފްސީ އޮޕަރޭޓު ކުރާނީ ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެސްޑީއެފްސީ ގަތުމަށް ފަހު، ފުރަތަމަ އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500 މިލިއަން ރުފިޔާ އަދި ކުރިއަށް ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާ ދޫކުރަން ބީއެމްއެލްއިން ހުށަހެޅި ކަމަށް ސަރުކާރުން ބުންޏެވެ. އަދި އަލަށް ފަށާ ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox