ސްޕެއިނުގެ ކިންގްސް ލީގުގައި ރާއްޖޭގެ މިރާޝް އަށް ހާއްސަ ސަމާލުކަމެއް

Dec 4, 2024, 7:02 AM
ސްޕެއިނުގެ ކިންގްސް ލީގުގައި ރާއްޖޭގެ މިރާޝް އަށް ހާއްސަ ސަމާލުކަމެއް

ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޖެރާޑް ޕީކޭ ހިންގަމުން އަންނަ ފޯރިގަދަ ކިންގްސް ލީގުގައި ކުޅެމުން އަންނަަ ރާއްޖޭގެ މިރާޝް އިމްތިޔާޒު (އާޝް) އަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

ކިންގްސް ލީގުގެ 1ކޭފުޓްބޯލް ކްލަބަށް ކުޅެމުން އަންނަ މިރާޝް، އުމުރުން އެންމެ 13 އަހަރުގައި ސްޕެއިނަށް ދިޔައީ ފުޓްބޯޅަ ކެރިއަރުގައި ވެސް ކުރިއަށް ދިއުމުގެ އަޒުމާ އެކު އެވެ.

މި ވަގުތު، ސްޕެއިނުގައި ފްލައިޓް އިންސްޓްރަކްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ މިރާޝް، 24، އަށް، ކިންގްސް ލީގުގެ މީޑިއާ ޓީމުގެ ސަމާލުކަން ހުއްޓުނީ މަސައްކަތުގެ މާހައުލުގައި އުޅެމުން ވެސް ފުޓްބޯޅަ ކުޅުމުގައި އޭނާގެ ހުނަރު ފެންނާތީ އެވެ.

ކިންގްސް ލީގުގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި މިރާޝް ބުނެފައިވަނީ، ސްޕެއިނުގައި އޭނާ މިހާރު 10 އަހަރުވެފައިވާ ކަމަށާއި ފްލައިޓް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު، ޕައިލެޓަކަށް ވުމަށް ހިތްޖެހުނު ސަބަބަކީ އޭނާގެ އާއިލާގައި ވެސް ޕައިލެޓުން ގިނަ ވުމުން ކަމަށެެވެ. އަދި މިރާޝް ބައްޕަ އަކީ ވެސް ސީޕްލޭން ޕައިލެޓެއް ކަމަށާއި، ކުޑައިރުގައި، ސީޕްލޭނުގައި ދަތުރުކުރިއިރު، ޕައިލެޓަކަށް ވުމަށް ވެސް ހިތްޖެހުނީ ކަމަށެެވެ.

ސްޕެއިނުގައި ފްލައިޓް އިންސްޓްރަކްޓަކަށް މަސައްކަތްކުރާއިރު، ކުދިންނަށް ބުނެދިނުމުގައި އޭނާ އެންމެ ބޮޑަށް ސަމާލުވާ ކަމަކީ، ކޮންޓްރޯލް ނަގައިގެން ހިތްހަމަޖެހިގެން އެކަން ކުރަން އިރުޝާދުދިނުމުގަ އެވެ.

ކިންގްސް ލީގުގެ ސިލެކްޝަނުން ހޮވިގެން މިރާޝް ކުޅެމުން އަންނަ 1ކޭފުޓްބޯލް ކްލަބަކީ ވެސް ސްޕެއިނުގެ ލެޖެންޑަރީ ކީޕަރު، އިކާ ކަސިއަސް ވެސް ޝާމިލުވާ ޓީމެކެވެ. ކިންގްސް ލީގުގެ މީޑިއާ ޓީމުން މިރާޝްގެ ކޮންޓެންޓް ގެންނަން ޓްރެއިލާގައި ބޭނުންކޮށްފައިވަނީ، އިކާ ކަސިއަސްގެ މެސެޖެއް މިރާޝް އަށް އަންނަ މަންޒަރުތައް ދައްކުވައިދޭ ގޮތަކަށެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ ސަރަހައްދު ކެޓަލޫނިއާ ސަރަަހައްދުގެ ޓީމު ޔޫއީ ކޯނެލާގެ އެކަޑަމީގައި ތަމްރީން ހަދައި ސްޕެއިންގެ ޔޫތު މުބާރާތްކުގައި ވެސް ކުޅުނު މިރާޝް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިގައި ވާދަކުރިިއިރު، މިރާޝް ޓީމުގައި ހިމަނަން މަސައްކަތްކުރި ނަމަވެސް އޭރު އޭނާ ހުރީ އަނިޔާގަ އެވެ.

މީގެ ދެ އަހަރު ކުރިން މިރާޝް ވަނީ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުން މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.

އާލީޓަޗްފުޓްބޯލް އެކެޑަމީން ފުޓްބޯޅަ ކުޅެން ތަމްރީން ހަދައި، އިސްކަންދަރު ސްކޫލާ އެކު އިންޓަ ސްކޫލްގައި ތަފާތު ދެއްކި މިރާޝް އަންނަނީ ކިންގްސް ލީގުގައި ލިބުނު ފުރުސަތުގެ ބޭނުން ވެސް ރަނގަޅަށް ހިފަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox