ލީގުތަކުގައި ޓީމު މަދުކުރަން ޖެހޭ ކަމަށް ޕީކޭ ބުނެފި

Dec 4, 2023, 4:04 AM
ލީގުތަކުގައި ޓީމު މަދުކުރަން ޖެހޭ ކަމަށް ޕީކޭ ބުނެފި

ބާސެލޯނާ (ޑިސެމްބަރު 4) - ފުޓްބޯޅަ ކުޅުންތެރިންގެ ސިއްހަތަށް ބެލުމާއި މެޗުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ލީގުތަކުގައި ވާދަކުރާ ޓީމުގެ އަދަދު މަދުކުރުމަކީ ކުރެވިދާނެ ކަމަށް ބާސެލޯނާ އާއި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު، ޖެރާޑް ޕީކޭ ބުނެފި އެވެ.

މީގެ އެއް އަހަރު ކުރިން، ފުޓްބޯޅަ ކުޅުން ހުއްޓާލި ޕީކޭ މިހާރު އަންނަނީ އޭނާގެ ވިޔަފާރި ފުޅާކުރަން، އެކި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ޕީކޭ ވަނީ ސްޕެއިނުގެ ދަށް ޑިވިޝަނެއްގައި ވާދަކުރަމުން އަންނަ އެންޑޯރާ އެފްސީ ގަނެފަ އެވެ.

ދާދި ފަހުން އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަމުން ޕީކޭ ބުނީ ފުޓްބޯޅައިގެ ކޮލިޓީ ރަނގަޅުކުރަން އާ ވިސްނުންތަކެއް އަންނަން ޖެހޭ ކަމަށެވެ. އޭގެ މާނަ އަކީ ގިނަ މުބާރާތްތަކެއް ތައާރަފްކުރުމުގެ ބަދަލުގައި އުފެންދުންތެރި ހިޔާލާ އެކު، މިހާރު ކުޅެމުން އަންނަ މުބާރާތްތަކަށް ބަދަލެއް ގެނައުން ކަމަށް ވެސް ޕީކޭގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"ކުޅިވަރު މިހާރު އެ ތަފާތު ކޮށްލަނީ ކުރު މުއްދަތެއްގައި ކުޅޭ ވަރުގަދަ މުބާރާތްތަކެއްގެ ގޮތަށް ރާވައިގެން. މިސާލަކަށް އެންއެފްއެލް، ހަތަރު މަހުން ނިމޭ ގޮތަށް އެ އޮންނަނީ، މީހުން ވަރަށް ފޯރީގައި އެކަން އެބަކުރޭ، ފުޓްބޯޅަ ވެސް މި ވިސްނުމަށް ދާން ޖެހޭ ހެން ހީވަނީ،" ޕީކޭ ބުންޏެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ޕީކޭ ބުނީ ސީޒަނެއްގައި ކުޅުންތެރިއަކު ނޫނީ ޓީމެއް 80 މެޗު ކުޅުމަކީ ދުރު ވިސްނުމަކަށް ބަލާއިރު، ކުޅިވަރަށް ވެސް ކުޅުންތެރިޔާ އަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ވަރަށް ބައިވަރު މުބާރާތްތައް އެބަ ކުޅޭ. ވަރަށް ގިނަ މެޗުތަކެއް އެބަ ކުޅޭ ބައެއް ފަހަރު މީހުންނަށް ނޭނގޭ މި ކުޅެނީ ކޮން މުބާރާތެއްކަން ވެސް. އަހަންނަށް ވިސްނޭ ގޮތުގައި އެއް ހައްލެއް އެއީ ލީގުތަކުގައި ކުޅޭ ޓީމުތަކުގެ އަދަދު މަދުކުރުން. ކުރަން ޖެހޭ ކަމެއް. ކުރެވޭނެ ވެސް ކަމެއް. ވާދަވެރި ވާނެ 20 ޓީމު ކުޅެމުން އަންނަ ލީގެއް، 16 ޓީމު ނޫނީ 14 ޓީމަށް މަދުކުރިޔަސް،" ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ ޔަގީނުން ވެސް މި ވަގުތަށް ބަލާއިރު ކުރަން ޖެހޭ އެއް ކަމަކީ ފުޓްބޯޅަ އަށް އާ ބަދަލުތަކެއް ގެނައުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox