ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

Nov 3, 2022, 8:34 PM
ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

މެޑްރިޑް (ނޮވެމްބަރު 4) - ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު، ޖެރާޑް ޕީކޭ މި ހަފްތާ ބަންދުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ޕީކޭ، 35، ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށް ބުނީ، އޭނާ ކުރިން ވެސް ހާމަކުރި ގޮތަށް ބާސެލޯނާ އަށް ފަހު ދެން އިތުރު ޓީމަކަށް ކުޅުމެއް ނޯންނާނެ ކަމަށެވެ. އެެހެންވެ، ބާސެލޯނާ އަށް ކުޅުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ކަމަށް ޕީކޭ ވަނީ ބުނެފަ އެވެ.

ޕީކޭގެ ފަހު މެޗަށް ވާނީ ބާސެލޯނާ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ އަލްމެރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

"ފުޓްބޯޅައިން އަހަންނަށް ހުރިހާ އެއްޗެއް ވެސް ހޯދައިިދިިނީ، ބާސެލޯނާ އާއި ބާސެލޯނާގެ ސަޕޯޓަރުން އަހަންނަށް އެންމެ ބޮޑު ހިތްވަރެއް ދިނީ، އަހަންނަކީ މި ކްލަބްގެ މީހެއް، މި ކްލަބްގެ މީހެއްގެ ގޮތުގައި އަބަދުވެސް ހުންނާނީ،" ޕީކޭ ބުންޏެވެ.

ޔޫތު ކެރިއަރު ބާސެލޯނާގައި ހޭދަކުރި، ޕީކޭ، 2004 ވަނަ އަހަރު ސޮއިކުރީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެ ޓީމުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ޕީކޭ ވަނީ 2008 ވަނަ އަހަރު ޔުނައިޓެޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެ އަހަރު، އޭނާ ވަނީ ޕެޕް ގާޑިއޯލާގެ އެދުމަށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ.

ޕީކޭ ވަނީ ބާސެލޯނާ އަށް ކުޅުނު 600 އަށް ވުރެން ގިނަ މެޗުގައި އެ ޓީމާ އެކު 30 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި އަށް ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ހަތް ފަހަރު ކޮޕަ ޑެލް ރޭ ކާމިޔާބު ކުރުން ހިމެނެ އެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކާމިޔާބީތަކުގައި ވެސް ޕީކޭގެ ހިއްސާ އެބައޮތެވެ. މީގެ ހަތަރު އަހަރު ކުރިން 2018، ވަނަ އަހަރު ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޕީކޭ ވަނީ ގައުމީ ޖޯޒީގައި 102 މެޗު ކުޅެފަ އެެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ފުޓްބޯޅަ ތަރިންގެ ތެރެއިން ޕީކޭ އަކީ ވިޔަފާރިތަކުގައި އެންމެ އެކްޓިވްކޮށް ހަރަކާތެރިވާ އެއް ކުޅުންތެރިޔާ އެވެ. ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން އަންނަނީ އެކި ކުޅިވަރުތަކަށް ބޮޑެތި އިންވެސްޓްތަކެއް ކުރަމުންނެވެ. އެ ގޮތުން ޓެނިހާއި ބާސްކެޓްބޯޅަ އަދި އެކްސްޓްރީމް ސްޕޯޓްސް އިވެންޓްތަކަށް ޕީކޭގެ ކުންފުނިން އަންނަނީ އިންވެސްޓް ކުރަމުންނެވެ. އަދި އެކި ފަންތީގެ ފުޓްބޯޅަ ކްލަބްތަކެއްގެ ހިއްސާއެއް ވެސް ޕީކޭގެ ކުންފުނިން ގަނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox