ޕީކޭ އަށް ހާއްސަ މެޗެއް، މޮޅަކާ އެކު ބާސެލޯނާ އެއް ވަނަ އަށް

Nov 6, 2022, 3:27 AM
ރޭގެ މެޗަށް ފަހު ޕީކޭ ބާސެލޯނާ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ.

ރޭގެ މެޗަށް ފަހު ޕީކޭ ބާސެލޯނާ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ.

ބާސެލޯނާ (ނޮވެމްބަރު 6) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 2-0 އިން އަލްމޭރިއާ ބަލިކޮށް ލީގުގެ ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް ޕީކޭ އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗެވެ. ޕީކޭ ވަނީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފަ އެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕީކޭ، 84 ވަނަ މިނިޓްގައި ބަދަލުކުރިއިރު ހުރީ ރޮވިފަ އެވެ.

ޕީކޭ، 35، މެޗަށް ފަހު ބާސެލޯނާގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދެއްކިއިރު، ބުނީ އޭނާ އަކީ ބާސެލޯނާ ސަރަހައްދަށް އުފަން އެ ސިޓީގެ މީހެއް ކަމަށާއި މަރުވާނީ ވެސް އެ ތަނުގައި ކަމަށެވެ. އަދި ދިރިއުޅުމުގައި ކުރިއަށްދާއިރު، އުމުރުން ދުވަސްވުމުން ބައެއް ކަހަލަ ނިންމުންތައް ނިންމާއިރު، އެންމެ ހިތްރުހޭ ކަންކަމުން ވެސް ދުރުވާންޖެހޭ ވަގުތު އަންނާނެ ކަމަށާއި ފުޓްބޯޅައިން ވަކިވުމަކީ އެ ކަހަލަ ނިންމުމެއް ކަމަށް ޕީކޭ ވަނީ ބުނެފަ އެވެ.

"އެކަމަކު، އަހަންނަށް ޔަގީން އަދި އަހަރެން ބާސެލޯނާ އަށް ހިދުމަތް ކޮށްދޭން އެނބުރި އަންނާނެކަން،" ޕީކޭ ބުންޏެވެ.

ހޯމަ ދުވަހު ބާސެލޯނާ އިން އޮސަސޫނާ ދަނޑުގައި ކުޅޭ މެޗަކީ ޕީކޭގެ އެންމެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، އެ މެޗުގައި އޭނާ ބޭނުންކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ބާސެލޯނާ އަށް ރޭގެ މެޗުގައި ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީން ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ބާސެލޯނާ އިން ލީޑުނެގީ ދެ ވަނަ ހާފްގެ ތިން ވަނަ މިނިޓްގަ އެވެ. އަރިމަތިން އޮސްމާން ޑެމްބެލޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އަލްމޭރިއާ ދެ ކުޅުންތެރިން ކައިިރިން ނައްޓާފައި ޑެމްބެލޭ ވަނީ ތިިރިތިިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހީ ރީބައުންސް ބޯޅައަކުން އޭރިއާތެރޭގައި ހުރި ފްރެންކީ ޑި ޔޯން އެވެ.

މި މޮޅާ އެކު ބާސެލޯނާ އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 12 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox