ޑޮލަރު އަގު މިހާ މައްޗަށް ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް މުނައްވަރު ވިދާޅުވެއްޖެ

ޑޮލަރު ޕްރެސް

ޑޮލަރު ޕްރެސް

އިރާނު ހަނގުރާމައާ ގުޅިގެން ޑޮލަރުގެ މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކާއި ތަންފީޒީ ނިޒާމު ހަރުކަށި ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، މުނައްވަރު ވެސް ވަނީ އަގުގެ މައްސަލައިގެ ފަހަތުގައި ވަނީ ސްޕެކިއުލޭޝަން ނޫނީ ބަޔަކު ރޭޓުތައް ކަނޑައެޅުން ވިދާޅުވެފަ އެވެ. 

މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިިން އެއްކުރި ތަފާސްހިސާބުތަކުން ދައްކަނީ ޓޫރިސްޓުން އަންނަ ޖުމްލަ އަދަދު މަދުވީ ކަމުގައި ވިޔަސް، ޓޫރިޒަމަށް ވަންނަ އާމްދަނީ ވަނީ ޕަސެންޓެއް އިތުރުވެފައިވާ ކަމަށެވެ. އަދި، ބޭންކުތަކުގައި ހުރި ޑޮލަރު ޑިޕޮސިޓުތަކާއި ކްރެޑިޓު ވެސް 18 ޕަސެންޓު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މި އަހަރުގެ ތެރޭގައި އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ލިބުނު ޑޮލަރާއި ރައްކާކުރި ޑޮލަރު އިތުރުވީ ނަމަވެސް، ދައުލަތުގެ ޑޮލަރު ރިޒާވު ވަނީ ދަށްވެފަ އެވެ. މުނައްވަރު ވިދާޅުވީ، މިހެން ދިމާވީ ތެލަށް ކުރަން ޖެހޭ ހަރަދު އިތުރުވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ތެލަށް ކުރާ ހަރަދުތައް ދެ ގުނަ މަތިވެ، ޔޫކްރެއިން ހަނގުރާމަ ފެށި އަހަރަށް ވުރެ ވެސް ތެލަށް ކުރާ ހަރަދުތައް ބޮޑު ކަމަށެވެ. 

މި އަދަދުތަކަށް ރިއާޔަތްކުރަމުން މުނައްވަރު ވިދާޅުވީ، ޑޮލަރުގެ އަގު އުުފުލެން ފެށީ ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުމުގެ ގޮތުން ޓޫރިޒަމް ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަން ފެށި ހިސާބުން ކަމަށެވެ. އަދި، މިވާ ގޮތެއް ބެލުމުގެ ގޮތުން މަނީ ޗޭންޖަރުންނަށް އަމާޒުކޮށްގެން އެމްއެމްއޭއިން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޑޮލަރުގެ މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، މި ހިސާބަށް ދާއިރުގައި ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މިހާ ބޮޑަށް ރޭޓު މައްޗަށް ދާން ޖެހޭ ސަބަބެއް. އެހެންވީމަ މީގައި އެބައުޅޭ ވަރަށް ބޮޑަށް ސްޕެކިއުލޭޓިވް އެލެމަންޓުތަކެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ފާހަަގަކުރެވޭތީވެ، އަޅުގަނޑުމެންނަށް މަނީ ޗޭންޖަރުންނަށް ހާއްސަ ގޮތެއްގައި ވަރަށް ބޮޑަށް، އެ ބޭފުޅުން ކުރާ އޮޕަރޭޝަންސްތައް މި ދިޔައީ މޮނީޓާ ކުރަމުން،" މުނައްވަރު ވިދާޅުވި އެވެ.

އެމްއެމްއޭއިން ހިންގި މި އޮޕަރޭޝަނުން ފާހަގަ ކުރެވުނު ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ހިނގަނީ ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ކަޅު ބާޒާރަށް ޑޮލަރު މާރުކުރާތީ އެވެ. މިކަން ކުރަނީ މަނީ ޗޭންޖަރުން މެދުވެރިކޮށް ކަމަށް މުނައްވަރު ވިދާޅުވި އެވެ. 

މި މަނީ ޗޭންޖަރުތަކާ ގުޅިގެން ހިނގި އޮޕަރޭޝަންގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކަޅު ބާޒާރުގައި އެއްވެސް ހުއްދައެއް ނެތި ޑޮލަރު މާރުކުރާ ގިނަ ބަޔަކު ހަރަކާތްތެރިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ މިސާލެއް ދެއްވަމުން އޭނާ ވިދާޅުވީ،  ހުއްދަ ނަގައިގެންނާއި ހުއްދަ ނުނަގާ  ހިންގާ ހަތް މަނީ އެކްސްޗޭންޖެއް މޮނީޓާ ކުރިއިރު، ނުވަ މަސް ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ނިޒާމު އިތުރަށް ހަރުކަށިކޮށް، އާންމު ރައްޔިތުން ޑޮލަރު މާރުކުރުން މަނީ ލޯންޑްރިންއާ އެއް ފަދަ ކުރިއިރު، އިގުތިސޯދީ މާހިރުން ބުނަނީ މި ހުރިހާ ކަމެއް ކުރިޔަސް ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރަނީސް މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox