ޑޮލަރަށް ބަރޯސާވުން ކުޑަކުރަން އެމްއެމްއޭއިން ތަސައްވުރެއް އެކުލަވާލައިފި

Aug 24, 2026, 4:33 PM
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: ޕޭމަންޓު ސްވިޗު ގާއިމުކުރުމުން މާލީ މުއާމަލާތްތައް ހިނގާނީ މި ސްވިޗުގެ ތެރެއިން --- ފޮޓޯ: އިމްތިޔާޒު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: ޕޭމަންޓު ސްވިޗު ގާއިމުކުރުމުން މާލީ މުއާމަލާތްތައް ހިނގާނީ މި ސްވިޗުގެ ތެރެއިން --- ފޮޓޯ: އިމްތިޔާޒު/އަދަދު

ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖޭގެ އިގުތިސާދުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށް 2030 ހާ ހަމައަށް ދުރުރާސްތާގެ ހާއްސަ ތަސައްވުރެއް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެކުލަވާލައިފި އެވެ.

މި ތަސައްވުރާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މަރުކަޒީ ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފާއިތުވި 10 ވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

ގަވަރުނަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހެއެވެ. މީގެ ތެރޭގައި މިހާރު ދައުލަތަށް ޑޮލަރުން ދައްކަމުންދާ ޓެކްސްތަކާއި ފީތައް މުރާޖައާކޮށް، އެ ފައިސާވެސް ރުފިޔާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ވަޒީފާތަކުގެ މުސާރަ ބޭރު ފައިސާއިން ދެވޭ ގޮތަށް މިހާރު އޮތް އުސޫލުތައްވެސް މި ބަދަލާއެކު މުރާޖައާ ކުރަންޖެހިދާނެއެވެ.

ރާއްޖޭގެ އިގްތިސާދީ މުއާމަލާތްތަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ޑޮލަރަށް އޮތް ބަރޯސާ ބޮޑުކަން ގަވަރުނަރު ހާމަކުރެއްވިއެވެ.

"ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭ ނަމަ، މަނިޓަރީ ޕޮލިސީ (ފައިސާއާ ބެހޭ ސިޔާސަތު) އެންމެ އެދެވޭ ގޮތެއްގައި ތަންފީޒެއް ނުކުރެވޭނެ. މި ހުރިހާ ބަދަލެއް އެއްފަހަރާ ނުގެނެވޭނޭތީ، އެމްއެމްއޭގެ ތަސައްވުރަކީ 2030 އާ ހަމައަށް މި ބަދަލުތައް ގެނައުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދިވެހި ރުފިޔާ ވަރުގަދަކުރުމަށްޓަކައި ދައުލަތުގެ މާލީ ހާލަތާއި ބަޖެޓުގެ ހަމަޖެހުން ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ގަވަރުނަރު ބަޔާންކުރެއްވި އެވެ.

ބޭރު ފައިސާގެ ބާޒާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ "މެނޭޖްޑް-ފްލޯޓް" ނިޒާމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ޑޮލަރުގެ އަގު ކަނޑައެޅުމުގައި މާރުކޭޓުގެ ހާލަތަށް ބޮޑު ދައުރެއް ދެވޭނެއެވެ. ނަމަވެސް، އަގަށް އަންނަ އާދަޔާ ހިލާފު ބަދަލުތައް ކޮންޓްރޯލް ކުރުމަށް މަރުކަޒީ ބޭންކުން މުއާމަލާތްތަކުގެ ތެރެއަށް ވަންނާނެއެވެ.

އެހެންނަމަވެސް، މިފަދަ ނިޒާމަކަށް ބަދަލުވުމުގެ ކުރިން އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މެނޭޖްޑް ފްލޯޓް ނިޒާމެއްގައި ވެސް، އެމްއެމްއޭގައި އެކަށީގެންވާ ރިޒާވެއް ހުންނަންވާނެ. ސިންގަޕޫރު ނުވަތަ އެހެން ކުރިއަރާފައިވާ ގައުމުތަކަށް ބެލިޔަސް، މަރުކަޒީ ބޭންކަކަށް ފައިސާގެ އަގު ހިފެހެއްޓޭނީ އެކަށީގެންވާ ރިޒާވެއް ހުރެގެން،"  މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ރިޒާވްގެ ހާލަތު ހުރި ގޮތުން، މެނޭޖްޑް-ފްލޯޓް ނިޒާމެއްގެ ދަށުން ފައިސާގެ އަގު ހިފެހެއްޓުމުގެ ގާބިލުކަން އަދި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް (އިމްޕޯޓް) މަދުވެގެން ތިން މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތަކަށް ބޭނުންވާ ވަރަށް ރިޒާވްގައި ފައިސާ ހުންނަން ޖެހެއެވެ. އަދި ރިޒާވް އެ މިންވަރަށް މަތިކުރުމަށް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އެމްއެމްއޭގެ 2030ގެ ތަސައްވުރަކީ ދިވެހި ރުފިޔާއަށް އޮތް ޑިމާންޑް އިތުރުކޮށް، މަނިޓަރީ ޕޮލިސީގެ ނަތީޖާ ރަނގަޅުކޮށް، ޒަމާނުއްސުރެ ޑޮލަރަށް އޮތް ބަރޯސާ ކުޑަކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ގެނެވޭ ބަދަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox