ޕީކޭގެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރަނީ

May 31, 2024, 5:38 AM
ޕީކޭގެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކުރަނީ

ބާސެލޯނާ (މެއި 31) - ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު، ޖެރާޑް ޕީކޭގެ ކުންފުނި، ކޮސްމޯސްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސްޕެއިނުގެ ކޯޓަކުން އަންގައިގެން ބަލަން ފަށައިފި އެވެ.

ސައުދީ އަރަބިއްޔާގައި ސްޕެނިޝް ސުޕަ ކަޕް ހޯސްޓްކުރަން ކަނޑައެޅި ޑީލުގެ ތަހުގީގު މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރު ފެށި އެވެ. އެއީ، އޭރު ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ލުއިސް ރުބިއާލެސް އާއި ޕީކޭއާ ދެމެދު ދެކެެވުނު ވާހަކަތަކެއް އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާއިރު، ދާދި ފަހުން، ސްޕެއިނުގެ ކޯޓަކުން އަންގައިގެން، ޕީކޭގެ ކުންފުނި ކޮސްމޯސްގެ މައްސަލަ ވެސް ވަނީ ބަލަން ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ސްޕެނިޝް ސުޕަ ކަޕް ސައުދީ އަށް ގެންދިއުމަށް، ނިންމި ޑީލުގެ ތެރެއިން ޕީކޭގެ ކުންފުންޏަށް ވަނީ، 40 މިލިއަން ޑޮލަރު ލިބިފަ އެވެ. އެ ޑީލުގެ ތެރެއިން، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް 400 މިލިއަން ޑޮލަރު ލިބުނެވެ.

Advertisement

ފުޓްބޯޅައިން 2022 ވަނަ އަހަރު ރިޓަޔާކުރުުމުގެ ކުރިން، ޕީކޭ ވަނީ ސައުދީގައި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. ޕީކޭ އަންނަނީ މި ކަމުގައި އޭނާގެ ކުންފުނިން ގޯހެއް ހަދާފައި ނުވާނެ ކަމަށް ބުނަމުންނެވެ.

މިދިޔަ މާޗް މަހު ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ވަނީ ރެއިޑްކޮށްފަ އެވެ. އަދި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރުބިއާލެސްގެ ގެ ވެސް ބަލައި ފާސްކުރި އެވެ. ރުބިއާލެސް، ސްޕެއިން ފުޓްބޯޅަ ރައީސް ކަމުން މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރި އެވެ. އެއީ، ފީފާ ވިމެންސް ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ސްޕެއިންގެ ކުޅުންތެރިޔާ، ޖެނީ ހާމޯސޯ އަށް ބޮސްދިނުމުންނެވެ. މި މައްސަލައިގެ ތަހުގީގު ވެސް ކޯޓުގައި އެބަހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑެ ލަ ފުއެންޓޭ ދިގު މުއްދަތަކަށް ސްޕެއިނުގައި މަޑުކުރަަނީ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އެ ގައުމުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އާކުރަން ނިންމައިފި. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިނުން ވަނީ ޔޫރޯ އާއި ނޭޝަންސް ލީގު ކާމިޔާބުކޮށް، ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލާފައި

ދިވެހި ލީގުގެ ހޯމް އެންޑް އަވޭގެ ތަފާތު ފެންނަން ވަގުތު ނަގާނެ

ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުވި ނަމަވެސް، ރާއްޖޭގެ ފުޓްބޯޅަ އަދި އޮތީ ސެމީ ޕްރޮފެޝަނަލް ލެވަލްގައި ކަމުން އޭގެ ބޮޑު ތަފާތެއް އަދި ނުފެންނާނެ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދަނޑުގެ ހާލަތާއި ސަޕޯޓަރުންގެ ސަބަބުން ހޯމް ޓީމަށް ކުޑަ އެޑްވާންޓޭޖެއް އޮވޭ، އެކަމު މި ބަދަލުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެ

ދިއްދޫން ބޮޑު ކްލަބްތަކާ ދެކޮޅަށް ވެސް ހިތްވަރު ދައްކާނެ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ ޓީމުން ރާއްޖޭގެ ބޮޑެތި ކްލަބްތަކާ ދެކޮޅަށް ހިތްވަރާއެކު ތަފާތު ކުޅުމެއް ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު މޫސާ އިބްރާހިމް ބުނެފި. ފުރަތަމަ މެޗުން ބުރު ސްޕޯޓްސް އަތުން މޮޅުވެފައިވާ ދިއްދޫ ޓީމުން ދެން ނުކުންނާނީ ވަރުގަދަ ވިކްޓަރީއާ ދެކޮޅަށް.

ދިއްދޫގެ ކޮންފިޑެންސް ރަނގަޅުވާނެ، ލީގުގައި ފަސޭހަ މެޗެއް ނެތް

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ދިއްދޫއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ފެންވަރު ރަނގަޅުވުމުން މެޗު ފަސޭހަނުވާނެ ކަމަށް ވިކްޓަރީގެ ކޯޗު މޯހަން ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫން ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ބަލިކުރުމުން އެ ޓީމުގެ އިތުބާރު މިހާރު އޮތީ ވަރަށް މަތީގައި

އިލާން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މާޒިޔާގެ ފޯވާޑް އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާންގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، މަހެއްހާ ދުވަހަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ. މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ބްރޭކުގައި ގައުމީ ޓީމުން ކުޅޭ މެޗުތައް އިލާނަށް ގެއްލޭނެ ކަމަށް މާޒިޔާގެ ކޯޗު ވަނީ ބުނެފައެވެ.

ނޭމާ ނެތްތަން ފޫބައްދަން ބްރެޒިލަށް އުނދަގޫވާނެ: އަންޗެލޮޓީ

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނޭމާ އަކީ އާދަޔާހިލާފު ހުނަރެއް ހުރި ކުޅުންތެރިއެއް ކަމަށާއި، އޭނާ ނެތްތަން ފޫބެއްދުމަކީ ޓީމަށް އުނދަގޫވާނެ ކަމެއް ކަމަށް ކޯޗު އަންޗެލޮޓީ ބުނެފި. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް ނޭމާ ރިޓަޔާކުރީ 130 މެޗުން 80 ގޯލު ޖަހައިދިނުމަށްފަހު

ރުޅިގަނޑު ފަޅައިގެން ދިޔަ ސަބަލެންކާ އަށް ބޮޑު ޖޫރިމަނާއެއް؟

ޔޫއެސް އޯޕަން ފައިނަލުން ބަލިވުމުން ރެކެޓް ހަލާކުކޮށްލައި، ކެމަރާމަނަކާ ބޭއަދަބީ ބަހުން މުހާތަބުކުރި މައްސަލައިގައި ޓެނިސް ތަރި ސަބަލެންކާ 70،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު ބޮޑުވެއްޖެ. މި މެޗުން ބަލިވުމާއެކު އޭނާއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގެއްލިފައިވާއިރު، ޖޫރިމަނާގެ ފައިސާ އުނިކުރާނީ މުބާރާތުން އޭނާއަށް ލިބުނު އިނާމު ފައިސާ އިން

Newsletter

Get the latest news delivered straight to your inbox