ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ޓީބިލުތައް ގަނެ ލޯނު ދޫކުރަނީ އެ ފަންޑުގެ މަގުސަދާ ހިލާފަށް: އޮޑިޓު

އެސްޑީއެފް ފަންޑު ބަލަހައްޓާ ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: އެސްޑީއެފްއިން އިންވެސްޓުކުރާނެ މިންގަނޑުތަކެއް ކަނޑައަޅަން އޮޑިޓަރުން ލަފާދީފައިވޭ -- ފޮޓޯ: އަތޫފް އާތިފް/އަދަދު

އެސްޑީއެފް ފަންޑު ބަލަހައްޓާ ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބޯޑު: އެސްޑީއެފްއިން އިންވެސްޓުކުރާނެ މިންގަނޑުތަކެއް ކަނޑައަޅަން އޮޑިޓަރުން ލަފާދީފައިވޭ -- ފޮޓޯ: އަތޫފް އާތިފް/އަދަދު

ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދަަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކޮށް ސަރުކާރު ކުންފުނިތަކަށް ލޯނު ދޫކުރީ އެ ފަންޑުން ފައިސާ އިންވެސްޓުކުރުމުގެ މަގުސަދުތަކާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ "ރިވިއު އޮފް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު 2017 ޓު 2023" އޮޑިޓުގައި ވާ ގޮތުގައި، 2023 ނިމުނުއިރު އެސްޑީއެފްގެ ޖުމްލަ ސައިޒު 7.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ފަންޑުގެ 65 ޕަސެންޓު ހުރީ ދިވެހި ރުފިޔާއިންނެވެ. ޑޮލަރުން ހުރީ 35 ޕަސެންޓެވެ.

އެސްޑީއެފްގެ ޖުމްލަ ސައިޒު އަހަރުންއަހަރަށް އިތުރުވަމުން އައި ނަމަވެސް، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފަންޑަށް ފައިސާ ޖަމާކުރަން ފެށީއްސުރެން އިންވެސްޓުކުރުމުގެ ނަމުގައި އެ ފައިސާ އެކި ކަންކަމަށް އައި ބޭނުންކުރަމުންނެވެ. އޮޑިޓުގައި ބެލި މުއްދަތު ނިމުނުއިރު، ފަންޑުގައި ހުރި ފައިސާގެ 88 ޕަސެންޓު ހުރީ އިންވެސްޓުކޮށްފަ އެވެ.

އެސްޑީއެފްގައި ހުރި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރީ ދައުލަތުގެ ޓީބިލުތަކަށް އިންވެސްޓުކުރުމަށެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ލޯނު ދިނުމަށާއި އިންޓްރެސްޓް އާމްދަނީ ލިބޭ ގޮތަށް ހުންނަ މާލީ އިދާރާތަކުގެ ފިކްސްޑް ޑިޕޮސިޓުތަކުގައި ވެސް ފައިސާ އިންވެސްޓުކޮށްފައި ވެ އެވެ.

އެސްޑީއެފްގައި ހުރި ފައިސާ އިންވެސްޓު ކުރި ގޮތަށް ބަލާއިރު، 2019 ގެ ނިޔަލަށް އިންވެސްޓުމަންޓުގެ ގޮތުގައި އެ ފަންޑުން ފައިސާ ބޭރުކުރީ ނިސްބަތުން ވަރަށް މަދުންނެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަން ލައިގަތް 2020 އިން ފެށިގެން ހުރިހާ އަހަރެއްގައި ފަންޑަށް ޖަމާވީ ފައިސާގެ ބޮޑު ބަޔެއް ހުރީ އިންވެސްޓުކޮށްފައި ނޫނީ ލޯނުގެ ގޮތުގައި ބޭރުކޮށްލާފަ އެވެ.

ދަަރަނި ދައްކަން އުފެއްދިި ފަންޑުގައި ހުރި ފައިސާގެ ބޮޑު ބަޔެއް ޓީބިލުތަކަށް އިންވެސްޓުކޮށްފައި ހުރި އިރު، މި އަހަރާއި އަންނަ އަހަރު ދަަރަނި ދައްކަން ވާ އިރަށް، މި ފައިސާ ފަންޑަށް އަނބުރާ ޖަމާކުރެވިދާނެ ކަމާ މެދު އޮޑިޓަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެސްޑީއެފްއިން އެންމެ ފުރަތަމަ ލޯނެއް ދޫކުރީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނަށެވެ. އެއީ ފަންޑު އުފެއްދި އަހަރު ނޫން ޖެހިގެން އައި އަހަރު، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި 94 މިލިއަން ރުފިޔާގެ ލޯނެކެވެ. ޖެހިގެން އައި އަހަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ވެސް އެޗްޑީސީއަށް 112 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފަ އެވެ.

އެޗްޑީސީއަށް ދޫކުރި ލޯނުތަކުގެ ތެރެއިން ފުރަތަމަ ލޯނަކީ، އޭޕްރީލް، 2019 ގެ ނިޔަލަށް އަދާކުރަން ޖެހޭ ލޯނެކެވެ. ދެވަނަ ލޯނަކީ ޑިސެމްބަރު، 2021 ގެ ނިޔަލަށް އަދާކުރަން ޖެހޭ ލޯނެކެވެ. އެކަމަކު އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި އެޗްޑީސީން އެއްވެސް ފައިސާއެއް އަނބުރާ ދައްކާފައި ނުވާ ކަމަށް އޮޑިޓަރުން ފާހަގަކޮށްފައި ވެ އެވެ.

ލޯނު އެއްބަސްވުމާ އެއްގޮތަށް އެޗްޑީސީން ފައިސާ ނުދެއްކުމުން ސަރުކާރުން ވަނީ ޑިފަރަލް އެއްބަސްވުމެއްގައި ސޮއިކޮށް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭ ތާރީހުތައް ވަނީ ވަރަށް ބޮޑަށް ދައްމާލާފަ އެވެ. ފަހުން އެއްބަސްވީ، އެޗްޑީސީން ނެގި ލޯނުތަކަށް އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ވަނީ 2022 އިން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް 13 އަހަރުގެ މުއްދަތެއް ދިނުމަށާއި ޕްރިންސިޕަލް އަދަދު 2030 ގެ ތެރޭގައި ދެއްކުމަށެވެ.

އެޗްޑީސީއަކީ ދައުލަތުން ދޫކޮށްފައިވާ ލޯނުތަކަށް ގަވާއިދުން ފައިސާ ނުދެއްކުމުގެ ތާރީހެއް އޮތް ބަޔެއްކަން ފާހަގަކުރަމުން އޮޑިޓަރުން ބުނީ، ބޮޑެތި ދަރަނިތަކެއް ބޯމަތިވެފައި ހުރި މުއްދަތުގެ ތެރޭގައި އަނބުރާ ފައިސާ ނުލިބޭ ގޮތަށް އެއްބަސްވުމެއް ހެދުން، ދެމެހެއްޓެނިވި ގޮތެއްގައި އެސްޑީއެފްއިން އިންވެސްޓުކުރުމުގެ މަގުސަދާ ހިލާފު ކަމަށެވެ. އެޗްޑީސީން 267 މިލިއަން ރުފިޔާ ފަންޑަށް ލިބެން ޖެހެ އެވެ.

އެޗްޑީސީގެ އިތުރުން އެމްއޭސީއެލްއަށާއި ކޮވިޑު ރިލީފު ފަންޑަށް ވެސް އެސްޑީއެފްއިން ލޯނު ދޫކޮށްފައި ވެ އެވެ. މި ދެ ލޯނަކީ ވެސް އެމެރިކާ ޑޮލަރުން ދޫކުރި ލޯނުތަކެކެވެ. އެމްއޭސީއެލްއަށް ދޫކުރި 16 މިލިއަން ޑޮލަރުގެ ލޯނު އެ ކުންފުނިން އަނބުރާ ދައްކާފައިވާއިރު، ކޮވިޑު ރިލީފު ފަންޑަށް ދޫކުރި 10 މިލިއަން ޑޮލަރުގެ ލޯނުން ބާކީ ނުލިބިވަނީ 15 މިލިއަން ރުފިޔާ (މިލިއަނެއްހާ ޑޮލަރު) އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ މިހާރަށް ވުރެ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ފަންޑުން ފައިސާ އިންވެސްޓުކުރެވޭނެ ގޮތަށް ބަދަލުތައް ގެންނަން ލަފާދީފަ އެވެ. އަދި ފަންޑުގައި ހުރި ފައިސާއަކީ ދަރަނި ދައްކަން ޖެހޭ މުއްދަތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ ކަމުގައި ހެދުން މުހިންމު ކަމަށް ވެސް އޮޑިޓަރުން ފަހާގަކޮށްފައި ވެ އެވެ.

އޭގެ އިތުރުން ފަންޑުން އިންވެސްޓުކުރާއިރު ފަންޑުގެ މައިގަނޑު މަގުސަދު ކަމުގައިވާ ދަރަނި އަނބުރާ ދެއްކުމުގެ މަގުސަދާ ފުށޫނާރާނެ ގޮތަކަށް އެ ފައިސާ އިންވެސްޓުކުރަމަށާއި ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ފަންޑުގެ އުސޫލުތައް ބައްޓަން ކުރުމަށް ވެސް ލަފާދީފައި ވެ އެވެ.

އެސްޑީއެފްގައި ހުރި ފައިސާއިން ދައުލަތުގެ ސެކިއުރިޓީތަކުގައި އިންވެސްޓުކުރުމަކީ އެ ފަންޑުގެ މަގުސަދާ ހިލާފު ކަމެއްކަމަށް އޮޑިޓު އޮފީހުން ބުނިއިރު، މި ސަރުކާރުން ވެސް އަންނަނީ މި ގޮތަށް އެ ފައިސާ ބޭނުންކުރަމުންނެވެ. އަދި ފަންޑުގައި ނަގުދު ފައިސާއިން ހުރި އަދަދާއި ފަންޑުން އިންވެސްޓުކުރަމުން އަންނަ ގޮތް ވަނީ ދައުލަތުގެ ސިއްރަކަށް ހަދާފަ އެވެ.

ފިނޭންސް މިނިސްޓްރީން އަދަދު އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 8.8 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮލަރުން ހުރި 233 މިލިއަނާއި ދިވެހި ފައިސާއިން ހުރި 5.2 ބިލިއަން ރުފިޔާ އެވެ.

އެސްޑީއެފްގައި ޑޮލަރުން ހުރި އަދަދުގެ ތެރެއިން 195 މިލިއަން ހުރީ ސެކިއުރިޓީތަކަށް އިންވެސްޓުކޮށްފަ އެވެ. ބާކީ ހުރި 37 މިލިއަން ޑޮލަރުގެ ތެރޭގައި ފިކްސްޑް ޑިޕޮސިޓުތަކަށް އިންވެސްޓުކޮށްފައި ހުރި އަދަދުތަކާއި ނަގުދު ފައިސާއިން ބޭންކުތަކުގައި ބަހައްޓާފައި ހުރި ޑޮލަރު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox