ކެބިނެޓުން ނިންމީ 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާ ކުރަން

Apr 13, 2025, 3:30 PM
ކެބިނެޓުން ނިންމީ 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާ ކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށް ވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" ފަށާ އަހަރެއްގެ ގޮތުގައި 2007 ވަނަ އަހަރު ހަމަޖެއްސުމަށް ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

މިފަދަ ގާނޫނެއް ވުޖޫދުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ އެންމެ ދުވަސްވީ އާބާދީއަކަށް ދުންފަތް މަނާކުރި ގައުމަށެވެ.

"ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، ނޮވެމްބަރު 1، 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުން،" ސަރުކާރުގެ ނިންމުމުގައިވެ އެވެ.

ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދި، ކޮލެޓީ ދަށް ސިނގިރޭޓުގެ ވިޔަފާރި ވަނީ ފުޅާވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިނގިރޭސިވިލާތަކީ މިވަގުތު ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ޖެނެރޭޝަން ބޭންއަކަށް އަމަލުކުރަމުންދާ ހަމައެކަނި ގައުމެވެ. އެ ގައުމުގައި ދުންފަތް މަނާކުރީ 2009 ވަނަ އަހަރުގެ ފަހުން ދުނިޔެއަށް އުފަންވި މީހުންނަށެވެ.

ނިއުޒިލެންޑުގައި ޑިސެމްބަރު 2022، ގައި މިފަދަ ގާނޫނެއް ފާސްކުރި ނަމަވެސް ބްލެކް މާކެޓެއް އުފެދޭނެ ކަމަށް ބުނެ ނޮވެމްބަރު 2023، ގައި އެ ގާނޫނު އަނބުރާ ގެންދިޔަ އެވެ. މެލޭޝިއާގައި މިފަދަ ބިލަކަށް އާންމުންގެ ހިޔާލު ހޯދަމުންދާއިރު ޑެންމާކުގައި ވެސް ޖެނެރޭޝަން ބޭންއެއް ގެނައުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox