ސީޒަނެއްގައި މެޗު ގިނަވުމުން ޕެރޭޒްގެ ބޮލުގެރިހުމަކަށް

Nov 28, 2024, 8:58 AM
ސީޒަނެއްގައި މެޗު ގިނަވުމުން ޕެރޭޒްގެ ބޮލުގެރިހުމަކަށް

މެޑްރިޑް (ނޮވެމްބަރު 28) - މިދިޔަ ސީޒަން އަދި މި ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުންތެރިންނަށް މަދުވެގެން 80 އަށް ވުރެ ގިނަ މެޗު ކުޅެން ޖެހުމުގެ އަސަރު ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމަށާއި, ފީފާ އާއި ޔުއެފާ އިން އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.

ސީޒަން ދެބައި ނުވެ، ރެއާލްގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ސަބަބުން އެ ކްލަބަށް މި ސީޒަނުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާއިރު, ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ މީގެ ކުރިން, ކޮންމެ ސީޒަނަކު ގިނަ މެޗުތަކެއް ކުޅުންތެރިންނަށް ކުޅެން ޖެހޭތީ އެކަމުގެ ޝަކުވާ ކޮށްފަ އެވެ.

މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރެއާލްގެ ރައީސް ޕެރޭޒް ބުނީ 82 މެޗު ރެއާލްގެ ކުޅުންތެރިން މި ސީޒަނުގައި ވެސް ކުޅެން ޖެހޭނެ ކަމަށާއި, މިހާރު ވެސް 22 އަށްވުރެ ގިނަ އަނިޔާގެ މައްސަލަ ޓީމުގައި އުޅޭ ކަމަށެވެ.

"މި ސީޒަނުގައި ވެސް ރެއާލްގެ ކުޅުންތެރިންނަށް 82 މެޗު ކުޅެން (ކްލަބް/ގައުމީ ޓީމަށް) އެބަ ޖެހޭ. މިހާރުވެސް ރެއާލްގެ ގިނަ ކުޅުންތެރިން އެތިބީ އަނިޔާގެ އެކު ޖުމްލަ 22 އަށް ވުރެ އަނިޔާގެ މައްސަލަ ގިނަ" ޕެރޭޒް ބުންޏެވެ.

ޕެރޭޒް ބުނީ މިހާރުގެ ކުޅުންތެރިންނަށް ގިނަ މެޗު ކުޅެން ޖެހުމުން ވަރުބަލިކަން އިހުސާސްވާ ކަމަށެވެ. އެގޮތުން ރެއާލްގެ ތަރި ޖޫޑް ބެލިންގްހަމް އުމުރުން 21 އަހަރުގަ 200 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ކަމަށް ޕެރޭޒް ބުންޏެވެ.

ޕެރޭޒް ބުނީ ސީޒަން ދިގުވުމުގެ މައްސަލަ ހައްލުކުރަން ފީފާ އަދި ޔުއެފާ އިން ވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޭގެ ގެއްލުން ވަނީ ކުޅުންތެރިންނާ ކްލަބްތަކަށް ކަމަށް ޕެރޭޒް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox