ހަރަންފުޅުގެ އިމާމުކަން؛ އެނގުން މުހިންމު ކަންކަން

ހަރަންފުޅުގެ އިމާމުކަން؛ އެނގުން މުހިންމު ކަންކަން

މުސްލިމުންގެ މުއްސަނދި ތާރީހަށް ބަލާއިރު، ދެ ހަރަންފުޅުގެ އިމާމުންގެ ގޮތުގައި، ޅެންވެރިންނާއި ތާރީހު އިލްމުވެރިންނާއި އަތުއަކުރު ޑިޒައިނަރުންނާއި، ނޫސްވެރިންނާއި ޑޮކްޓަރުންނާއި ފަލަކީ އިލްމުވެރިންނާއި ތިލޭރުކަންކުރެއްވި ބޭކަލުންވެސް ހިމެނިވަޑައިގެންފައިވެއެވެ. އެހެން އެކަން ހިނގާފައިވަނީ، މުސްލިމުންގެ ހަޟާރަތުގެ ތަހުޒީބު ޒަމާނުގައި، އަމިއްލަ މަސައްކަތްތަކާއި ޕްރޮފެޝަނަލް އެހެނިހެން ދާއިރާތައް އިހުތިޔާރުކުރުން އެއީ ކީރިތި ޤުރުއާން އުނގެނި އެ ޤުރުއާން ރީތިކޮށް ކިޔަވަން އޮތް ހުރަހެއްކަމުގައި އަހަރެމެން މުސްލިމުންގެ ކާބަފައިން ހަދާފައި ނުވާތީއެވެ. އަދި ހަމަ އެހެންމެ ޤުރުއާނުގެ ރޮނގުން ކުރިޔަށްދިއުމަކީ، ދުނިޔަވީ އެހެން އިލްމުތަކާއި ހުނަރުވެރިކަންތަކާ މުޅިން ދުރުހެލިވާންޖެހޭ ކަމެއްކަމުގައި ވެސް ކާބަފައިން ދެކެފައިނުވާތީއެވެ. މުސްލިމުން ދުނިޔޭގައި ވެރިކަންކުރި ދުވަސްވަރުގެ ތާރީހުގެ ސަފުހާތައް އެހާ ރީތީ އެހެންވެގެންނެވެ.

މުސްލިމުންގެ މިދެންނެވުނު ރަންޒަމާން އިދިފުށަށް ޖެހި މުސްލިމުން ފަހަތަށް ސޮއްސާލާފައި ތިބި މިންވަރަކީ، ހަރަންފުޅުގައި ކޮންމެ ނަމާދެއް ހަތަރު ފަހަރު ޖަމާއަތް ހަދައިގެން ކުރެވެމުންދިޔަ އެވެ. ފަހަރަކު މަޒުހަބެއްގެ މީހުން އެ މަޒުހަބެއްގެ އިމާމެއްގެ ފަހަތުގައެވެ. ތިޔަހީފުޅުކުރެއްވީ ތެދަށެވެ. ދުނިޔޭގެ އެހެން މީހުން ޒަމާނީ އިލްމުތަކުގައި ކުރިއަރާދިޔައިރު، އަހަރެމެން މުސްލިމުން ތިބީ، އެއް މަޒުހަބެއްގެ އިމާމެއްގެ ފަހަތުގައި އަނެއް މަޒަހުބަހެއްގެ މީހަކަށް ނަމާދުކުރުން ހުއްދަވާނެތޯ ބަހުސްކުރުމުގައޭ ދަންނަވާންޖެހުމަކީ ހިތާމަވެރި ކަމެކެވެ.

މިކަމެއް މިހެން ހިނގަމުންދާތާ އެތަކެއް އަހަރެއް ފަހުން މިކަން އުވާލެއްވީ، 1927 ގައި ޢަބްދުލްޢަޒީޒް ރަސްގެފާނެވެ. ހަރަންފުޅުގައި ކޮންމެ ނަމާދެއްގެ ޖަމާއަތް އެއް އިމާމެއްގެ ފަހަތުގައި ހުރިހާ މުސްލިމުން ކުރަންޖެހޭ ގޮތަށް ކަނޑައަޅުއްވައި ދެ ހަރަންފުޅުގެ އިމާމުންގެ ގޮތުގައި އެކި މަޒުހަބުތަކަށް ނިސްބަތްވާ ބޭކަލުން ކަނޑައަޅުއްވައި، އިސްލާމީ އުންމަތުގައި އޮތް މި ބޮޑު ބައިބައިވުން ނިންމަވާލެއްވީ މިހާރު މިއޮތް ސުއޫދީ އަރަބިއްޔާގެ ދައުލަތުގެ ބާނީއެވެ.

އެހެންނަމަވެސް އޭގެ ފަހަށް ވަރަށް ހިތާމަވެރި އެހެން ކަމެއް ހިނގަން ފެށިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މުސްލިމުންގެ ދެ ހަރަންފުޅަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ ބޮޑު ރަމްޒެވެ. އެތަން ހާއްސަވަނީ އަހަރެމެން އެންމެހާ މުސްލިމުންނަށެވެ. އަހަރެމެންގެ މާތް ނަބިއްޔާ ގެނެސްދެއްވީ އާލަމީ ރިސާލަތެކެވެ. އަދި އިސްލާމްދީނަކީ އެންމެހާ ދައުލަތްތަކާއި ގައުމުތަކާއި އަވަށްތަކަށްވުރެ ބޮޑު ފިކުރަކާއި ވިސްނުމެކެވެ. އެހެންކަމާއެކު ދެހަރަންފުޅުގެ އިމާމުންގެ ގޮތުގައި ކަނޑައެޅޭ ބޭބޭކަލުންނަކީ ވަކި ގައުމަކަށް ނިސްބަތްވާންޖެހޭ ބައެއްގެ ގޮތުގައި އޮތުމަކީ މުސްލިމުން ކުރިން ގަބޫލުކުރި ކަމެއް ނޫނެވެ.

ދެހަރަންފުޅުގެ އިމާމުންގެ ދިގު ތާރީހަށް ބަލާއިރު، އެކި ގައުމުތަކަށް ނިސްބަތްވި ބޭބޭކަލުން ދެ ހަރަންފުޅުގެ އިމާމްކަން ކުރައްވާފައިވެއެވެ. އެގޮތުން މިސްރުގެ ބައެއް މަޝްހޫރު އިލްމުވެރިންނާއި މޮރިޓޭނިޔާގެ ބައެއް ބޭކަލުން ހަރަންފުޅުގެ އިމާމްކަން ކުރެއްވިއިރު، އެބޭކަލުންނަކީ މުޅި ދުނިޔެއަށް މަޝްހޫރު ބޮޑެތި އިލްމުވެރިންގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ.

ނަވާރަސަތޭކައިގެ މެދެއްހާ ހިސާބުން ކަހަލަ ގޮތަކަށް ދެން އިސްލާމީ އުންމަތް ދެކެމުން މިދަނީ އުންމަތުގެ ފިކުރަށްވުރެ ގައުމިއްޔަތާއި ވަތަނިއްޔަތުގެ ފިކުރުތަކަށް އިސްކަންދެވެމުންދާ ތަނެވެ. އެކުވެރި ފަލަސްތީނަށް ވަމުންދާ ގޮތް އެހެން ވަމުންދާއިރު، އިސްލާމީ އުންމަތުގައި އެއްބައިވަންތަކަމެއް ނެތް މައިގަނޑު އެއް ސަބަބަކީ ވެސް މިއީކަމުގައި ނުވޭތޯއެވެ?

އިސްލާމީ އުންމަތް މި ފަހު ޒަމާނުގައި ދުށް އެންމެ ރީތިކޮށް ކިޔަވާއުޅުއްވި ޤާރީވެރިންނާއި އެންމެ ފުންނާބު އުސް ބޮޑެތި އިލްމުވެރިން ހަރަންފުޅުގެ އިމާމުންގެ ގޮތުގައި ފެނިފައި ނުވަނީ، ދެ ހަރަންފުޅުގެ އިމާމުންގެ ޝަރުތެއްގެ ގޮތުގައި އެމީހަކީ ސުއޫދީ އަރަބިއްޔާގެ މީހަކަށްވުން ކަމާބެހޭ ގަވާއިދުން ލާޒިމްކޮށްފައި އޮންނާތީއެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުން އެނގޭ ގޮތުގައި އިމާމްކަމުގައި އެންމެ އިސްވެގެންވަނީ، މާތް ﷲ ގެ ފޮތަށް އެންމެ ކިޔެވުންތެރިކަން ބޮޑު ބޭކަލެކެވެ. "ކިޔެވުންތެރިކަން" މި ލަފުޒުގެ އަރަބި ބަހުން އޮތް ލަފުޒުގެ ޝަރަހައިގައި އެކި އިލްމުވެރިން ހަދީސް މާނަކުރައްވާ ގޮތުގައި ތަފާތެއް އެބަހުއްޓެވެ. ބައެއް ބޭކަލުންގެ ނަޒަރުގައި، އެއީ އެންމެ ބޮޑުބައި ހިތުން އެނގުމެވެ. އަނެއް ބައި އިލްމުވެރިން ދެކަވަޑައިގަންނަވަނީ އެއީ އަޑުމަޚްރަޖު އެންމެ ރަނގުޅުވުންކަމުގައެވެ. ތިންވަނަ ޖަމާއަތެއްގެ ބޭކަލުންގެ ނަޒަރުގައި އެއީ ޤުރުއާނުގެ ހުކުމްފުޅުތަކަށް އެންމެ ދަތުން ބޮޑުވުމެވެ.

ދެ ހަރަންފުޅުގައި ކުރެވޭ ޖަމާއަތުގެ ނަމާދުތަކާއި، ދެވޭ ހުތުބާތަކަކީ އުންމަތުގައި ހާއްސަ ގަދަރެއް ދެވިފައިވާ އަދި އިސްލާމީ އުންމަތުގެ އެންމެން ރޭޑިއޯ ޓީވީން ބަލަމުން އަޑުއަހުމުން ގެންދާ އަޅުކަންތަކެކެވެ. އޭގެ އިތުރުން އެއީ އިސްލާމީ އުންމަތުން މުޅި ދުނިޔެއަށް އިސްލާމީ އުންމަތް ރަމްޒުކޮށްދެމުން ގެންދާ އެންމެ ބޮޑު ފާހަގަވެސްމެއެވެ. ވުމާއެކު އެތަންތަނުގައި ނަމާދުގެ އިމާމްކަން ކުރެއްވުމަށާއި، ހުތުބާ ދެއްވުމަށް ބޭބޭކަލުން އިސްކުރެއްވުމުގައި، އިސްލާމީ އުންމަތުގައި އަޑުމަޚްރަޖު އެންމެ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވުމަށް މަޝްހޫރު ޤާރީވެރިން ބޭނުންކުރުމަކީ އެއީ މުޅި އިސްލާމީ އުންމަތް އެދޭނެ ގޮތެވެ. އަދި ހަމަ އެހެންމެ އެތަންތަނުގައި ދެވޭ ހުތުބާތަކަކީ، އިސްލާމީ އުންމަތުގައި ހުރި އެންމެ ބޮޑެތި މައްސަލަތަކަށް ވާހަކަ ދެކެވޭ އުންމަތުގެ ބޮޑެތި މައްސަލަތަކަށް އެޑްރެސް ކުރެވޭ ކަންތައްތަކެއް ކަމުގައިވާންޖެހެއެވެ.

ނަމަވެސް އިސްލާމީ އުންމަތުގައި މިފަހުން އުފެދުނު އެންމެ ބޮޑެތި މުޖައްދިދުންނާއި އެންމެ ފުންނާބު އުސް ގާރީވެރިންނަށް ހަރަންފުޅުގެ އިމާމްކަން ކުރުމުގެ ފުރުސަތު ލިބިފައިނުވެއެވެ. އަދި އެކަން އެމަގަށް ހިނގުމުގެ އެންމެ ބޮޑު ސަބަބަކީ މިދެންނެވިހެން ގައުމިއްޔަތުގެ ވިސްނުން އިސްލާމީ އުންމަތުގެ ޢާލަމީ ވިސްނުމަށްވުރެ ކުރިޔަށް ނެރެފައިވާތީއެވެ. އިސްލާމިއްޔަތަށްވުރެ ސުޢޫދިއްޔަތު އިސްކޮށްފައިވާތީއެވެ.

އުންމަތުގެ ބޮޑެތި މައްސަލަތައް ކަމުގައިވާ ފަލަސްތީނު މައްސަލަ ފަދަ ކަންކަމުގައި ކެރިގެން ސާބިތުކަމާއެކު ބަސްފުޅު ވިދާޅުވެ އުޅުއްވި، ހުދު ސުއޫދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންކަމުގައިވާ ޑރ ސަލްމާން އަލްޢައުދާއާއި އިވަޟުލްޤަރްނީއާއި ޢަބްދުލްޢަޒީޒް އައްޠަރީފީއާއި ނާޞިރުލް ޢުމަރްއާއި އަލިއްޔުލްޢަމްރީއާއި، ސަފަރުލްޙަވާލީ ފަދަ އަދިވެސް މިފަދަ ސުއުދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންނަށް ސުއޫދީ ސަރުކާރުން މިވަގުތު ކުރިމަތިކޮށްފައިވާ ހާލަތަކީ މުސްލިމުންގެ އާންމުންނަށް ކޮންމެހެން އެނގުން ބޭނުންތެރި މައުލޫމާތެކެވެ. 2015 ވަނަ އަހަރުން ފެށިގެން އޭގެ ތެރެއިން ގިނަ ބޭކަލުން އެތިއްބެވީ ޖަލުގައެވެ. ޖަލުގައި އެތައް އަނިޔާއެއް ދިނުމަށްފަހު ބައެއް ބޭކަލުންވަނީ ދޫކޮށްލާފައެވެ. ސުއޫދީ ސަރުކާރުންވަނީ މިދެންނެވުނު އިލްމުވެރިންގެ އަޑުތައް ކަނޑުވާލާފައެވެ.

އަޅުގަނޑު އެދެނީ އުންމަތަށް ކާމިޔާބާއި ފަލާހަށެވެ. އަވަސް ނަސްރާއި ދާއިމީ ނަސީބަށެވެ. ޝަރަފުވެރި ދެ ހަރަންފުޅުގެ ތެރެއިން މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ ޑރ ޞަލާޙުލްބުދައިރު މިވަގުތު ހުންނެވީ ދިވެހިރާއްޖޭގައެވެ. ދުއާކުރަނީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ބަރަކާތްލައްވައި، އެފަދަ މާތް ބޭކަލުންގެ އިލްމުވެރިކަމުން އަހަރެމެން ދިވެހިންނަށް ލާބަޔާއި މަންފާ ލިބެނިވި ގޮތްތައް މިންވަރުކޮށްދެއްވުމެވެ

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox