މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގާ ގޮތަށް ބަދަލުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: ކުރިން އޮންނަ ގޮތުން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ 60 ޕަސެންޓު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: ކުރިން އޮންނަ ގޮތުން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ 60 ޕަސެންޓު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރަން ނިންމައިފި އެވެ.

ގާނޫނުގައި އޮންނަ ގޮތުން ވިޔަފާރިތަކުން މާރުކުރާ ބޭރު ފައިސާގެ ޕަސެންޓެއް ވިއްކަން ޖެހެނީ އެމްއެމްއޭއަށެވެ. އެ ގާނޫނުގައި ވެސް އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ވެސް މި ގޮތުން ވިއްކަން ޖެހޭ ޕަސެންޓަކީ ކިހާ ވަރެއް ކަމެއް ބަޔާންކޮށްފައި ނެތެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް އެމްއެމްއޭއަށް މާރުކުރަމުން އައީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ ފުރަތަމަ ގަވާއިދު އެކުލަވާލިއިރު އޮތް 60 ޕަސެންޓެވެ. އެމްއެމްއޭއިން ވަނީ މި އަދަދު ބޮޑުކޮށް، އަންނަ މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭނެކަން ބޭންކުތަކަށް އަންގާފަ އެވެ.

އެމްއެމްއޭއިން މި ގޮތަށް ބަދަލުކުރި ސަބަބެއް އަދި ނޭނގެ އެވެ. ބޮޑަށް ބުރަވެވެނީ މިއީ ސަރުކާރުން ޑޮލަރުން އަދާކުރަން ޖެހޭ ލޯނުތައް ދެއްކުމަށާއި ޑޮލަރުން ކުރަމުންދާ ހަރަދުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ގޮތުން އުސޫލަށް ގެނައި ބަދަލެއް ކަމަށެވެ.

މާރުކުރާ ޑޮލަރުގެ ބޮޑު ޕަސެންޓެއް އެމްއެމްއޭއަށް ނަގާ ގޮތަށް ނިންމިއިރު، މިއީ މި ގާނޫނު ވުޖޫދު ކުރުމަށް ފަހު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކަތަކާ އިދިކީލި ކަމެކެވެ.

އެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނީ ވެސް ބޭންކުތަކަށް ޑޮލަރު ވައްދައިގެން ކަމަށް، ބޭރު ފައިސާގެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިދިޔަ އަހަރުގެ ނޮވެމްބަރު ފަހުކޮޅު ނޫސްވެރިންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބޯލެނބުމުގެ ގޮތުން، ކަޅު ބާޒާރުން ޑޮލަރު ގަނެގެން އެ ފައިސާ ބޭންކަށް މާރުކުރަން ޖެހިދާނެ ކަމަށް ވިޔަފާރިތަކުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، އެހާތަނަށް ބޭންކުތަކަށް 214 މިލިއަން ޑޮލަރު މާރުކޮށްފި އެވެ. އެއީ ޑޮލަރު މާރުކުރަން ފެށިތާ ހަތަރު މަހުގެ ތެރޭގައި މާރުކުރި ފައިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox