ޕީކޭ ކޯޗިން އަށް ނިކުންނަން ނިންމައިފި

Jan 10, 2024, 10:30 AM
ޕީކޭ ކޯޗިން އަށް ނިކުންނަން ނިންމައިފި

ބާސެލޯނާ (ޖެނުއަރީ 10) - ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު، ޖެރާޑް ޕީކޭ، ފުޓްބޯޅަ ކޯޗިން އަށް ނުކުންނަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި، ޕީކޭ، 36، ބުނެފައިވަނީ ވަރަށް ވިސްނުމަށް ފަހު، ފުޓްބޯޅަ އަށް އަލުން އަންނަން ނިންމައިފައިވާ ކަމަށެވެ.

"މިއީ އާ އަހަރެއް. ވަރަށް ވިސްނުންތެރިކަމާ އެކު ނިންމާފައިމިވަނީ ފުޓްބޯޅަ އަށް އެނބުރި އަންނަން. ފުޓްބޯޅައިގައި މަސައްކަތް ކުރުން އަބަދުވެސް ވަރަށް ހަނދާންވޭ،" މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ޕީކޭ ބުންޏެވެ.

"މި ފަހަރު ކުޅުންތެރިއެއްގެ ގޮތުގައެއް ނޫން ފެންނާނީ. ކޯޗެއްގެ ގޮތުގައި ފެންނާނީ. މި ހަފްތާގެ ނިޔަލަށް އިތުރު މައުލޫމާތުތައް ހިއްސާކުރާނަން،"

ޕީކޭ، ފުޓްބޯޅައިން ރިޓަޔާކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްއާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އައި ކަމެކެވެ. ޕީކޭ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބުނު ނަމަވެސް އޭނާ ނިންމީ ރިޓަޔާކުރުމަށެވެ.

ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ފަހު، ޕީކޭ ވަނީ ކުޅިވަރުގެ ތެރެއިން އޭނާގެ ވިޔަފާރި ފުޅާކުރަން ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ސެވަން އަ ސައިޑް ފުޓްބޯޅަ ލީގެއް، ކިންގްސް ލީގުގެ ނަމުގައި ފަށައި، ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެވެ.

ޕީކޭ ވަނީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު، ސްޕެއިންގެ ކްލަބް އެންޑޯރާ ގަނެފަ އެވެ. ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގައި އޮތް އެންޑޯރާ އިން ޕީކޭގެ ކޯޗިން ކެރިއަރު ފެށުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ޕީކޭ ކޯޗިން ލައިސަންސް ލިބެންދެން، ބާސެލޯނާގެ ލަ މާސިއާގެ އެކެޑަމީ ކޯޗެއްގެ ގޮތުގައި ގެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox